14 އެޕްރީލް 2022
މެޑްރިޑް (14 އޭޕްރީލް) - އެތުލެޓިކޯ މެޑްރިޑް ކުޅޭ ސްޓައިލަށް އޭނާ ދުވަހަކު ވެސް ފާޑު ނުކިޔާކަމަށް، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މެޑްރިޑް (14 އޭޕްރީލް) - އެތުލެޓިކޯ މެޑްރިޑް ކުޅޭ ސްޓައިލަށް އޭނާ ދުވަހަކު ވެސް ފާޑު ނުކިޔާކަމަށް، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެތުލެޓިކޯ ބަލިކޮށް، ސިޓީން ވަނީ ސެމީ އަށް ރޭ ދަތުރުކޮށްފަ އެވެ. ސިޓީން ސެމީގެ ޖާގަ ކަށަވަރު ކުރީ ފުރަތަމަ ލެގްގައި އިއްތިހާދު ސްޓޭޑިއަމްގައި ޖެހި ލަނޑުންނެވެ.
އެމެޗަށް ފަހު ގާޑިއޯލާ ބުނީ އެތުލެޓކޯ އެ ކުޅޭ ގޮތަށް ކުޅުމަކީ އެހެން ޓީމުތަކަށް މާ ކުރިން ފެށިގެން އުނދަގޫވާ ކަމެއް ކަމަށެވެ. އެމެޗުގައި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ކުޅުވީ ފަސް ޑިފެންޑަރުންގެ ދެ ލައިން ހިމެނޭ ގޮތަށެވެ. ރޭ ގެ މެޗަށް ފަހު ގާޑިއޯލާ ބުނީ ސިމިއޯނީ އާމެދު ރަނގަޅު ނޫން އެއް ވެސް ބަހެއް އޭނާގެ ނެތް ކަމަށެވެ.
"އޭނާ އަށް އޭނާ ބޭނުންވާ ގޮތަކަށް ޓީމު ލައްވައި ކުޅުވޭނެ. އަހަރެން ބުނިހާ ވެސް އެއްޗަކީ އެއީ އުނދަގޫ ކަމެކޭ އެގޮތަށް ކުޅޭ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ،" ގާޑިއޯލާ ބުންޏެވެ. "ދުނިޔޭގެ އެހެން ޓީމަކަށް ވުރެ މާ ރަނގަޅަށް އެސްޓައިލްގައި އެމީހުން ކުޅޭނެ."
ގާޑިއޯލާގެ ފަރާތުން އެތުލެޓިކޯ އަށް އިހްތިރާމް ނުކުރާކަން ފާހަގަ ކުރެވޭތޯ ސުވާލު ކުރުމުން ސިމިއޯނީ ބުނި ގޮތުގައި އޭނާގެ ޓީމާ ބެހޭގޮތުން މީހަކު ރަނގަޅަށް ނުވަތަ ގޯސްކޮށް ވާހަކަ ދެއްކިނަމަވެސް އެކަމާ އެއްޗެއް ބުނަންޖެހޭ ކަމަށް އޭނާ ނުދެކެ އެވެ.
މެޑްރިޑްގެ ވަންޑާ މެޓްރޯޕޮލިޓާނޯގައި ކުޅުނު މެޗުގައި ރޭ ސިޓީން މަސައްކަތް ކުރީ ފުރަތަމަ ލެގްގައި އެޓީމަށް ލިބިފައި އޮތް ލީޑް ހިފެހެއްޓުމަށެވެ. ގާޑިއޯލާ ބުނީ އެނޫން ގޮތެއް އޭނާގެ ޓީމަށް ރޭ ނެތް ކަމަށެވެ.
"އެތުލެޓިކޯ ފެނުނީ ވަރަށް ރަނގަޅަށް ކުޅޭތަން،" ގާޑިއޯލާ ބުންޏެވެ.
"އަހަރެން އެއްގޮތަކަށް ވެސް އެ ގޮތަކަށް ކުޅޭކަށް ލޯތްބެއް ނުކުރަން އެކަމަކު މި ޓީމު [އެތުލެޓިކޯ] އެމީހުންގެ ފަހަތުގައި ތިބި ސަޕޯޓަރުންނާ އެކު އެޓީމުން ވަނީ ހުއްޓުމެއް ނެތި އެގޮތުގައި ކުޅެފަ. އަހަރެން ހަމައެކަނި ބުނީ ޓީމެއް އެސްޓައިލްގައި ވަރަށް ރަނގަޅަށް ކުޅޭއިރު ވަރަށް އުނދަގޫ ކަމަކަށް ވާނެ އެޓީމާ ދެކޮޅަށް ކުޅެން.
""އޮޅުވާނުލާ، އަހަރެން ދުވަހަކުވެސް އެތުލެޓިކޯއަށް ފާޑުނުކިޔަން. އެޓީމުން އަހަރެމެން ފަހަތަށް ޖައްސައިލި. އަހަރެމެން ހަނދާން ނެތުނީ ކުޅޭނެ ގޮތް ވެސް. އެމީހުންނަށް އެކްރެޑިޓް ހައްގު. ދެވަނަ ހާފުގައި އަހަރެމެން އުޅުނީ ބޮޑު، ބޮޑު އުނދަގުލެއްގެ ތެރޭގައި. އެ ޓީމަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސް ކުރި."
މެޗު ފަހު ކަށިގަނޑަށްފަހު ދަނޑުގެ ކަނުގައި އެތުލެޓިކޯގެ ކުޅުންތެރިންނާއި ސިޓީގެ ކުޅުންތެރިންނާ ކުރިމަތިލުމެއް ހިނގި އެވެ. އަދި އޭގެ ފަހުން މެޗު ނިންމާފައި ޑްރެސިން ރޫމަށް ދަމުން ޓަނަލްތެރޭގައި ވެސް ކުރިމަތިލުމެއް ހިނގައި ފުލުހުންނަށް އެކަން ހުއްޓުވަން ޖެހުނެވެ. އެހާދިސާ އާ ބެހޭގޮތުން ވާހަކަ ދައްކާކަކަށް ގާޑިއޯލާ ބޭނުމެއް ނުވި އެވެ. ސިމިއޯނީ ބުނީ އޭނާ އަށް އެކަންކަން ރަނގަޅަށް ނުފެންނަ ކަމަށެވެ.
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި
އަބަދު އެއްގޮތަކަށް ކުޅުވަން ފޫހިވޭ: ގާޑިއޯލާ
ސިޓީ އާއި ރެއާލްގެ ކޯޗު ވެސް ހިތްހަމަ ޖެހިފައި
ވިދިވިދިގެން ރެއާލް ބަލިކުރުމަކީ ނާދިރު ކަމެއް
ޕެނަލްޓީ ބަލާލާނެ ހިތްވަރު ސިމިއޯނީއަށް ނުލިބުނު
ހާލަންޑަށް ރެކޯޑް، ގާޑިއޯލާގެ އުފާވެރިކަން ބިލިއަނަކަށް
ދެވަނަ ބުރުގެ ޖާގަ ފުރަތަމަ ހޯދީ ސިޓީ އާއި ލައިޕްޒިގް
ހާލަންޑް ފެއިލް ކޮށްލަން ބަޔަކު ބޭނުންވޭ: ގާޑިއޯލާ
އާޓިފިޝަލް ވިނައިގައި ކުޅެންޖެހޭތީ ގާޑިއޯލާ ފާޑުކިިޔައިފި
އެތުލެޓިކޯއާ އެއްވަރުކުރަން ގޯލު ޖެހީ ލާޒިއޯގެ ކީޕަރު