01 މާޗް 2023
ޓިއުރިން (މާޗު 1) - މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އިޓާލީގެ ޔުވެންޓަސް އަށް އެނބުރި އައި ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އަނިޔާއިން ރަނގަޅުވެ ފުރަތަމަ ފަހަރަށް މެޗެއް ކުޅެފި އެވެ.
ޓިއުރިން (މާޗު 1) - މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އިޓާލީގެ ޔުވެންޓަސް އަށް އެނބުރި އައި ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އަނިޔާއިން ރަނގަޅުވެ ފުރަތަމަ ފަހަރަށް މެޗެއް ކުޅެފި އެވެ.
އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އަމިއްލަ ދަނޑުގައި 4-2 އިން އަވަށްޓެރި ޓޮރީނޯ ބަލިކުރި މެޗުގައި ޕޮގްބާ، 29، ކުޅެން ނުކުތީ 69 ވަނަ މިނިޓުގަ އެވެ. އޭރު ދެ ޓީމު ވަނީ 2-2 އިން އެއްވަރު ވެފަ އެވެ.
މީގެ ކުރިން ޕޮގްބާ އެންމެ ފަހުން ވާދަވެރި މެޗެއް ކުޅުނީ މިދިޔަ އަހަރުގެ އޭޕްރީލް 19 ވަނަ ދުވަހު ލިވަޕޫލް އަތުން 4-0 އިން ޔުނައިޓެޑް ބަލިވި މެޗުގަ އެވެ. ސީޒަން ނިމި، ހިލޭ ޓްރާންސްފާގައި ޔުވެންޓަސް އަށް ބަދަލުވެ، އޭނާ ވަނި ޕްރީ ސީޒަން ތެރޭގައި އަނިޔާ ވެގެން ކަކުލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ.
ރޭގެ މެޗަކީ 2015/2016 ސީޒަނަށް ފަހު ޕޮގްބާ ޔުވެންޓަސް އަށް ކުޅެދިން ވާދަވެރި ފުރަތަމަ މެޗެވެ. އެ ސީޒަނަށް ފަހު އުމުރުން 23 އަހަރުގައި އޭނާ ޔުނައިޓެޑަށް ބަދަލުވީ އޭރުގެ ރެކޯޑް އަގެއް ކަމަށްވާ 89 މިލިއަން ޕައުންޑް (115.98 މިލިއަން ޑޮލަރު) އަށެވެ.
މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މަސިމޯ އެލެގްރީ ބުނީ ޕޮގްބާ އެނބުރި ސްކޮޑާ ގުޅުމުން އުފާވާ ކަމަށާއި، ހުރިހާ ކުޅުންތެރިން ކުޅެވޭ ހާލަތުގައި ތިބުމަކީ މުހިއްމު ކަމެއް ކަމުގަ އެވެ.
"ޕޮގްބާ އެނބުރި ޓީމާ ގުޅޭނެ ދުވަހަކަށް ކުރި އިންތިޒާރަށް ނިމުމެއް އައުމުން ވަރަށް އުފާ ވެއްޖެ. ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެން ޖެހިފައި އޮއްވައި ހުރިހާ ކުޅުންތެރިން ޓީމަށް އެރޭ ހާލަތުގައި ތިބުން މުހިއްމު،" މެޗަށް ފަހު ވާހަކަ ދައްކަމުން އެލެގްރީ ބުންޏެވެ.
މެޗުގެ ދެވަނަ މިނިޓުގައި ޔާން ކަރަމޯ ވަނީ ޓޮރީނޯ އަށް ލަނޑެއް ޖަހައިދީފަ އެވެ. ޔުވެންޓަސް އިން އެއްވަރު ކުރީ 16 ވަނަ މިނިޓުގައި ހުއާން ކުއަޑްރާޑޯ ޖަހައިދިން ގޯލުންނެވެ. ޓޮރީނޯ އިން ދެވަނަ ފަހަރަށް ލީޑު ނެގީ 43 ވަނަ މިނިޓުގައި އެންޓޯނިއޯ ސަނާބްރިއާ ޖަހައިދިން ގޯލުންނެވެ. އެކަމަކު ޔުވެންޓަސް ވަނީ މި ހާފުގެ އިތުރު ވަގުތުގައި ޑިފެންޑަރު ޑެނީލޯގެ ގޯލަކުން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކޮށްފަ އެވެ.
ޔުވެންޓަސް އިން ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނެގީ ޕޮގްބާ ކުޅެން އެރިތާ ދެ މިނިޓު ފަހުން ޑިފެންޑަރު ގްލީސަން ބްރޭމާ ޖަހައިދިން ގޯލުންނެވެ. އަދި ތިން ޕޮއިންޓް ޔަގީން ކުރި ލަނޑު 80 ވަނަ މިނިޓުގައި ޖަހައިދިނީ އެޑްރިއެން ރަބިއޯ އެވެ.
މި މޮޅާ އެކު ޔުވެންޓަސް ވަނީ އެންމެ ފަހުން ކުޅުނު ހަތަރު ލީގު މެޗު ވެސް ކާމިޔާބު ކޮށް، 35 ޕޮއިންޓް ހަމަކޮށްފަ އެވެ. ލީގު ތިންވަނައިގައި އޮއްވައި، ފައިސާގެ މުއާމަލާތްތަކެއްގައި މަކަރު ހެދި ކަން ސާބިތު ވެގެން ޖެނުއަރީ މަހު 15 ޕޮއިންޓް އުނިކުރި ޔުވެންޓަސް މިވަގުތު އޮތީ ލީގުގެ ހަތްވަނައިގަ އެވެ.
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ފުޓްބޯޅަ ހަލާކު ކުރަނީ ރެފްރީން: ނެސްޓާ
ބޭނުންވަނީ ޔުވެންޓަސްގައި ދެމި ހުންނަން: ޕޮގްބާ
މިލާންގެ ޖޯޒީގައި ކުޅުންތެރިންގެ މަންމަގެ ނަން
އިންޒާގީ އިންޓައަށް ލީގު ޗެމްޕުއަންކަން ހޯދައި ދީފި
ޗެމްޕިއަކަން ހޯދުމުގެ އުންމީދު އިންޓައިން ބޮޑުކޮށްފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި