12 މާޗް 2019
ޓިއުރިން (މާޗް 12) - ޗެމްޕިއަންސް ލީގުގައި ބޮޑެތި މެޗުތަކަށް ނުކުންނައިރު ޔުވެންޓަސްގެ ހަތިޔާރަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ ބުނެފި އެވެ.
ޓިއުރިން (މާޗް 12) - ޗެމްޕިއަންސް ލީގުގައި ބޮޑެތި މެޗުތަކަށް ނުކުންނައިރު ޔުވެންޓަސްގެ ހަތިޔާރަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ ބުނެފި އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ޔުވެންޓަސް ކޮޅަށް ނަތީޖާ އަނބުރާލަން ބަލާއިރު އެ ޓީމަށް އޮތީ އުނދަގޫ ޗެެލެންޖެކެވެ.
ފުރަތަމަ ލެގުގައި އެތުލެޓިކޯ ދަނޑުގައި ޔުވެންޓަސް ބަލިވީ 2-0 އިންނެވެ. މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދަން މިރޭ ކުޅޭ މެޗުން ޔުވެންޓަސް އަށް ވަނީ ތިން ލަނޑުގެ ތަފާތުން މޮޅުވަން މަޖުބޫރުވެފަ އެވެ. އެ ޓީމު 2-0 އިން މޮޅުވެއްޖެ ނަމަ، އެގްރިގޭޓް އެއްވަރުވެ ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެން ޖެހޭނެ އެވެ. އެ ނޫން ކޮންމެ ނަތީޖާއަކުން، ދެ ލަނޑުގެ ތަފާތެއް އަޔަސް ކުރި ލިބޭނީ އެތުލެޓިކޯ އަށެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގަށް އަމާޒުހިފާފައިވާ ޔުވެންޓަސްގެ ކޯޗު އަލެގްރީ ބުނީ މި ފަދަ ޗެލެންޖްތަކާ ކުރިމަތިލާއިރު މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިއާ ރޮނާލްޑޯ ޓީމުގައި ހުރުމުން ހިތްވަރު ލިބޭ ކަމަށެވެ.
"ރޮނާލްޑޯ އަށް އަދިވެސް ވަރަށް ގިނަ ގޯލުތަކެއް ޖެހިދާނެކަން އޭނަ އަންނަނީ ސާބިތުކޮށްދެމުން. މި ކަހަލަ މެޗުތަކުގައި ރޮނާލްޑޯ ވަނީ ތަފާތު ދައްކާފައި. އޭނާ ހުރީމަ މުޅި ޓީމަށް ހިތްވަރު ލިބޭ. އަހަރެމެންގެ ހަތިޔާރަކީ ރޮނާލްޑޯ،" މިރޭގެ މެޗުގެ ކުރިން އަލެގްރީ ބުންޏެވެ.
މިދިޔަ ހަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ރޮނާލްޑޯ ވަނީ މުބާރާތުގައި މިހާތަނަށް ޖުމްލަ 121 ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން 57 ގޯލަކީ ނޮކައުޓު ބުރުތަކުގައި ޖަހާފައިވާ ގޯލުތަކެވެ.
ޔުވެންޓަސްގެ ކޯޗު ޖިއޮޖިއޯ ކިއެލީނީ ބުނީ ރޮނާލްޑޯ އޭނާގެ ފެންވަރުގައި މިރޭ އެންމެ މޮޅު ކުޅުން ދައްކާނެ ކަމުގެ 200 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ.
އެތުލެޓިކޯއާ ދެކޮޅަށް މިހާތަނަށް ރޮނާލްޑޯ ކުޅުނު 31 މެޗުގައި އޭނާ ވަނީ 22 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރޭގައި 2016-2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ހެދި ހެޓްރިކް ވެސް ހިމެނެ އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގަ އެވެ. އެ ޓީމުން އަމާޒުހިފާފައިވަނީ މި އަހަރު އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ތަށި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އުފުލާލުމަށެވެ.
އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ޔުވެންޓަސް ކަހަލަ މުބާރާތެއްގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައި އޮތް ޓީމެއް ކަޓުވާލައިފިނަމަ އެތުލެޓިކޯ އަށް މުބާރާތުގައި ކުރިއަށް ދިއުމަށް ހިތްވަރު ލިބިގެންދާނެ ކަމަށާއި ފުރުސަތުގެ ބޭނުން ހިފަން މުޅި ޓީމު އޮތީ އެއް ރޫހެއްގައި ކަމަށެވެ.
ޔުވެންޓަސްގެ ވާހަކަ ދައްކާއިރު ހަމައެކަނި ރޮނާލްޑޯ އަށް ސަމާލުކަން ދީފިނަމަ އޭގެ އިން އެތުލެޓިކޯ އަށް ވާނީ ގެއްލުން ކަމަށާއި ޔުވެންޓަސް އަކީ މޮޅެތި ކުޅުންތެރިން ގިނައިން ތިބި ޓީމެއް ކަން ގަބޫލުކުރަން ޖެހޭ ކަމަށް ސިމިއޯނީ ވަނީ ބުނެފަ އެވެ.
މިހާރު ޔުވެންޓަސްގެ ތަފާތަކީ ރޮނާލްޑޯ: އަލެގްރީ
ރޮނާލްޑޯގެ ލަނޑުތަކުން ޔުނައިޓެޑަށް މުހިއްމު ޕޮއިންޓެއް
ނަތީޖާ އަނބުރާލަން ރޮނާލްޑޯ މުހިއްމު: ޕިރްލޯ
ރޮނާލްޑޯ އަށް ބާސެލޯނާ މެޗު ގެއްލިއްޖެ
ޔުވެންޓަސް އާއި ބާސެލޯނާ އެއް ގްރޫޕަކަށް
ރޮނާލްޑޯ ފިޓްކޮށް ހުރުމަކީ ސާރީ އަށް ހިތްހަމަޖެހުމެއް
ކުއާޓާ ފައިނަލުގައި ރޮނާލްޑޯ ރެއާލާ ދެކޮޅަށް؟
ރޮނާލްޑޯ ހުއްޓުވަން ޕްލޭނެއް ނެތް: ގާސިއާ
ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނެތް: ސާރީ
"އިދިކޮޅު ޓީމުގައި ރޮނާލްޑޯ ހުރުމުން ޖެހިލުންވޭ"