Roadha Mihaaru
މަނީ ލޯންޑްރިންގެ ތުހުމަތުގައި އެލެގްރީ ތަހްގީގަށް

މަނީ ލޯންޑްރިންގެ ތުހުމަތުގައި އެލެގްރީ ތަހްގީގަށް

07 ޖޫން 2021

ޓިއުރިން (ޖޫން 7) - މަނީ ލޯންޑަރިންގެ ތުހުމަތުގައި ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީގެ މައްސަލަ ތަހްގީގުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓިއުރިން (ޖޫން 7) - މަނީ ލޯންޑަރިންގެ ތުހުމަތުގައި ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީގެ މައްސަލަ ތަހްގީގުކޮށްފި އެވެ.

އެލެގްރީގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނީ ގައުމުން ބޭރު ދެ ކެސިނޯ އަކާ ގުޅުން ހުރި ލިންކުތަކުން އެލެގްރީގެ އެކައުންޓް މެދުވެރިކޮށް 350،000 ޔޫރޯގެ ޓްރާންސެކްޝަނެއް ހިންގާފައި ވުމުންނެވެ.

އިޓަލީގެ މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޝައްކު ކުރެވޭ ޓްރާންސެކްޝަންތަކެއް އަލެގްރީއާ ގުޅިފައި ވުމުން އޭނާގެ މައްސަލަ ފުލުހުން ތަހްގީގު ކޮށްފައިވާ ކަމަށެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އެލެގްރީ ވަނީ، އަލުން ޔުވެންޓަސްގެ ކޯޗް ކަމާ ހަވާލުވެފަ އެވެ. އޭނާ އަލުން ކޯޗުކަމާ ހަވާލުވީ މިދިޔަ ސީޒަންގައި އެ ޓީމަށް ކޯޗުކޮށްދިން އަންޑްރެއާ ޕިރްލޯ އެ މަގާމުން ވަކި ކުރުމަށް ފަހު އެވެ. އެލެގްރީ ވަނީ ޔުވެންޓަސް އަށް ޖެހިޖެހިގެން ފަސް އަހަރު އިޓަލީގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.