03 އޮކްޓޯބަރ 2022
ޓިއުރިން (އޮކްޓޫބަރު 3) - އިންޓަނޭޝަނަލް ބްރޭކުގެ ކުރިން އިޓާލިއަން ލީގުގައި ޔުވެންޓަސް ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުހޯދި އޮތުމަށް ފަހު، ރޭ ބޮލޯނިއާ އަތުން 3-0 އިން މޮޅުވުމުން ކޯޗު މަސިމޯ އެލެގްރީ އާޝޯހު ކޮށްލައިފި އެވެ.
ޓިއުރިން (އޮކްޓޫބަރު 3) - އިންޓަނޭޝަނަލް ބްރޭކުގެ ކުރިން އިޓާލިއަން ލީގުގައި ޔުވެންޓަސް ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުހޯދި އޮތުމަށް ފަހު، ރޭ ބޮލޯނިއާ އަތުން 3-0 އިން މޮޅުވުމުން ކޯޗު މަސިމޯ އެލެގްރީ އާޝޯހު ކޮށްލައިފި އެވެ.
ސެޕްޓެމްބަރު މަހު ޔުވެންޓަސް ކުޅުނު އެއްވެސް މެޗަކުން އެޓީމު މޮޅު ވެފަ އެއް ނުވެ އެވެ. ރޭގެ މޮޅާ އެކު ކޯޗު މަސިމޯ އެލެގްރީ ބުނީ، ޔުނެންޓަސް އަށް ކާމިޔާބާ ހަމައަށް ވާސިލް ވެވޭނީ "ފިޔަވަޅަކަށް ފަހު ފިޔަވަޅެއް" ކުރިއަށް އަޅައިގެން ކަމަށެވެ.
"އަހަރެމެން ޖެހޭނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އަޅަން، (އެއް ވަނައަިގައި އޮތް ޓީމާ ދެމެދު އޮތް) ފަރަގު ކުޑަކުރެވޭނެ ކަމަށް އުއްމީދު ކުރަން. މިދިޔަ ސީޒަނުގައި ވެސް ފަރަގު ކުޑަކުރިން، އެހެންވެ އެނގޭ މި ސީޒަނުގައި ވެސް އެކަން ކުރެވޭނެ ކަން،" އެލެގްރީ ބުންޏެވެ.
"ޕާފޯމަންސަށް ބިނާކޮށް ނަތީޖާ ނެރެން އަހަރެމެން ބޭނުމީ ކެތްތެރިކަމާއެކު ފޯކަސް ކުރަން ޖެހޭ. (މެޗަށް ފަހު) ލޮކާ ރޫމް އަށް އާދެވުނު ވަގުތު ގަބޫލު ވެސް ނުކުރެވުނު. ބޭނުންވަނީ ފަހަރަކު ކުޑަ ފިޔަވަޅެއް ކުރިއަށް އަޅަން. އެއްފަހަރުން ބޮޑު ބަދަލެއް ނުގެނެވޭނެ. މިވަގުތު ބޭނުމީ ސިކުނޑިއަށް ފިނިކަމެއް."
ޔުވެންޓަސް އިން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގައި ފިލިޕް ކޮސްޓިޗް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ދެ ވަނަ ހާފުގައި ލަނޑުތައް ޖަހައިދިނީ ޑޫސާން ވްލަހޯވިޗް އާއި އާކަޑިއޫޒް މިލިކް އެވެ.
މިއީ ލީގުގައި ޔުވެންޓަސް މިހާތަނަށް ކުޅުނު އަށް މެޗުން މޮޅުވި ތިންވަނަ މެޗެނެ. އެއް މެޗުން ބަލިވި އިރު، ހަތަރު މެޗުން ވަނީ އެއްވަރު ވެފަ އެވެ.
މި ނަތީޖާއާ އެކު ޔުވެންޓަސް ވަނީ 13 ޕޮއިންޓް ހޯދައިގެން ހަތް ވަނައަށް ޖެހިލައިފަ އެވެ. ނަމަވެސް ލީގު އެއް ވަނައިގައި އޮތް ނަޕޯލީއާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ. ލީގު ދެ ވަނައިގައި އޮތް އެޓަލާންޓާ ވެސް ވަނީ ރޭ 1-0 އިން ފިއޮރެންޓީނާ ބަލިކޮށް ނަޕޯލީއާ އެއްވަރަށް 20 ޕޮއިންޓް ހޯދައިފަ އެވެ.
މި މެޗުގެ ކުރިން ޔުނެވްޓަސް މި ސީޒަނުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅެއް ނުހޯދެ އެވެ. ލީގުގައި އެންމެ ފަހުން އަލަށް ޕްރޮމޯޓްވި މޮންޒާ އަތުން ބަލިވި އިރު، ސެލަނިޓާނާ އާއި ފިއޮރެންޓީނާ އަތުން ވެސް ވަނީ ބަލިވެފަ އެވެ. އަދި ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގައި ޕީއެސްޖީ އާއި ބެންފީކާ އަތުން ވެސް ވީ ބައްޔެވެ.
ޔުވެންޓަސް އަށް ދެން އޮތީ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި އަންނަ ބުދަ ދުވަހުގެ ރޭ މަކާބީ ހައިފާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ގާތްގަނޑަކަށް އަހަރެއް ފަހުން ޕޮގްބާ އަލުން ދަނޑަށް
ޕްރެޝަރުގައި އޮތް ޔުވެންޓަސް މުހިއްމު މޮޅެއް ހޯދައިފި
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ޔުވެންޓަސް މޮޅުވާން ދަނިކޮށް ހުއްޓުވީ ވީއޭއާރުން
އަލެގްރީގެ ތާރީހީ މޮޅާ އެކު ޔުވެންޓަސް ފަސް ވަނަ އަށް
މޮޅަކަށް ފަހު މޮޅެއް، ޔުވެންޓަސް މަޑުމަޑުން ކުރިޔަށް