23 އޮކްޓޯބަރ 2018
މެންޗެސްޓާ (އޮކްޓޫބަރު 23) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ކުޅޭ މެޗުގައި ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭއިރު އެ ޓީމު އަބަދުވެސް އޭނާ އަށް ހާއްސަވާނެ ކަމަށް ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މެންޗެސްޓާ (އޮކްޓޫބަރު 23) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ކުޅޭ މެޗުގައި ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭއިރު އެ ޓީމު އަބަދުވެސް އޭނާ އަށް ހާއްސަވާނެ ކަމަށް ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑަށް ކުޅުނުއިރު ދެ ފަހަރެއްގެ މަތިން ޔުނައިޓެޑާ ދެކޮޅަށް ކުޅެފަ އެވެ. އެ ދެ މެޗުގައި ވެސް ރޮނާލްޑޯ ލަނޑު ޖެހި އެވެ. ޔުވެންޓަސް އަށް މި ސީޒަނުގައި ބަދަލުވުމަށް ފަހު ރޮނާލްޑޯ މިރޭ އެ ޓީމުގެ ޖާޒީގައި ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެ އެވެ.
"ޔުނައިޓެޑަށް އަންނަ ކޮންމެ ވަގުތަކީ ވެސް އަހަންނަށް ޖަޒުބާތީ ވަގުތުތަކެއް. މިއީ އަބަދުވެސް ހާއްސަވާނެ ކްލަބެއް. މި ފަހަރު ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑާ އެއް ގްރޫޕެއްގައި އަހަރެމެން (ޔުވެންޓަސް) ލައްވާލި ހިސާބުން އަހަރެން ހަނދާނަށް އައީ މި ތަނުގައި ހޭދަކުރި އުފާވެރި ވަގުތުތަކާއި ހޯދި ކާމިޔާބީތައް،" މިރޭގެ މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ ބުންޏެވެ. "އަބަދުވެސް މި ޓީމުގެ ސަޕޯޓަރުންނާއި އެލެކްސް ފާގަސަން އަށް އަހަރެން ޝުކުރުވެރިވާނަން."
އޭނާ ބުނީ މި ވަގުތު ޔުވެންޓަސްގައި ހުރެ އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ މެޗުން މޮޅުވުން ކަމަށެވެ.
"އަހަރެންނަކީ އަބަދުވެސް ޕްރޮފެޝަނަލްކޮށް ވިސްނާ މީޙެއް. މެޗަށް އެރުމަށް ފަހު އަހަރެންގެ ހުރިހާ ސަމާލުކަމެއް ހުންނާނީ ޔުވެންޓަސް މޮޅުކޮށްދޭން. މި މެޗު ވަރަށް އުނދަގޫވާނެ،" ރޮނާލްޑޯ ބުންޏެވެ.
ފާއިތުވި ހަފްތާގައި ރޮނާލްޑޯގެ މައްޗަށް އެމެރިކާގެ ކުރީގެ މޮޑެލް ކެތަރިން މަޔޯގާ ކުރި ރޭޕުގެ ތުހުމަތުގެ ތަހުގީގު އަލުން ވަނީ ފަށައިފަ އެވެ. ލަސް ވެގަސްގެ ހޮޓަލެއްގައި 2009 ވަނަ އަހަރުގެ ޖޫން މަހު އޭނާ ރޭޕްކުރި ކަމަށް މަޔޯގާ ކުރާ ތުހުމަތުތައް ރޮނާލްޑޯ ވަނީ އޭނާގެ ވަކީލުން މެދުވެރިކޮށް ދޮގުކޮށްފަ އެވެ.
ރޮނާލްޑޯ ވަނީ ރަސްމީކޮށް އެކަމާ ބެހޭގޮތުން ފުރަތަމަ ފަހަރަށް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގަ ވާހަކަ ދައްކައިފަ އެވެ.
"އަހަންނަށް އެނގޭ އަހަންނަކީ މިސާލެއްކަން. ދަނޑުމަތީގައި ވެސް ދަނޑު ބޭރުގައި ވެސް. އަހަންނަށް ތަފާތު ތުހުމަތުތައް ކުރެވޭ. އެކަމުގެ ސަބަބުތަކެއް ނޭނގެ. އަހަރެން މިހުރީ މާޔޫސްވެފައެއް ނޫން. މިހުރީ އުފަލުން ދަނޑުމަތީގައި އަހަރެންގެ މަސައްކަތުން ވެސް އެކަން ފެންނާނެ. އަހަރެންގެ ވަކީލުން ތި މައްސަލައިގެ ކަންތައްތައް ވަރަށް ރަނގަޅަށް ކުރިއަށް ގެންދާނެ. އަހަރެން އެ މީހުންނަށް ފުރިހަމަ އަށް އިތުބާރުކުރަން،" ރޮނާލްޑޯ ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޔުވެންޓަސް އަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގަށް ވާދަކުރާ ޓީމެއް ކަމަށާއި ރޮނާލްޑޯ އެ ޓީމުގައި ހުރުމުން އިތުރު ފުރިހަމަކަމެއް ލިބިފައިވާ ކަމަށެވެ.
މި މެޗަކީ ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް ވެސް ހާއްސަ މެޗެކެވެ. މީގެ ދެ އަހަރު ކުރިން ޕޮގްބާ ޔުނައިޓެޑާ ގުޅުނީ ޔުވެންޓަސް ދޫކޮށް އޭރު ދުނިޔޭގެ ރެކޯޑް އަގަކަށެވެ. މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮގްބާއާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ނޫސްވެރިން ކުރާތީ މޮރީނިއޯ ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
ޔުނައިޓެޑާއި ޔުވެންޓަސް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
ރޮނާލްޑޯގެ ލަނޑުތަކުން ޔުނައިޓެޑަށް މުހިއްމު ޕޮއިންޓެއް
ޔުވެންޓަސް މޮޅުވިއިރު ރޮނާލްޑޯ އަށް ރަތެއް
ރޮނާލްޑޯގެ ގޯލުން ޔުނައިޓެޑް, އެޓަލާންޓާ ބަލިކޮށްފި
ރޮނާލްޑޯއަކީ ޔުނައިޓެޑުގެ ނަސީބު، ޗެލްސީއަށް ނާކާމިޔާބު
އަގު ބޮޑު ރޮނާލްޑޯ ޔުނައިޓެޑަށް ދިޔައީ ކުޑަ އަގަކަށް
ޕީއެސްޖީ އާއި ޔުނައިޓެޑުން ރޮނާލްޑޯ ބޭނުމެއްނުވި
ނަތީޖާ އަނބުރާލަން ރޮނާލްޑޯ މުހިއްމު: ޕިރްލޯ
ރޮނާލްޑޯ އަށް ބާސެލޯނާ މެޗު ގެއްލިއްޖެ
ޔުވެންޓަސް އާއި ބާސެލޯނާ އެއް ގްރޫޕަކަށް
ރޮނާލްޑޯ ފިޓްކޮށް ހުރުމަކީ ސާރީ އަށް ހިތްހަމަޖެހުމެއް