23 އެޕްރީލް 2024
މިލާން (އޭޕްރީލް 23) – ވާދަވެރި އޭސީ މިލާން ބަލިކޮށް، ތިން އަހަރު ތެރޭ ކުރި މަސައްކަތުން ސިމޯނޭ އިންޒާގީ އިންޓަ އަށް، ސެރީ އާ ގެ ޗެމްޕިއަންކަން ހޯދައި ދީފި އެވެ.
މިލާން (އޭޕްރީލް 23) – ވާދަވެރި އޭސީ މިލާން ބަލިކޮށް، ތިން އަހަރު ތެރޭ ކުރި މަސައްކަތުން ސިމޯނޭ އިންޒާގީ އިންޓަ އަށް، ސެރީ އާ ގެ ޗެމްޕިއަންކަން ހޯދައި ދީފި އެވެ.
މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މެޗު އިންޓައިން ކާމިޔާބު ކުރީ 2-1 ންނެވެ. އިންޓަގެ ލަނޑުތައް ޖެހީ ފްރެންޗެސްކޯ އެޗާރްބީ އާއި މާކޮސް ތުރާމެވެ. އިންޓަގެ ލަނޑު ޖެހީ ފިކަޔޯ ޓޮމާރީ އެވެ.
ބާކީ ފަސް މެޗު އޮއްވައި އިންޓައިން ލީގު ކަށަވަރު ކުރީ 86 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް 17 ޕޮއިންޓްގެ ބޮޑު ލީޑެއް އެބައޮތެވެ. ދެވަނައިގައި އޮތް ވާދަވެރި މިލާނަށް 69 ޕޮއިންޓެވެ.
މީގެ ކުރިން އިންޓައިން ލީގު ޗެމްޕިއަންކަން ހޯދީ 2021 ގައި ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ އެކު އެވެ. އެކަމަކު ކާމިޔާބާ އެކު ވެސް އެ ޓީމުގައި އޭނާ އަށް ދެމި ނުހުރެވުނެވެ. ހަރަދުކުޑަ ކުރުމުގެ ގޮތުން އިންޓައިން އޭނާ ދޫކޮށްލަން ނިންމި އެވެ. ބަދަލުގައި އެ ޓީމުން ގެނައީ ލާޒިއޯގެ އޭރުގެ ކޯޗު ސިމޯނޭ އިންޒާގީ އެވެ.
އިންޓަ އަށް އޭނާގެ ޕްލޭން ނުފެތޭނެ ކަމަށް ބުނެ ސުވާލު ވެސް އުފެއްދި އެވެ. އެކަމަކު އޭނާގެ ފުރަތަމަ ސީޒަންގައި ވެސް ލީގުގެ ތައްޓާ ކައިރި ކުރި އެވެ. އޭނާގެ ދެވަނަ ސީޒަންގައި އިޓާލިއަން ކަޕް އިންޓަ އަށް ހޯދައި ދިނެވެ.
އެއާ އެކު އޭނާ މަޝްހޫރު ވީ ކަޕް ހޯދާ ކޯޗެއްގެ ގޮތުގަ އެވެ. ލާޒިއޯގައި ފަސް އަހަރު ހޭދަ ކުރި އިރު ވެސް އޭނާ އަށް ހޯދައި ދެވުނީ އިޓަލިއަން ކަޕާއި އިޓަލިއަން ސުޕަ ކަޕެވެ. ލީގު ހޯދައި ނުދެވުނެވެ. އިންޒާގީ އަކީ ލީގު ހޯދަން ފަރިތަ ކޯޗެއް ނޫން ކަމަށް ބުނެ ކީ ފާޑުކިޔުންތައް ރައްދު ދިނީ އޭނާގެ ތިން ވަނަ އަހަރު އިންޓަ އަށް 20 ވަނަ ފަހަރަށް އިޓާލިއަން ލީގު ހޯދައި ދީގެންނެވެ.
ޗެމްޕިއަކަން ހޯދުމުގެ އުންމީދު އިންޓައިން ބޮޑުކޮށްފި
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ފުޓްބޯޅަ ހަލާކު ކުރަނީ ރެފްރީން: ނެސްޓާ
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
މިލާންގެ ޖޯޒީގައި ކުޅުންތެރިންގެ މަންމަގެ ނަން
ކްލަބްތަކުން ގުޅާވަރުން އިންޒާގީގެ ބޮލަށް އުނދަގޫ
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ގާތްގަނޑަކަށް އަހަރެއް ފަހުން ޕޮގްބާ އަލުން ދަނޑަށް