Roadha Mihaaru
ވިދިވިދިގެން ރެއާލް ބަލިކުރުމަކީ ނާދިރު ކަމެއް

ވިދިވިދިގެން ރެއާލް ބަލިކުރުމަކީ ނާދިރު ކަމެއް: ގާޑިއޯލާ

09 އެޕްރީލް 2024

މެޑްރިޑް (އޭޕްރީލް 9) – ވިދިވިދިގެން ދެފަހަރު ރެއާލް މެޑްރިޑް ބަލިކުރުމަކީ ގާތްގަނޑަކަށް ވުމަށް ވުރެ ނުވާނެ ކަމެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މެޑްރިޑް (އޭޕްރީލް 9) – ވިދިވިދިގެން ދެފަހަރު ރެއާލް މެޑްރިޑް ބަލިކުރުމަކީ ގާތްގަނޑަކަށް ވުމަށް ވުރެ ނުވާނެ ކަމެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ދެވަނަ ބުރުގައި މިރޭ، ރެއާލްގެ ސެންޓިއާގޯ ބެރްނަބުއޭގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ނުކުންނާނެ އެވެ.

މިދިޔަ އަހަރު މުބާރާތުގެ ފައިނަލަށް ސިޓީ ދަތުރުކުރީ ސެމީ ފައިނަލުގައި 5-1 ގެ އެގްރިގޭޓް ނަތީޖާއިން ރެއާލް ބަލި ކުރުމަށް ފަހު އެވެ.

މިރޭ ކުޅޭ މެޗުގެ ކުރިން، ގާޑިއޯލާ ބުނީ މިދިޔަ އަހަރު އެ ޓީމު ބަލި ކުރެވުނު ގޮތަށް މި އަހަރު ބަލި ނުކުރެވޭނެ ކަމަށެވެ.

"އެކަހަލަ ގޮތަކަށް [މިދިޔަ އަހަރު ބަލި ކުރި ގޮތަށް] ދެ ފަހަރު ރެއާލް މެޑްރިޑް ބަލިކުރުމަކީ ގާތްގަނޑަކަށް ނާދިރު ކަމެއް،" ގާޑިއޯލާ ބުންޏެވެ.

"އެ ޓީމު އެއްފަހަރު ބަލި ކުރުން ވެސް އެއީ އުނދަގޫ ކަމެއް. ދެން ވިސްނާލާ ވިދިވިދިގެން ދެ ފަހަރު އެ ޓީމު ބަލިކުރަން އުނދަގޫވާނެ ވަރު،"

ގާޑިއޯލާ ބުނީ މިދިޔަ އަހަރުގެ އޮތް ރެއާލްގައި އޮތް ސްކޮޑަށް މިދިޔަ އަހަރު އާ ކުޅުންތެރިން އިތުރު ވެފައިވުމުން އެ ޓީމުން ކުޅުން ރަނގަޅު ކަމަށެވެ.

ހާއްސަކޮށް އިންގްލެންޑްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޖޫޑެ ބެލިންހަމް، ރެއާލްގެ ޓީމަށް އިތުރުވުމުން އެ ޓީމުގެ ކުޅުން ވަރުގަދަ ވި ކަމަށެވެ.

"މިދިޔަ އަހަރަށް ވުރެ މި އަހަރު ބެލިހަމް ރަނގަޅު. އެ ޓީމުގެ ޓްރާންސިޝަންތައް ރަނގަޅުވި މިންވަރު. ބެލިހަމް އާއި ރޮޑްރީގޯ އަދި ވިނީޝިއުސް ގުޅިގެން ކުޅޭ ގޭމް ކިހާ ނުރައްކާ،"