27 ޖުލައި 2022
ޓިއުރިން (ޖުލައި 27) - ޗެލްސީގެ ޖަރުމަންގެ ފޯވާޑް ޓިމޯ ވާނާ ލޯން އުސޫލުން ގެންދަން ޔުވެންޓަސް އިން ޗެލްސީއާ އެކު މަޝްވަރާތައް ފަށައިފި އެވެ.
ޓިއުރިން (ޖުލައި 27) - ޗެލްސީގެ ޖަރުމަންގެ ފޯވާޑް ޓިމޯ ވާނާ ލޯން އުސޫލުން ގެންދަން ޔުވެންޓަސް އިން ޗެލްސީއާ އެކު މަޝްވަރާތައް ފަށައިފި އެވެ.
ސްކައި ސްޕޯޓްސް އިޓާލިއާ އިން ބުނި ގޮތުގައި ޔުވެންޓަސްގެ މިހާރުގެ ސްޓައިކަރު ސާބިއާގެ ޑުސަން ވްލަހޮވިޗް އާއެކު ޕާޓްނާޝިޕް ހަދާނެ ދެވަނަ ސްޓައިކަރަކަށް، ވާނާ ގެންދަން އެ ޓީމުން މަސައްކަތް ކުރަމުންނެވެ. ލޯން އުސޫލުން ވާނާ ގެންދަން ޔުވެންޓަސްއިން މަސައްކަތް މި ފެށީ އަލްވާރޯ މޮރާޓާގެ ކޮންޓްރެކްޓް ދާއިމީ ނުކުރެވޭނެ ކަމަށް ފެންނާތީ އެވެ.
އެތުލެޓިކޯ މެޑްރިޑުގެ ލޯން އެއްބަސްވުމުގެ ދަށުން ޔުވެންޓަސް އަށް ކުޅެމުން އަންނަ މޮރާޓާގެ ކޮންޓްރެކްޓް ދާއިމީ ކުރެވެން އަންނަނީ އެތުލެޓިކޯ އިން ބުނާ އަގު ޔުވެންޓަސްއިން ހުށަހެޅުމުންނެވެ. އެކަމަކު އޭނާގެ ޓްރާންސްފާ އަށް އެތުލެޓިކޯއިން 20 މިލިއަން ޑޮލަރަށް ވުރެ މަތިން އަގު ކިޔާތީ އެ އަގާ މެދު ޔުވެންޓަސްއިން ހިތްހަމަ ނުޖެހޭ ކަމަށް ސްކައި އިޓާލިިއާ އިން ބުންޏެވެ.
ކުޅުންތެރިންގެ ޓްރާންސްފާ ހަބަރުތަކުގެ އެކްސްޕާޓް ފަބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި ވާނާގެ ޓްރާންސްފާ އަށް ޔުވެންޓަސް އާއި ޗެލްސީގެ މަޝްވަރާތައް ދަނީ ކުރި އަށެވެ. ޗެލްސީގައި ވާނާ އަށް އެކަށީގެންވާ މިންވަރަށް ކުޅުމުގެ ފުރުސަތު ނުލިބެ އެވެ. އޭނާ ވެސް ވަނީ ޗެލްސީ ދޫކޮށްލަން ބޭނުންވާކަން ހާމަވާ ގޮތަށް މީގެ ކުރިން ވެސް ވާހަކަ ދައްކައިފަ އެވެ.
މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން ޗެލްސީ އަށް ބަދަލުވުމުން، ވާނާ އަށް ލިބޭ ފުރުސަތުތައް ކުރިއަށް ވުރެ މަދުވާނެ ކަމަށް ބެލެވެ އެވެ. އިޓާލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާ ގެންދަން ޔުވެންޓަސް ބޭނުން ވަނީ ދެ ކްލަބުން އޭނާގެ މުސާރަ އަށް ހިއްސާވާ ގޮތަށެވެ.
ޖަރުމަންގެ ރެޑްބުލް ލައިޕްޒިގް އިން 2020 ގައި ޗެލްސީ އަށް ބަދަލުވެ ވާނާ ވަނީ އެ ޓީމަށް ކުޅުނު 89 މެޗުގައި 23 ލަނޑު ޖަހައިފަ އެވެ. މުސާރައިގެ ގޮތުގައި ޗެލްސީން އޭނާ އަށް ހަފުތާ އަކު 331,413 ޑޮލަރު ދެ އެވެ.
ޗެލްސީގެ ހުށަހެޅުން ދޫކޮށްލައި އޮމޯޑިއޮން ޕޯޓޯ އަށް
އެތުލެޓިކޯގެ މެޑިކަލް ފެއިލްވުމުން ކީން އެނބުރި ދަނީ
ތުރާމް އިންޓަ އަށް، ވެއާ ޔުވެންޓަސް އަށް
ޗެލްސީގައި ފްލޮޕަކަށްވި ވާނާ އަލުން ލައިޕްޒިގަށް
ޕްރިމިއާ ލީގު ފެށުމުގެ ކުރިން ކުކުރޭލާ ޗެލްސީ އަށް
ޔުވެންޓަސް ކަޓުވާލުމަށް ފަހު ވިޔަރެއާލް ކުއާޓާ އަށް
ޗެލްސީ މޮޅުވި މެޗުގައި ލުކާކޫ އާއި ވާނާ އަށް އަނިޔާ
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ރެއާލްގެ ވާހަކަތައް ލީކު ކުރުމުން މައްސަލަ ޖެހިއްޖެ
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ