Roadha Mihaaru
އެތުލެޓިކޯގެ މެޑިކަލް ފެއިލްވުމުން ކީން އެނބުރި ދަނީ

އެތުލެޓިކޯގެ މެޑިކަލް ފެއިލްވުމުން ކީން އެނބުރި ރަށަށް

31 ޖެނުއަރީ 2024

މެޑްރިޑް (ޖެނުއަރީ) - ލޯނު އެއްބސްވުމުގެ ދަށުން އެތުލެޓިކޯ މެޑްރިޑުން ސޮއި ކުރުވަން މަސައްކަތް ކުރި ޔުވެންޓަސްގެ ފޯވާޑް މޮއިސް ކީންގެ މެޑިކަލް ޓެސްޓު ފެއިލްވުމުން އޭނާ އެނބުރި ޓިއުރިން އަށް ފުރަން ތައްޔާރުވެއްޖެ އެވެ.

މެޑްރިޑް (ޖެނުއަރީ) - ލޯނު އެއްބސްވުމުގެ ދަށުން އެތުލެޓިކޯ މެޑްރިޑުން ސޮއި ކުރުވަން މަސައްކަތް ކުރި ޔުވެންޓަސްގެ ފޯވާޑް މޮއިސް ކީންގެ މެޑިކަލް ޓެސްޓު ފެއިލްވުމުން އޭނާ އެނބުރި ޓިއުރިން އަށް ފުރަން ތައްޔާރުވެއްޖެ އެވެ.

އެތުލެޓިކޯއިން ވަނީ ލޯނު ޓްރާންސްފާ އަށް 500،000 ޑޮލަރު ޔުވެންޓަސް އަށް ދިނުމަށް ވެސް އެއްބަސްވެފަ އެވެ. އެތުލެޓިކޯ އަށް ސޮއި ކުރުމުގެ އުންމީދުގައި ކީން ހުރީ މެޑްރިޑަށް ގޮހެވެ. އެކަމަކު މެޑިކަލް ފެއިލްވުމުން އެތުލެޓިކޯއިން ވަނީ އޭނާގެ ސޮއި ކުރުވުމުގެ ހިޔާލު ދޫކޮށްލައިފަ އެވެ.

ކީން މިހާރު ވެސް ހުރީ އަނިޔާގަ އެވެ. އެކަމަކު ޔުވެންޓަސް އިން ލަފާކޮށްފައި ވަނީ ފެބްރުއަރީ މަހު އޭނާ އަށް ކުޅެވޭނެ ކަމަށެވެ. އެކަމަކު އިއްޔެ ހެދި ތަފްސީލީ ޓެސްޓްތަކުން ދެއްކީ އޭނާގެ އިތުރު މައްސަލަ ހުރި ކަމެވެ. އެތުލެޓިކޯގެ މެޑިކަލް ޓީމުން އަންދާޒާ ކުރަނީ މާޗު މަހުގެ މެދަކާ ހަމައަށް ދާއިރު ވެސް އޭނާ ފިޓް ނުވާނެ ކަމަށެވެ.

އެތުލެޓިކޯގެ މެޑިކަލް ފެއިލްވުމުން ފިނި މޫސުމުގެގެ ޓްރާންސްފާ ޕީރިއަޑްގައި އޭނާ އަށް ދެން އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ވެސް ކުޑަ އެވެ. ޓްރާންސްފާ ޕީރިއަޑްގައި ދެން އޮތީ އެންމެ ފަހު 24 ގަޑިއިރެ އެވެ.

އަންނަ މަހު 24 އަހަރު ފުރޭ ކީން، މި ސީޒަނުގައި އިޓާލިއަން ލީގުގައި އެންމެ ލަނޑެއް ވެސް ނުޖެހެ އެވެ. ލީގުގެ 12 މެޗުގައި އޭނާ ކުޅުނެވެ.