29 މެއި 2021
ޓިއުރިން (28 މެއި) - ޔުވެންޓަސްގެ ކޯޗުކަމުން އަންދްރެއާ ޕިރްލޯ ވަކިކޮށް، ކުރިން އެ ޓީމަށް ކޯޗުކޮށްދިން މަސިމިލިއާނޯ އަލެގްރީ އެ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.
ޓިއުރިން (28 މެއި) - ޔުވެންޓަސްގެ ކޯޗުކަމުން އަންދްރެއާ ޕިރްލޯ ވަކިކޮށް، ކުރިން އެ ޓީމަށް ކޯޗުކޮށްދިން މަސިމިލިއާނޯ އަލެގްރީ އެ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.
އެންމެ ސީޒަނަކަށް ފަހު، ޕިރްލޯ ،42، މަގާމުން ވަކިކޮށްފައިވާކަން ޔުވެންޓަސް އިން އިއުލާންކުރީ މިއަދެވެ. ޔުވެންޓަސް އަށް ކުރިން ކުޅުނު ޕިރްލޯގެ އިރުޝާދުގެ ދަށުން އެ ޓީމު މި ސީޒަން ނިންމާލީ ތާވަލްގެ ހަތަރު ވަނައިގަ އެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން ޔުވެންޓަސް އަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ގެއްލުނު ފުރަތަމަ ފަހަރެވެ.
ޕިރްލޯގެ އިރުޝާދުގެ ދަށުން ޔުވެންޓަސް މި ސީޒަންގައި އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕްގެ ތަށި ހޯދި ނަމަވެސް، ލީގާއި ޗެމްޕިއަންސް ލީގުގެ ނާކާމިޔާބީގެ ސަބަބުން އޭނާގެ މަގާމު ސަލާމަތެއްނުވި އެވެ.
އަލެގްރީ ،53، ވަނީ މީގެ ކުރިން 2014 އިން 2019 އަށް ޔުވެންޓަސްގެ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. ޔުވެންޓަސް އިން ވަނީ އަލެގްރީގެ އިރުޝާދުގެ ދަށުން ޖެހިޖެހިގެން ފަސް ފަހަރު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މީގެ އިތުރުން އިޓާލިއަން ކަޕް ހަތަރު ފަހަރު ކާމިޔާބުކުރި އެވެ. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ދެ ފަހަރު ޔުވެންޓަސް ދަތުރުކުރި އެވެ.
"މިހާރު އަހަރެމެން މި ތައްޔާރުވީ އަލެގްރީއާއެކު އާ ފެށުމަކަށް،" ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "އަލެގްރީިއާއެކު އަހަރަމެންގެ މުސްތަގްބަލް ބިނާކުރާނީ. އަލެގްރީ އަކީ ވަރަށް ޕްރޮފެޝަނަލް، ހިޔާލު ތަނަވަސް ކޯޗެއް."
ޔުވެންޓަސްގެ ކޯޗުކަމުން 2019 ވަނަ އަހަރު ވަކިވި ފަހުން، އަލެގްރީ އިތުރު ޓީމަކާ ހަވާލެއްނުވެ އެވެ. -- އޭއެފްޕީ
މިސީޒަނަށް ފަހު އެލެގްރީ ޔުވެންޓަސް ދޫކޮށްލަނީ: ރިޕޯޓް
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
ސަމްޑޯރިއާގެ ކުޅުންތެރިންނާއި ކޯޗު ކާނާ ވިހަވެއްޖެ
ޔުވެންޓަސްގެ ވްލަހޮވިޗަކީ ހާލަންޑާ އެއްފަދަ ފޯވާޑެއް
އެތުލެޓިކޯގެ މެޑިކަލް ފެއިލްވުމުން ކީން އެނބުރި ދަނީ
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
މަނާބޭހަށް ޕޮގްބާ ޕޮޒިޓިވް ބޮޑު ސަސްޕެންޝަނެއްގެ ބިރު
ތުރާމް އިންޓަ އަށް، ވެއާ ޔުވެންޓަސް އަށް
ތުރުކީ ކްލަބްގެ ކޯޗުކަމުން ޕިރްލޯ ވަކިކޮށްފި
ގާތްގަނޑަކަށް އަހަރެއް ފަހުން ޕޮގްބާ އަލުން ދަނޑަށް