Roadha Mihaaru
ތުރާމް އިންޓަ އަށް، ވެއާ ޔުވެންޓަސް އަށް

ތުރާމް އިންޓަ އަށް، ވެއާ ޔުވެންޓަސް އަށް

02 ޖުލައި 2023

މިލާން (ޖުލައި 02) - ފްރާންސް ގައުމީ ފުޓްބޯޅަ ޓީމުގެ މާކަސް ތުރާމް އިންޓަ އަށް ބަދަލުވިއިރު އެމެރިކާގެ ފޯވާޑް ޓިމޮތީ ވެއާ ޔުވެންޓަސް އަށް ބަދަލުވެއްޖެ އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

މިލާން (ޖުލައި 02) - ފްރާންސް ގައުމީ ފުޓްބޯޅަ ޓީމުގެ މާކަސް ތުރާމް އިންޓަ އަށް ބަދަލުވިއިރު އެމެރިކާގެ ފޯވާޑް ޓިމޮތީ ވެއާ ޔުވެންޓަސް އަށް ބަދަލުވެއްޖެ އެވެ.

ޖަރުމަނުގެ ބްރޫޝިއާ މޮންޗެންގްލަދްބާ ދޫކޮށް ތުރާމް، 25، އިންޓަ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އޭނާ ކްލަބް ބަދަލުކުރީ މޮންޗެންގްލަދްބާއާ އެކު ހަދައިފައިވާ އެއްބަސްވުން ހަމަވެ، އެ ޓީމާ އެކު އިތުރު ކޮންޓްރެކްޓެއްގައި ސޮއި ނުކުރަން ނިންމުމަށް ފަހު އެވެ.

ވިންގަށް ކުޅޭ ތުރާމް ވަނީ އެޓީމަށް 134 މެޗު ކުޅެ 44 ގޯލު ޖަހައިފަ އެވެ. ޖަރުމަނުގައި ހަތަރު ސީޒަން ފުރިހަމަ ކުރުމުގެ ކުރިން ތުރާމް ފެނުނީ ފްރާންސްގެ ގުއިންގޭމްޕް އިންނެވެ.

ފްރާންސްގެ ގައުމީ ޓީމަށް 10 މެޗު ކުޅެފައިވާ ތުރާމް އަށް ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ތުރާމް ވަނީ މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ އަތުން ފްރާންސް ބަލިވި މެޗުގައި ކުޅެފަ އެވެ.

ތުރާމްގެ ބައްޕަ ލިލިއަން ތުރާމް އަކީ 1998 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގެ މެމްބަރެކެވެ. ފްރާންސްގެ އިތުރުން ލިލިއަން އަކީ ޔުވެންޓަސް އާއި ބާސެލޯނާގައި ވިދާލި ޑިފެންޑަރެކެވެ.

ފްރާންސްގެ ލިލް އިން ޔުވެންޓަސް އަށް ބަދަލުވި ވެއާ

ފްރާންސްގެ ލިލް އިން ޔުވެންޓަސް އަށް ބަދަލުވި ވެއާ

ވެއާ، 23، ޔުވެންޓަސް އަށް ބަދަލުވީ ފްރާންސްގެ ލިލް އިންނެވެ. އެޓީމަށް ކުޅުނު 102 މެޗުގައި ވެއާ އަށް ގޯލު ޖެހި އެވެ.

މިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގެ އެމެރިކާ ޓީމުގައި ހިމެނި ވެއާ ވަނީ ގްރޫޕް ސްޓޭޖުގައި ވޭލްސް ކޮޅަށް ގޯލު ޖަހައިފަ އެވެ.

ވެއާގެ ބައްޕަ އަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި، އަދި މިހާރު ލައިބީރިއާގެ ރައީސް ޖޯޖް ވެއާ އެވެ. ޖޯޖް ވެއާ ވަނީ ޕީއެސްޖީ އާއި އޭސީ މިލާންގެ އިތުރުން ޗެލްސީ އާއި މެންޗެސްޓާ ސިޓީ އަށް ވެސް ކުޅެފަ އެވެ. އަދި، 1995 ވަނަ އަހަރު ބެލޮންޑިއޯ އެވޯޑް ޖޯޖް ވެއާ ހޯދި އެވެ.

ބައްޕަ ލައިބީރިއާ އަށް ނިސްބަތްވިޔަސް އެމެރިކާ އަށް އުފަންވި ޓިމޮތީ ވެއާ ނިންމީ އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްސީލު ކުރާށެވެ.