06 ޑިސެމްބަރ 2021
ޓިއުރިން (ޑިސެމްބަރު 6) - އިޓާލިއަން ސެރި އޭގައި ޔުވެންޓަސް ރޭ ޖެނޯއާއާ ވާދަކޮށް 2-0 އިން މޮޅުވެ، ލީގުގެ ފަސްވަނަ އަށް ޖެހިލައިފި އެވެ.
ޓިއުރިން (ޑިސެމްބަރު 6) - އިޓާލިއަން ސެރި އޭގައި ޔުވެންޓަސް ރޭ ޖެނޯއާއާ ވާދަކޮށް 2-0 އިން މޮޅުވެ، ލީގުގެ ފަސްވަނަ އަށް ޖެހިލައިފި އެވެ.
މިއީ، ސެރި އޭގައި އޭސީ މިލާނާއި ކަލިއަރީ އަށް ވެސް މީގެ ކުރިން ކޯޗު ކޮށްދިން މެސިމޯ އަލެގްރީ އިޓަލީގެ ފުރަތަމަ ޑިވިޝަނުގައި ކޯޗެއްގެ ގޮތުގައި ކާމިޔާބު ކުރި 250 ވަނަ މެޗެވެ. އަދި އޭނާގެ ދަށުން ޔުވެންޓަސް ލީގުގައި މޮޅުވި 150 ވަނަ މެޗެވެ.
ޔުވެންޓަސްގެ ފުރަތަމަ ލަނޑު، އަށްވަނަ މިނިޓުގައި ޖެހީ ހުއާން ކުއަޑްރާޑޯ އެވެ. އޭނާ މި ލަނޑު ޖެހީ ސީދާ ކޯނަރަކުން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
ޔުވެންޓަސްގެ ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ޕައޮލޯ ޑިބާލާ އެވެ.
މި ނަތީޖާއާ އެކު ޔުވެންޓަސް ފަސްވަނައިގައި އޮތީ ހަވަނައިގައި އޮތް ފިއޮރެންޓީނާއާ އެއްވަރަށް، 27 ޕޮއިންޓް ހޯދައިގެން ފައިދާ އެންމެ ގޯލެއްގެ ތަފާތުންނެވެ.
ލީގުގައި މިހާތަނަށް އެންމެ މެޗަކުން މޮޅުވެފައިވާ ޖެނޮއާ އޮތީ 10 ޕޮއިންޓާ އެކު 18 ވަނައިގަ އެވެ.
ޖެނޯއާގެ ކޯޗު ކަމަށް ޔޫކްރޭން ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އަންޑްރޭ ޝެވްޗެންކޯ ގެނައި ފަހުން އެ ޓީމު ވަނީ ލީގުގައި ހަތަރު މެޗު ކުޅެފަ އެވެ. މީގެ ތެރެއިން ތިން މެޗުން ބަލިވެފައިވާއިރު ހޯދުނީ އެންމެ ޕޮއިންޓެކެވެ. އަދި މި ހަތަރު މެޗުގައި ވެސް އެ ޓީމަށް ގޯލެއް ޖެހިފައެއް ނުވެ އެވެ.
ރޭގެ މެޗުގައި ޔުވެންޓަސް އިން ޖެނޯއާގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، ޖެނޯއާ އަށް މެޗުގައި އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.
ޔުވެންޓަސް މޮޅުވުމުން އެލެގްރީއަށް ގަބޫލުވެސް ނުކުރެވުނު
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
މިސީޒަނަށް ފަހު އެލެގްރީ ޔުވެންޓަސް ދޫކޮށްލަނީ: ރިޕޯޓް
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ޔުވެންޓަސް އަތުން އަތުލި 15 ޕޮއިންޓް ވަގުތީގޮތުންދީފި
ގާތްގަނޑަކަށް އަހަރެއް ފަހުން ޕޮގްބާ އަލުން ދަނޑަށް
ޔުވެންޓަސް ހާލަތު ގޯސް، މިލާން އަނެއްކާވެސް ބަލިވެއްޖެ
އެޓަލާންޓާ މެޗުން ޔުވެންޓަސް އަށް ހޯދުނީ އެއް ޕޮއިންޓް
ޕްރެޝަރުގައި އޮތް ޔުވެންޓަސް މުހިއްމު މޮޅެއް ހޯދައިފި