11 ޖޫން 2023
އިންސތަންބޫލް (ޖޫން 11) - އިންޓަ މިލާންގެ މައްޗަށް 1-0 ން މޮޅުވެ، ޕެޕް ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން މެންޗެސްޓާ ސިޓީން ސީޒަންގެ ބޮޑު ތިން މުބާރާތް ކާމިޔާބުކޮށް، ފުޓްބޯޅައިގެ ރަސްކަން ފަތަހަކޮށްފި އެވެ.
އިންސތަންބޫލް (ޖޫން 11) - އިންޓަ މިލާންގެ މައްޗަށް 1-0 ން މޮޅުވެ، ޕެޕް ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން މެންޗެސްޓާ ސިޓީން ސީޒަންގެ ބޮޑު ތިން މުބާރާތް ކާމިޔާބުކޮށް، ފުޓްބޯޅައިގެ ރަސްކަން ފަތަހަކޮށްފި އެވެ.
ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން، އޭނާ ވަނީ މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު އެފްއޭ ކަޕް ކުރިން ހޯދައިފަ އެވެ. މިރޭ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ދިނުމުން އޭނާ ވަނީ މީގެ ކުރިން އެހެން ކޯޗަކަށް ހާސިލު ނުކުރެވި އޮތް ކާމިޔާބެއް ހާސިލުކޮށްފަ އެވެ.
ދެ ކްލަބެއްގައި ސީޒަންގެ ބޮޑު ތިން މުބާރާތް ކާމިޔާބު ކުރި ހަމައެކަނި ކޯޗަކީ ގާޑިއޯލާ އެވެ. އޭނާ ކުރިން ވަނީ އޭނާގެ ކުރީގެ ކްލަވް ބާސެލޯނާ އާ އެކު އެ ކާމިޔާބު ހޯދައިފަ އެވެ. ސިޓީ އާ އެކު މިރޭ ހޯދި ކާމިޔާބާ އެކު ސްޕެއިންގެ މީޑިއާތަކުން ސިފަ ކުރި ގޮތުގައި ގާޑިއޯލާ އަށް ފުޓްބޯޅައިގެ ރަސްކަން ފަތަހަ ވެފަ އެވެ.
ތުރުކީގެ އިސްތަންބޫލްގެ އަތާތުރުކް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗު ވީ ވަރަށް އިންޓެންސް ހައި މެޗަކަށެވެ. ފުރަތަމަ ހާފު ލަނޑެއް ނުވަދެ ނިމިގެން ދިޔަސް، ސިޓީން ވިއްދައިގެން ކުޅެ ނުރައްކާ ކުރި އެވެ.
އިންޓަގެ ފަރާތުން ވެސް ސިޓީ އަށް ބާރު ބޮޑު ކުރި އެވެ. މެޗުގެ ހަމައެކަނި ލަނޑު ސިޓީ އަށް ޖަހައި ދިނީ ރޮޑްރީ ހެނާންޑޭޒް އެވެ.
ގާޑިއޯލާ ބުނީ ފަރަގު ކުޑަ ނަތީޖާ އަކުން މޮޅުވާން ވެސް ބޭނުން ވަނީ ނަސީބު ކަމަށެވެ.
"އަހަރެމެންނަށް މި ސީޒަންގައި މި ކާމިޔާބު ލިބުނީ އެކަން އެގޮތަށް ލިޔުއްވާފަ އޮތީމަ. އަދި އަހަރެމެން އެކަން ކޮށްފިން،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ޗެމްޕިއަންސް ލީގަކީ ހޯދަން އުނދަގޫ ތައްޓެއް ކަމަށެވެ. އެ ކާމިޔާބު ހޯދަން ވަރަށް ބުރަކޮށް އޭނާ އާއި ޓީމަށް މަސައްކަތް ކުރެވިއްޖެ ކަމަށެވެ.
"އަހަރެން ވަރުބަލި ވެއްޖެ. އަހަރެން މިހުރީ ހަމަޖެހިލައިގެން އަދި އުފަލުން. މި ތަށި ހޯދަން އެހާ އުނދަގޫ. އުނދަގޫވާނެކަން ވެސް އަހަރެމެންނަށް އެނގުނު. އުނދަގޫވުން އެއީ ހަގީގަތުގައިވެސް ރަނގަޅު ކަމެއް. ފުރަތަމަ ހާފުގައި އަހަރެމެން ހާސްވެފައި ތިބި ނަމަވެސް އަހަރެން ބުނިން ކެތްތެރިވެގެން ކުޅެން."
ވިދިވިދިގެން ރެއާލް ބަލިކުރުމަކީ ނާދިރު ކަމެއް
ހާލަންޑަށް ރެކޯޑް، ގާޑިއޯލާގެ އުފާވެރިކަން ބިލިއަނަކަށް
އާޓިފިޝަލް ވިނައިގައި ކުޅެންޖެހޭތީ ގާޑިއޯލާ ފާޑުކިިޔައިފި
އެހެން މީހަކަށް ނުކުރެވުނު ކަމެއް: ގާޑިއޯލާއަށް ވާނެތަ
ސިޓީ އިން ބެޔާން އުނދަގޫ ހާލަތަކަށް ވައްޓާލައިފި
ގާޑިއޯލާއަށް ފަހުވެސް ސިޓީ ގޮތުގައި ކުރިއަށްދާނެ
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
އިންގްލެންޑްގެ މަގާމަށް ދިއުމަކީ ވެދާނެކަމެއް: ގާޑިއޯލާ
ސިޓީ އަށް އިންޓަގެ ގޯލު ހުޅުވާލެވޭ ގޮތެއް ނުވި
ސިޓީގައި ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ގާޑިއޯލާ