Roadha Mihaaru
ޗެލްސީގައި ފްލޮޕަކަށްވި ވާނާ އަލުން ލައިޕްޒިގަށް

ޗެލްސީގައި ފްލޮޕަކަށްވި ވާނާ އަލުން ލައިޕްޒިގަށް

10 އޯގަސްޓް 2022

ލައިޕްޒިގް (އޯގަސްޓް 10) - ޗެލްސީން 54 މިލިއަން ޑޮލަރު ހަރަދުކޮށްގެން ގެނައި ޓީމޯ ވާނާގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުމުން އެ ކްލަބުން އޭނާ ކުރީގެ ކްލަބް ރެޑްބުލް ލައިޕްޒިގަށް ވިއްކާލައިފި އެވެ.

ލައިޕްޒިގް (އޯގަސްޓް 10) - ޗެލްސީން 54 މިލިއަން ޑޮލަރު ހަރަދުކޮށްގެން ގެނައި ޓީމޯ ވާނާގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުމުން އެ ކްލަބުން އޭނާ ކުރީގެ ކްލަބް ރެޑްބުލް ލައިޕްޒިގަށް ވިއްކާލައިފި އެވެ.

ދެ އަހަރު ކުރިން ޗެލްސީ އަށް ވާނާ ސޮއި ކުރީ ފަސް އަހަރުގެ އެއްބަސްވުމަކަށެވެ. ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އޮއްވައި ޗެލްސީން ވާނާ، ލައިޕްޒިގަށް ވިއްކާލީ 30 މިލިއަން ޑޮލަރަށެވެ.

ލައިޕްޒިގްގައި ލަނޑު ޖެހުމުގައި މަޝްހޫރުވި ކުޅުންތެރިޔާ އަލުން އެ ޓީމަށް ސޮއި ކުރީ 2026 ގެ ނިޔަލަށެވެ. ލައިޕްޒިގަށް ބަދަލުވުމަށް ފަހު ވާނާ ބުނީ 2016 އިން 2020 އަށް އެ ޓީމުގައި ހޭދަ ކުރި މުއްދަތަކީ އޭނާ އަށް އުފާވެރި ދުވަސްތައް ކަމަށެވެ.

ޗެލްސީ އާއެކު އޭނާ ހޭދަ ކުރި މުއްދަތަކީ ވެސް އުފާވެރި ދުވަސްތަކެއް ކަމަށް ވާނާ ބުންޏެވެ. ޗެލްސީ އަށް ކުޅުނު 89 މެޗުގައި 23 ލަނޑު ޖެހި އެވެ. އަދި 2021 ގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އެވެ.

ޗެލްސީގައި އޭނާ ހޭދަކުރި މުއްދަތުގައި މަސައްކަތް ކުރި ދެ ކޯޗުން ހިތްހަމަ ޖެހޭ ވަރުގެ ކުޅުމެއް ވާނާ އަކަށް ނުދެއްކުނެވެ. ޗެލްސީގެ ކުރީގެ ކޯޗު ފްރޭންކް ލަޕްޕާޑް އާއި މިހާރުގެ ކޯޗު ތޯމަސް ޓުޗެލް އަށް ވެސް ޖެހުނީ ގިނަ މެޗުތަކުގައި ބެންޗުގައި ބައިންދާށެވެ.

ލައިޕްޒިގުން ވަނީ ސަލްޒްބާގަށް ކުޅެމުން އަންނަ ސްލޮވޭނިއާގެ އުންމިދީ ފޯވާާޑް ބެންޖަމިން ސެސްކޯ ސޮއި އެޑްވާންސްކޮށް ސޮއި ކުރުވާފަ އެވެ. މި ސީޒަން ނިމެންދެން އޭނާ ހޭދަ ކުރާނީ ސަލްޒްބާގްގަ އެވެ.