03 އޮކްޓޯބަރ 2021
ޓިއުރިން (އޮކްޓޯބަރު 3) - މި ސީޒަން ފެށިއިރު ފޯމް ދަށްވެފައި އޮތް އިޓަލީގެ ޔުވެންޓަސް ލީގުގައި އިއްޔެ ކުޅުން މެޗުން ވެސް މޮޅުވެ، މަޑުމަޑުން ތާވަލުގެ ކުރިޔަށް ޖެހެން ފަށައިފި އެވެ.
ޓިއުރިން (އޮކްޓޯބަރު 3) - މި ސީޒަން ފެށިއިރު ފޯމް ދަށްވެފައި އޮތް އިޓަލީގެ ޔުވެންޓަސް ލީގުގައި އިއްޔެ ކުޅުން މެޗުން ވެސް މޮޅުވެ، މަޑުމަޑުން ތާވަލުގެ ކުރިޔަށް ޖެހެން ފަށައިފި އެވެ.
އިޓާލިއަން ލީގުގައި ޔުވެންޓަސް، ޓޮރީނޯއާ ވާދަކޮށް ކުޅުނު ޓިއުރިން ޑާބީ ކާމިޔާބުކުރީ މެޗު ނިމެން ހަތަރު މިނިޓަށްވެފައި ވަނިކޮށް ފެޑެރީކޯ ކިއޭސާގެ ޕާހަކުން މެނުއެލް ލޮކަޓެލީ ޖެހި ހަމައެކަނި ގޯލުންނެވެ. މިއީ ލީގުގެ ފުރަތަމަ ހަތަރު މެޗުން މޮޅެއް ނުހޯދުނު ޔުވެންޓަސް ލީގުގައި ޖެހިޖެހިގެން މޮޅުވި ތިންވަނަ މެޗެވެ. އަދި މިއީ މިދިޔަ ހަފްތާގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީ އަތުން ހޯދި މޮޅާއެކު ސީޒަނުގައި އެޓީމު ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ.
މީގެ ކުރިން ލީގުގައި އެންމެ ފަހުން ޔުވެންޓަސް ސަމްޑޯރިއާއާ ވާދަކުރި މެޗުގައި ފޯވަޑް ޕައޮލޯ ޑިބާލާ އާއި އަލްވަރޯ މޮރާޓާ އަށް އަނިޔާވުމާ ގުޅިގެން އެ ޓީމު ޗެލްސީއާ ދެކޮޅަށް ނުކުތީ ވެސް މި ދެކުޅުންތެރިން ނުލައެވެ.
މި ނަތީޖާއާ އެކު ޔުވެންޓަސް ވަނީ ކުޅުނު ހަތް މެޗުން ހޯދި 11 ޕޮއިންޓާ އެކު ތާވަލުގެ އަށްވަނައަށް ޖެހިލައިފަ އެވެ. ލީގުގެ ފުރަތަމަ ހަތަރު މެޗުން މޮޅެއް ނުހޯދި އޮތްއިރު އެ ޓީމު އޮތީ ރެލިގޭޝަން ޒޯނުގައި، ތާވަލުގެ 18 ވަނައިގަ އެވެ.
އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާން ވަނީ ރަށުން ބޭރުގައި ފަހަތުން އަރައި 2-1 އިން ސަސުއޯލޯ ބަލިކޮށް އެއްވަނައިގައި އޮތް ނަޕޯލީއާ ޕޮއިންޓަކާ ގާތްކޮށްފަ އެވެ. ނަމަވެސް ހަ މެޗުން 18 ޕޮއިންޓް ހޯދާފައިވާ ނަޕޯލީ މިރޭ ފިއޮރެންޓީނާއާ ބައްދަލުކުރާ މެޗް ކާމިޔާބުކޮށްފި ނަމަ އެ ފަރަގު ބޮޑު ވާނެ އެވެ. އަދި ހަ މެޗުން ހޯދި 16 ޕޮއިންޓާ އެކު މި ވަގުތު ތިންވަނައިގައި އޮތް އޭސީ މިލާން މިރޭ އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އިންޓަ، ލީގުގެ ތިންވަނައަށް ވެއްޓުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ގާތްގަނޑަކަށް އަހަރެއް ފަހުން ޕޮގްބާ އަލުން ދަނޑަށް
ޕްރެޝަރުގައި އޮތް ޔުވެންޓަސް މުހިއްމު މޮޅެއް ހޯދައިފި
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި
ޔުވެންޓަސް މޮޅުވުމުން އެލެގްރީއަށް ގަބޫލުވެސް ނުކުރެވުނު
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ޔުވެންޓަސް މޮޅުވާން ދަނިކޮށް ހުއްޓުވީ ވީއޭއާރުން
އެންމެ ފަހުން ލީގުގައި ޔުވެންޓަސް އަށް މޮޅެއް