Roadha Mihaaru
ބާސާގައި ބާކީވެފައި ހުރި ޑިޕާއީ އެތުލެޓިކޯ އަށް

ބާސާގައި ބާކީވެފައި ހުރި ޑިޕާއީ އެތުލެޓިކޯ އަށް

19 ޖެނުއަރީ 2023

މެޑްރިޑް (ޖެނުއަރީ 19) - ބާސެލޯނާގައި ބާކީވެފައި ހުރި މެންފިސް ޑިޕާއީ އެތުލެޓިކޯ މެޑްރިޑަށް ބަދަލު ވެއްޖެ އެވެ.

މެޑްރިޑް (ޖެނުއަރީ 19) - ބާސެލޯނާގައި ބާކީވެފައި ހުރި މެންފިސް ޑިޕާއީ އެތުލެޓިކޯ މެޑްރިޑަށް ބަދަލު ވެއްޖެ އެވެ.

ނެދަލެންޑްސްގެ ފޯވާޑް ގެންދަން އެތުލެޓިކޯއިން ވަނީ ތިން މިލިއަން ޑޮލަރު ދޭން އެއްބަސްވެފަ އެވެ. ބާސާގެ ކޯޗު ކަމާ ޒަވީ ހެނާންޑޭޒް ހަވާލުވި ފަހުން ޑިޕާއީ އަށް އެ ޓީމުން ފުރުސަތު ލިބެނީ މަދުންނެވެ. އެތުލެޓިކޯ އާއކު ޖޫން 2025 ގެ ނިޔަލަށް ޑިޕާއީ. 28. ސޮއި ކުރާނެ އެވެ.

ބާސާ އާއެކު ޑިޕާއީ ހަދައިފައިވާ އެއްބަސްމުގެ މުއްދަތު މި އަހަރު ޖޫން މަހު ހަމަވުމުން އޭނާ އަށް ހިލޭ ޓްރާންސްފާގައި ކްލަބް ބަދަލު ކުރުމުގެ ފުރުސަތު ދޭން ބާސާއިން ބޭނުން ނުވީ އެވެ. ބާސާއިން އޭނާ އެތުލެޓިކޯ އަށް ދިނުމުގެ ހުއްދަ ދިނީ ޓްރާންސްފާ ފީއެއް ހޯދުމުގެ ގޮތުންނެވެ.

ޑިޕާއީ ގެންދަން މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑާއި ގަލަތަސަރާއީން މަސައްކަތް ކުރި އެވެ. އެކަމަކު އެއިން ކްލަބަކަށް ބަދަލުވާކަށް ޑިޕާއީ ބޭނުމެއް ނުވި އެވެ.

އެތުލެޓިކޯގައި ކުޅުމުގެ ގިނަ ފުރުސަތުތަކެއް ޑިޕާއީ އަށް ލިބޭނެ ކަމަށް ބެލެވެ އެވެ. އެތުލެޓިކޯގެ ފޯވާޑް ޔޮއާ ފެލިކްސް ޗެލްސީ އަށް ލޯން އުސޫލުން ބަދަލު ވެފައި ވުމުން، ޑިޕާއީ ދައުރު އެތުލެޓިކޯގައި ބޮޑުވާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ބާސާއިން މަސައްކަތް ކުރީ ޑިޕާއީ އެތުލެޓިކޯ އަށް ދޫކޮށްލުމަށް ފަހު އެ ޓީމުގެ ވިންގާ ޔަނިކް ކަރެސްކޯ ގެނައުމަށެވެ. އެކަމަކު ކަރެސްކޯ ދޫކޮށްލަން އެތުލެޓިކޯއިން ބޭނުމެއް ނުވި އެވެ.