ލޯނު އުސޫލުން މާކޮސް ރަޝްފޯޑް ބާސެލޯނާ އަށް ބަދަލުވި ނަމަވެސް، ސީޒަން ފެށެން ވާއިރު ވެސް އޭނާ ރަޖިސްޓަރީ ކުރެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
23 ޖުލައި 2025
ލޯނު އުސޫލުން މާކޮސް ރަޝްފޯޑް ބާސެލޯނާ އަށް ބަދަލުވި ނަމަވެސް، ސީޒަން ފެށެން ވާއިރު ވެސް އޭނާ ރަޖިސްޓަރީ ކުރެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
މިދިޔަ ސީޒަނުގައި އެ ޓީމަށް ސޮއި ކުރި ޑެނީ އޮލްމޯ ވެސް ފުރަތަމަ ހަ މަހު ހުންނަން ޖެހުނީ މެޗެއް ނުކުޅެ އެވެ. ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގެ ފުރަތަމަ މަރުހަލާ ނިމިގެން ދިޔަ އިރު ވެސް އޭނާ ރަޖިސްޓަރީ ކުރެވޭނެ ގޮތެއް ބާސާ އަކަށް ނުހޯދުނެވެ.
ބާސާއިން އޮލޯމޯ ރަޖިސްޓަރީ ކުރީ ފިނި މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގަ އެވެ. އޭނާގެ ރަޖިސްޓަރީ ކުރެވޭނެ މާލީ ހަކަތައެއް އެ ކްލަބްގައި ނެތް ކަމަށް ލަލީގާއިން ނިންމި އެވެ. ބާސާ އަށް ކާމިޔާބު ވީ ލަލީގާގެ ނިންމުން ހިފައިގެން ޝަރީއަތަށް ދިއުމުންނެވެ.
މިފަހަރު ރަޝްފޯޑަށް ވެސް އެ މައްސަލަ ކުރިމަތި ވާނެ އެވެ. އެއް އަހަރުގެ ލޯނު އެއްބަސްވުމުގެދަށުން މެންޗެސްޓާ ޔުނައިޓެޑުން ވަނީ ރޯޝްފޯޑް ބާސާ އަށް ދޫކުރަން އެއްބަސް ވެފަ އެވެ. ދެ ކްލަބްގެ ދެމެދުގައި ޓްރާންސްފާގެ ހުރިހާ ކަމެއް ވެސް ފުރިހަމަކޮށްފި އެވެ.
އެކަމަކު ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ރަޖިސްޓަރީ ކުރެވޭނެ ގޮތެއް އަދި ވެސް ނުހޯދެ އެވެ. ބާސާގެ ޓީމާ އޭނާ ގުޅުނު ނަމަވެސް، އަދި އޭނާ އަށް އޮތީ ހަމައެކަނި ޕްރެކްޓިސްކޮށްކޮށް ހުރުމެވެ.
ބާސާއިން ފުރަތަމަ މަސައްކަތް ކުރީ އެތުލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް ސޮއި ކުރުވުމަށެވެ. ބާސާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް އާއި ނިކޯ ވިލިއަމްސްގެ ކޮމްބިނޭޝަން ސްޕެއިންގެ ގައުމީ ޓީމުގައި ފެންނަނީ ހަރުދަނާކޮށެވެ. އެ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަންގައި ނަތީޖާ ބަދަލު ކުރެ އެވެ. އެ ކޮމްބިނޭޝަންގެ ފައިދާ ހޯދަން ބާސާއިން ބޭނުންވީ ނިކޯ ސޮއި ކުރުވާށެވެ.
ނަމަވެސް އެ މަސައްކަތް ބާސާ އަކަށް ކާމިޔާބެއް ނުވި އެވެ. ސްޕެއިންގެ މީޑިއާތަކުން ބުނީ އޮލްމޯ އަށް މިދިޔަ ސީޒަނުގައި ކުރިމަތިވި ފަދަ ހާލަތެއް، ނިކޯ އަށް ބާސާގައި ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ބާސާ އަށް ނުދެވުނު ކަމަށެވެ. އެހެންވެ އޭނާ ނިންމީ ބިލްބާއޯގައި މަޑު ކުރުމަށެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމްގެ ޕްލޭނުގައި ރަޝްފޯޑްގެ ނުހިމެނޭތީ، އެ ކްލަބުން މިދިޔަ ސީޒަނުގެ ފަހު ބައިގައި އޭނާ ދޫކޮށްލީ އެސްޓަން ވިލާ އަށެވެ. އޭރު ވިލާއާ އެ ޔުނައިޓެޑުން ކު އެއްބަސްވީ ދެވަނަ އަހަރެއްގައި އެ ކްލަބުން ބޭނުންނަމަ ރަޝްފޯޑް ސޮއި ކުރެވިދާނެ ކަމަށެވެ. އެކަމަކު ޔުނައިޓެޑްގެ ޓްރާންސްފާ ފީ އަގުބޮޑުވުމުން ވިލާއިން ވިސްނުން ދޫކޮށްލީ އެވެ.
ޔުނައިޓެޑް ދޫކޮށްލައި ރަޝްފޯޑް ބާސެލޯނާއަށް ބަދަލުވަނީ
ރަޝްފޯޑް ވިއްކާލަން ޔުނައިޓެޑުން ބާޒާރަށް ނެރެފި
އެންޓޮނީއާ މެދު ޔުނައިޓެޑާއި ބެޓިސްގެ ހިޔާލުތަފާތުވުމެއް
ޔުނައިޓެޑްގައި އެއްވެސް މިސްރާބެއް ނެތް: ރަޝްފޯޑް
ޔުނައިޓެޑުން ސެސްކޯ އަށް އަލުން ފާރަލަނީ
ޔުނައިޓެޑުން ފާރަލީ ތިން ފޯވާޑުން ވާދަވެރި ކްލަބްތަކަށް
ޔުނައިޓެޑަށް އެމްބަމޯ ސޮއިކޮށްފި، އަދިވެސް ބިޑްކުރަނީ
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
ޓީމުން ޖާގަ ލިބޭތޯ ރަޝްފޯޑް ހާއްސަ ތަމްރީނުތަކެއް
ޔުނައިޓެޑުގެ ޓީމުން ރަޝްފޯޑް ދެން ނުފެނިދާނެ