20 ފެބުރުއަރީ 2019
މެޑްރިޑް (ފެބްރުއަރީ 20) - އެހެން އަހަރުތަކާ ބަލާއިރު މި ފަހަރު ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގުގައި އޮތް ތަފާތަކީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގައި ހުރުން ކަމަށް އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ ބުނެފި އެވެ.
މެޑްރިޑް (ފެބްރުއަރީ 20) - އެހެން އަހަރުތަކާ ބަލާއިރު މި ފަހަރު ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގުގައި އޮތް ތަފާތަކީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގައި ހުރުން ކަމަށް އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ ބުނެފި އެވެ.
ޔުވެންޓަސް އިން އެންމެ ފަހުން ޗެމްޕިއަންސް ލީގު އުފުލާލީ 1996 ވަނަ އަހަރު އެވެ. އެ ޓީމުން ފާއިތުވި އަހަރުތަކުގައި އެންމެ ބޮޑަށް ޓާގެޓްކުރި މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. ފާއިތުވި ފަސް އަހަރު ތެރޭ ޔުވެންޓަސް ވަނީ ދެ ފަހަރު ފައިނަލުގައި ކުޅެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަތުން ވަނީ ބަލިވެފަ އެވެ. ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޔުވެންޓަސް އިން ރޮނާލްޑޯ ގަތް އެންމެ ބޮޑު ސަބަބަކީ މިދިޔަ ސީޒަންތަކުގައި ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ދައްކާފައިވާ މޮޅު ކުޅުމެވެ.
"ރޮނާލްޑޯ ހުރުމަކީ އެޑްވާންޓޭޖެއް. މި މުބާރާތުގައި އޭނާގެ ކާމިޔާބީ އަށް ބެލުުމުން ހެއްކަކަށް ފުދޭ. އެކަމަކު ޔަގީނުން ވެސް ރޮނާލްޑޯ އެކަނި ކުރެވޭނެ ކަމެއް ނޫން. މިއީ ޓީމެއްގެ ގޮތުގައި ރޮނާލްޑޯގެ ބޭނުން ހިފައިގެން މިކަން ކުރެވިދާނެ. ހަގީގަތުގައި މި މުބާރާތަށް މިހާރު ޔުވެންޓަސްގެ ތަފާތަކީ ރޮނާލްޑޯ،" މިރޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އަލެގްރީ ބުންޏެވެ.
އުމުރުން 34 އަހަރުގެ ރޮނާލްޑޯ އަތުގައި އެތުލެޓިކޯއާ ދެކޮޅަށް ލަނޑު ޖެހުމުގެ ރަނގަޅު ރެކޯޑެއް އެބައޮތެވެ. އެތުލެޓިކޯއާ ދެކޮޅަށް މިހާތަނަށް ރޮނާލްޑޯ ކުޅުނު 31 މެޗުގައި އޭނާ ވަނީ 22 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރޭގައި 2016-2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ހެދި ހެޓްރިކް ވެސް ހިމެނެ އެވެ.
"މިއީ ރޮނާލްޑޯ އަށް ހާއްސަ މުބާރާތެއް. އެކަން އޭނާ އޮތީ ސާބިތުކޮށްދީފައި،" ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ރޮނާލްޑޯއާ ބެހޭގޮތުން ޔުވެންޓަސްގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ބުންޏެވެ.
ވާދަވެރި މެޗެއްގައި އެންމެ ފަހުން ޔުވެންޓަސް އިން އެތުލެޓިކޯ ބަލިކުރީ 1965 ވަނަ އަހަރު ފެއާސް ކަޕްގެ ސެމީ ފައިނަލުގަ އެވެ. މިރޭގެ މެޗަށް ނުކުންނައިރު އެތުލެޓިކޯ އަށް އޮތް ހިތްހަމަޖެހުމަކީ އެ ޓީމުގެ ކޯޗުކަމުގައި ޑިއޭގޯ ސިމިއޯނީ ހުއްޓައި މިހާތަނަށް އިޓަލީގެ ޓީމެއް އަތުން ބަލިވެފައިނުވުމެވެ. ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު، ދެ މެޗު އެއްވަރުވެގެން ނިމުނުއިރު، ހުރިހާ މެޗެއްގައި ބައިކޮޅަށް ވަނީ އެންމެ ލަނޑެކެވެ.
"މިއީ ފައިނަލެއް. ޗެމްޕިއަންސް ލީގުގެ ނޮކައުޓު ބުރުގައި މުޅިން އޮންނާނީ ފައިނަލް މެޗު. އަހަރެމެން ތައްޔާރު. ޔުވެންޓަސް ކަހަލަ ބޮޑު ޓީމަކާ ދެކޮޅަށް ކުޅުމަކީ އެތުލެޓިކޯ އަށް ވެސް ކުރިއެރުން ލިބޭނެ ކަމެއް. އަހަރެމެންނަށް ސަޕޯޓަރުންގެ އެހީގައި މޮޅުވެވިދާނެ،" މިރޭގެ މެޗުގެ ކުރިން ސިމިއޯނީ ބުންޏެވެ.
"މި ވަގުތަށް ބަލާއިރު އޮތީ 50-50 ފުރުސަތެއް. އަހަރެެމެން އެޑްވާންޓޭޖެއް ނަގަން މަސައްކަތްކުރާނަން."
ސިމިއޯނީ ބުނީ މިއީ ލޯން އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ އަށް އޭނާގެ ކެރިއަރުގައި ކުރިއަށް ދިއުމަށް މުހިއްމު މެޗެއް ކަމަށެވެ. މީގެ ކުރިން ޔުވެންޓަސްގައި މޮޅު ކުޅުމެއް ދެއްކި މޮރާޓާ އަށް އެ ޓީމު ދޫކޮށްދިޔަ ފަހުން ރެއާލް މެޑްރިޑާއި ޗެލްސީގައި އެންމެ ރަނގަޅު ކުޅުން ނުދެއްކުނެވެ.
"އިދިކޮޅު ޓީމުގައި ރޮނާލްޑޯ ހުރުމުން ޖެހިލުންވޭ"
ރޮނާލްޑޯގެ ހެޓްރިކުން ޔުވެންޓަސް ކުއާޓާ އަށް
ޔުވެންޓަސްގެ ހަތިޔާރަކީ ރޮނާލްޑޯ: އަލެގްރީ
ޕެނަލްޓީ ބަލާލާނެ ހިތްވަރު ސިމިއޯނީއަށް ނުލިބުނު
ދުވަހަކު ވެސް އެތުލެޓިކޯގެ ސްޓައިލަށް ފާޑެއް ނުކިޔަން
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި
ރޮނާލްޑޯގެ ލަނޑުތަކުން ޔުނައިޓެޑަށް މުހިއްމު ޕޮއިންޓެއް
ނަތީޖާ އަނބުރާލަން ރޮނާލްޑޯ މުހިއްމު: ޕިރްލޯ
ރޮނާލްޑޯ އަށް ބާސެލޯނާ މެޗު ގެއްލިއްޖެ
ޔުވެންޓަސް އާއި ބާސެލޯނާ އެއް ގްރޫޕަކަށް