03 ނޮވެމްބަރ 2021
މިޔުނިކް (ނޮވެމްބަރު 3) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަންގެ ބެޔާން މިޔުނިކާއި އިޓަލީގެ ޔުވެންޓަސް ކުޅުނު މެޗްތައް ފަސޭހަކަމާ އެކު ކާމިޔާބު ކޮށް، ދެވަނަ ބުރުން ޖާގަ ޔަގީން ކުރިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުތަކުން މެންޗެސްޓާ ޔުނައިޓެޑް ސަލާމަތްކޮށްދީ، މުހިއްމު ޕޮއިންޓެއް ހޯދައިފި އެވެ.
މިޔުނިކް (ނޮވެމްބަރު 3) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަންގެ ބެޔާން މިޔުނިކާއި އިޓަލީގެ ޔުވެންޓަސް ކުޅުނު މެޗްތައް ފަސޭހަކަމާ އެކު ކާމިޔާބު ކޮށް، ދެވަނަ ބުރުން ޖާގަ ޔަގީން ކުރިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުތަކުން މެންޗެސްޓާ ޔުނައިޓެޑް ސަލާމަތްކޮށްދީ، މުހިއްމު ޕޮއިންޓެއް ހޯދައިފި އެވެ.
ބެޔާން ދެވަނަ ބުރުގެ ޖާގަ ޔަގީންކުރީ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗް 5-2 އިން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ބެޔާންގެ ސާޖް ގްނަބްރީ އާއި ލެރޯއި ސާނޭ ލަނޑެއް ޖެހިއިރު ރޮބާޓް ލެވަންޑޯސްކީ ވަނީ ހެޓްރިކް ހަދައިފަ އެވެ.
މިއީ ލެވަންޑޯސްކީ ޗެމްޕިއަންސް ލީގުގައި ކުޅުނު 100 ވަނަ މެޗެވެ. މި މެޗުގައި އޭނާ ހެޓްރިކް ފުރިހަމަކުރީ، ކީޕަރު މެނުއެލް ނޯޔާ ބެޔާންގެ އޭރިއާ ބޭރުގައި ހުރެ ކުރިޔަށް ފޮނުވާލި ބޯޅައެއް އެއްފަހަރުން ކޮންޓްރޯލް ކޮށް، ބެންފީކާގެ ކީޕަރުގެ ބޯ މަތިން ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.
ލެވަންޑޯސްކީ ވަނީ މިހާތަނަށް ޗެމްޕިއަންސް ލީގުގައި 84 ލަނޑު ޖަހައިފަ އެވެ. އަދި ރޭގެ ހެޓްރިކަކީ ޗެމްޕިއަންސް ލީގުގައި އޭނާގެ ހަތަރު ވަނަ ހެޓްރިކެވެ. ޗެމްޕިއަންސް ލީގުގައި މިސީޒަނުގައި ބެޔާން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކުރިއިރު، އަށް ލަނޑު ޖަހައިގެން ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ ލެވަންޑޯސްކީ އެވެ.
ފުރަތަމަ ހާފު ނިމެނިކޮށް ބެޔާން އަށް ލިބުނު ޕެނަލްޓީއެއް ލެވަންޑޯސްކީ ފޮނުވާލުމުން ބެންފީކާގެ ކީޕަރު މަތަކުރިއިރު، ބެންފީކާގެ ލަނޑުތައް މި މެޗުގައި ޖަހައިދިނީ ޒުވާން ޑިފެންޑަރު މޮރާޓޯ އާއި ޑާވިން ނުނޭޒް އެވެ.
ބެޔާން އާއެކު ގުރޫޕް އީގައި ހިމެނޭ ސްޕެއިންގެ ބާސެލޯނާ ވަނީ ރޭ އެ ޓީމުން ރަށުން ބޭރުގައި ޔޫކްރޭންގެ ޑިނަމޯ ކިއޭވް އަތުން 1-0 އިން މޮޅު ވެ، ހަ ޕޮއިންޓާ އެކު ގުރޫޕްގެ ދެވަނަ އަށް ޖެހިލައިފަ އެވެ. ބާސާގެ ހަމައެކަނި ލަނޑު މެޗު ނިމެން 20 މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ޒުވާން ފޯވަޑް އަންސޫ ފާޓީ އެވެ.
ޔުވެންޓަސް ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރީ ރޭ އަމިއްލަ ދަނޑުގައި 4-2 އިން ރަޝިއާގެ ޒެނިތު ބަލިކޮށްގެންނެވެ. މި މެޗުގައި ކެޕްޓަން ޕައުލޯ ޑިބާލާ ދެ ލަނޑު ޖެހިއިރު ފެޑެރިކޯ ކިއޭސާ އާއި އަލްވަރޯ މޮރާޓާ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ. ޒެނިތުގެ ފުރަތަމަ ލަނޑަކީ ޔުވެންޓަސްގެ ލިއޮނާޑޯ ބނޫޗީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ އެންމެ ފަހު ވަގުތުގައި ޖެހީ އިރާނުގެ ފޯވަޑް ސަރުދާރު އަޒުމޫނެވެ.
ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ޔުވެންޓަސް ގުރޫޕް އެޗްގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް ޗެލްސީ ވަނީ ރޭ ރަށުން ބޭރުގައި ސްވިޑެންގެ މަލްމޯ 1-0 އިން ބަލި ކޮށްފަ އެވެ. ޗެލްސީގެ ހަމައެކަނި ލަނޑު މެޗުގެ 65 ވަނަ މިނިޓުގައި ޖަހައިދިނީ ހަކީމް ޒިޔެޗް އެވެ.
ގުރޫޕް އެފް ގައި މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގައި އެޓަލާންޓާއާ ބައްދަލުކުރި މެޗް ނިމުނީ، ފޯރި ގަދަ ކުޅުމަކަށް ފަހު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި އެޓަލާންޓާއިން ދެ ފަހަރަށް ލީޑު ނެގިއިރު، މި ދެ ފަހަރު ވެސް ޔުނައިޓެޑް ސަލާމަރަ ކޮށްދިނީ ޗެމްޕިއަންސް ލީގުގެ ރެކޯޑް ގޯލް ސްކޯރާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މެޗުގެ 12 ވަނަ މިނިޓުގައި ޖޯސިޕް އިލިޗިޗް އެޓަލާންޓާއަށް ލީޑު ނަގައިދިންއިރު، ބްރޫނޯ ފެނާންޑޭޒްގެ ބެކް ހީލް ޕާހަކުން ރޮނާލްޑޯ ޔުނައިޓެޑަށް އެއްވަރު ކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. ދެވަނަ ހާފުގައި، މެޗުގައި ދެވަނަ ފަހަރަށް އެޓަލާންޓާ އަށް ލީޑު ނަގައިދިނީ ފުރަތަމަ ލަނޑު ޖަހަން އެހީތެރިވި ޑުވާން ޒަޕާޓާ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ރޮނާލްޑޯ ވަނީ މޭސަން ގްރީންވުޑުގެ އެހީތެރިކަމާ އެކު އިތުރު ލަނޑެއް ޖަހައި، ޔުނައިޓެޑް ސަލާމަތް ކޮށްދީފަ އެވެ.
ރޮނާލްޑޯގެ މި ލަނޑަކީ އޭނާ ޔުނައިޓެޑަށް ޖަހައިދިން 127 ވަނަ ލަނޑެވެ. އަދި ޗެމްޕިއަންސް ލީގުގައި ޖެހި 139 ވަނަ ލަނޑެވެ. މުބާރާތުގައި އެންމެ ގިނަ މެޗު ވެސް ކުޅެފައި ވަނީ ރޮނާލްޑޯ އެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި 180 މެޗު ކުޅެފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ޑިފެންޑަރު ރަފޭލް ވަރާން އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، ރޮނާލްޑޯ ޖެހި ފުރަތަމަ ލަނޑު ފިޔަވައި ބާކީ ތިން ލަނޑުވެސް ސައްހަ ކަމަށް ނިންމީ ވީއޭއާރު ބެލުމަށް ފަހު އެވެ.
މި ޕޮއިންޓާ އެކު، ހަރަތު މެޗުން ހަތް ޕޮއިންޓު ހަމަކޮށްގެން ގުރޫޕް އެފްގެ އެއްވަނައިގައި ޔުނައިޓެޑް އޮތީ ހެޑް ޓު ހެޑް އުސޫލުން ދެވަނައިގައި އޮތް ވިޔަރެއާލަށް ވުރެ ކުރި ހޯދައިގެންނެވެ. ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތް ވިޔަރެއާލް ވަނީ ރޭ ސްވިޒަލޭންޑުގެ ޔަންގް ބޯއީޒްއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.
ޗެމްޕިއަންސް ލީގު ގުރޫޕް ޖީ ގައި ހިމެނޭ ފްރާންސްގެ ލިލް 2-1 އިން އިޓަލީގެ ސެވިއްޔާ ބަލިކުރިއިރު، ޖަރުމަންގެ ވުލްވްސްބާގް ވަނީ އަމިއްލަ ދަނޑުގައި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް 2-1 އިން ބަލިކޮށްފަ އެވެ. ބަލިވިޔަސް ހަތް ޕޮއިންޓާ އެކު މި ގުރޫޕުގެ އެއްވަނައިގައި އޮތީ ސަލްޒްބާގެވެ. ލިލް އާއި ވުލްވްސްބާގަށް ފަސް ޕޮއިންޓް ލިބިފައި ވާއިރު، ފުލުގައި އޮތް ސެވިއްޔާއަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
ބޮޑެތި ބާރުތައް ދެ ވަނަ ބުރަށް ދަތުރުކޮށްފި
އަހަންނަށް ޔުނައިޓެޑް އަބަދުވެސް ހާއްސަވާނެ: ރޮނާލްޑޯ
ޔުވެންޓަސް މޮޅުވިއިރު ރޮނާލްޑޯ އަށް ރަތެއް
ގަދަބާރުތައް ކާމިޔާބު ހޯދި ރޭ ބަޔާނަށް ހިތްދަތިކަން
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
އޮނާނާ ޒިންމާ ނަގައިފި؛ ޓީމު ދަށްވީ އަހަންނާ ހެދި
ރޮނާލްޑޯގެ ގޯލުން ޔުނައިޓެޑް, އެޓަލާންޓާ ބަލިކޮށްފި
ރޮނާލްޑޯއަކީ ޔުނައިޓެޑުގެ ނަސީބު، ޗެލްސީއަށް ނާކާމިޔާބު
އަގު ބޮޑު ރޮނާލްޑޯ ޔުނައިޓެޑަށް ދިޔައީ ކުޑަ އަގަކަށް
ޕީއެސްޖީ އާއި ޔުނައިޓެޑުން ރޮނާލްޑޯ ބޭނުމެއްނުވި