01 ސެޕްޓެމްބަރ 2021
މެޑްރިޑް (ސެޕްޓެމްބަރު 1) - އެފްސީ ބާސެލޯނާގެ އެންޓޮއިން ގްރީޒްމަން ލޯން އެއްބަސްވުމުގެ ދަށުން އަލުން އެތުލެޓިކޯ މެޑްރިޑަށް ބަދަލު ވެއްޖެ އެވެ.
މެޑްރިޑް (ސެޕްޓެމްބަރު 1) - އެފްސީ ބާސެލޯނާގެ އެންޓޮއިން ގްރީޒްމަން ލޯން އެއްބަސްވުމުގެ ދަށުން އަލުން އެތުލެޓިކޯ މެޑްރިޑަށް ބަދަލު ވެއްޖެ އެވެ.
އެތުލެޓިކޯގެ ސައުލް ނިގުއޭޒް ވަނީ ލޯން އެއްބަސްވުމުގެ ދަށުން ޗެލްސީ އަށް ބަދަލުވެފަ އެވެ. ބާސެލޯނާ އިން ވަނީ ސެވިއްޔާގެ ލޫކް ޑީޔޯންގް ލޯން އެއްބަސްވުމުގެ ދަށުން ސޮއިކުރުވައިފަ އެވެ.
އެތުލެޓިކޯ އިން ސައުލް ޗެލްސީ އަށް ދޫކޮށްލީ ޗެލްސީ ބޭނުން ނަމަ ދާއިމީ އެއްބަސްވުމެއްގައި އޭނާއާ އެކު ސޮއި ކުރުމުގެ އިހްތިޔަރު ލިބޭ ގޮތަށެވެ. ގްރީޒްމަން އެތުލެޓިކޯ އަށް ބަދަލުވީ ވެސް އެ އުސޫލުގެ ދަށުންނެވެ. ބާސާ އިން މަސައްކަތް ކުރީ ގްރީޒްމަން އެތުލެޓިކޯ އަށް ދޫކޮށްލުމަށް ފަހު ބަދަލުގައި އެ ޓީމުގެ ޔޮއާއޯ ފެލިކްސް ގެންދިއުމަށެވެ. ނަމަވެސް އެތުލެޓިކޯ އިން އެ ފުރުސަތު ނުދިނުމުން ލޯން އެއްބަސްވުމުގެ ދަށުން ބާސާ އިން ގެންދިޔައީ ލޫކް އެވެ.
ގްރީޒްމަން އެތުލެޓިކޯ ދޫކޮށް 2019 ގައި ބާސާ އަށް ބަދަލުވީ 125 މިލިއަން ޑޮލަރަށެވެ. ނަމަވެސް ބާސާ އިން އޭނާ އަށް ކުރި ހޭދައާ އެއްވަރުގެ ކުޅުމެއް ނުދެއްކުނެވެ. ލޯން އެއްބަސްވުން ހަމަވުމުން އޭނާ ލައްވައި ސޮއިކުރުވާ ނަމަ އެތުލެޓިކޯ އިން 47 މިލިއަން ޑޮލަރު ބާސާ އަށް ދޭން ޖެހޭނެ އެވެ.
ޗެލްސީ އަށް ބަދަލުވި ސައުލްގެ ލޯން އެއްބަސްވުން ހަމަވުމުން އޭނާ ސޮއި ކުރުވާ ނަމަ 41 މިލިއަން ޑޮލަރު އެތުލެޓިކޯ އަށް ދޭން ޖެހޭނެ އެވެ. ޗެލްސީން މަސައްކަތް ކުރީ ސެވިއްޔާގެ ޑިފެންޑަރު ޖޫލް ކުންޑޭ ސޮއި ކުރުވުމަށެވެ. ނަމަވެސް ސެވިއްޔާ އިން ޑިމާންޑް ކުރި 90 މިލިއަން ޑޮލަރުގެ އަގެއް ޗެލްސީ އަށް ނުދެވުނެވެ.
ބާސާ އިން ވަނީ އެމަސަން ރޯޔަލް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވިއްކާލައިފަ އެވެ. އޭނާގެ ޓްރާންސްފާ އަށް 29.5 މިލިއަން ޑޮލަރު ޓޮޓެންހަމް އިން ވަނީ ދޭން އެއްބަސްވެފަ އެވެ. ބާސާގެ އެކެޑެމީގެ ގްރެޖުއޭޓް އިލައިޝް މޮރީބާ ރެޑްބުލް ލައިޕްޒިގް އަށް ބާސާ އިން ވިއްކާލީ 18 މިލިއަން ޑޮލަރަށެވެ. އަދި އިތުރު ހަތް މިލިއަން ޑޮލަރު ލައިޕްޒިގް އިން ދޭން ޖެހޭނެ އެވެ.
ޗެލްސީގެ ހުށަހެޅުން ދޫކޮށްލައި އޮމޯޑިއޮން ޕޯޓޯ އަށް
ޕޮޗެޓީނޯގެ ލިސްޓްގައި ފެލިކްސްގެ ނަމެއް ނެތް
ބާސާގައި ބާކީވެފައި ހުރި ޑިޕާއީ އެތުލެޓިކޯ އަށް
އެތުލެޓިކޯގެ ފެލިކްސް ލޯން އުސޫލުން ޗެލްސީ އަށް
"ކްރިސްޓެންސެން ބާސާއަށް ބަދަލުވިކަން ޔަގީނެއް ނޫން"
ޔަމާލަށް ޕީއެސްޖީން 260 މިލިއަނުގެ ހުށަހެޅުމެއް
ދެވަނަ މެސީ ނަން ދިން ފާޓީއަށް ބާސާގައި ޖާގައެއް ނެތް
އެތުލެޓިކޯގެ ޓްރާންސްފާ ހަމަނުޖެހި، ގަލަގާ ޗެލްސީގައި
އެތުލެޓިކޯ އާއި ޗެލްސީގެ ނިމުމެއް ނެތް މަޝްވަރާތަކެއް
އެތުލެޓިކޯ އަށް ބަދަލުވާން ގަލަގާ އެއްބަސްވެއްޖެ