މެންޗެސްޓާ ސިޓީގެ ސްކޮޑުން ކުޅުންތެރިންގެ އަދަދު ދަށް ކުރަން ޖެހޭ ކަމަށާއި އެކަން ނުކުރާނަމަ އޭނާ ޓީމުން ވަކިވާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
22 މެއި 2025
މެންޗެސްޓާ ސިޓީގެ ސްކޮޑުން ކުޅުންތެރިންގެ އަދަދު ދަށް ކުރަން ޖެހޭ ކަމަށާއި އެކަން ނުކުރާނަމަ އޭނާ ޓީމުން ވަކިވާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އަންގާރަ ދުވަހުގެ ރޭ ބޯންމައުތު އަތުން 3-1 އިން ސިޓީ މޮޅުވި މެޗުގައި ސިޓީގެ އަބްދުލް ގާދިރު ހުސަނޯވް، ސަވީނިއޯ، ޖޭމްސް މެކާތީ އަދި ރީކޯ ލުވިސް ތިބެން ޖެހުނީ ދަނޑު ބޭރުގަ އެވެ. ސިޓީ ތާވަލުގެ ތިން ވަނަ މަގާމަށް ޖެހިލީ އެ ކުޅުންތެރިންގެ އެއްވެސް ހިއްސާއެއް ނެތި އެވެ.
މެޗަށް ފަހު ގާޑިއޯލާ ބުނީ ހައެއްކަ ކުޅުންތެރިން އެއްވެސް ކަމެއް ނުކޮށް ބައިތިއްބަން އޭނާ ބޭނުން ނުވާ ކަމަށެވެ.
"އެހެންވެ އަހަރެން ކްލަބްގައި ބުނެފިން ސްކޮޑްގެ އަދަދު ދަށް ކުރަން،" ގާޑިއޯލާ ބުންޏެވެ.
"އަހަރެން ބޭނުމެއް ނޫން ފަސް ހަ ކުޅުންތެރިން ފްރީޒްކޮށްފައި ބައިތިއްބާކަށް. އަހަރެން ވަކި ވާނަން (އެހެން ނޫނީ) ސްކޮޑްގެ އަދަދު ދަށް ކުރަން ޖެހޭނީ."
ދަނޑު ބޭރުގައި މެޗު ބަލަން ތިބި ކުޅުންތެރިންނަކީ ސިޓީގެ ސްކޮޑަށް ގާޑިއޯލާ ބޭނުން ވެގެން އެންމެ ފަހުން އިތުރު ކުރި ކުޅުންތެރިންނެވެ. މިދިޔަ ޖެނުއަރީ ޓްރާންސްފާ ޕީރިއަޑްގައި ވެސް ހަތަރު ކުޅުންތެރިން ސޮއި ކުރުވަން ސިޓީން 200 މިލިއަން ޕައުންޑް ހޭދަ ކުރި އެވެ. އެއީ މި ސީޒަނުގައި އެ ޓީމުގެ މުހިންމު ކުޅުންތެރިންނަށް އަނިޔާވުމުން އެ މަގާމުތައް ފޫބެއްދުމަށް ސިޓީން ކުރި ހޭދައެކެވެ. އަނިޔާގެ މައްސަލަތަކުން އަރައިގަނެ ސިޓީ ވެސް ވަނީ ހަމަޔަކަށް އެޅިފަ އެވެ.
މިހާރު ގާޑިއޯލާ ދައްކަނީ އެ ކުޅުންތެރިން ޓީމުން ދޫކޮށްލަން ޖެހޭ ވާހަކަ އެވެ.
"ސްކޮޑްގެ އަދަދު ދަށް ކުރޭ. އޭރުން އަހަރެން މަގާމުގައި ހުންނާނީ،" ގާޑިއޯލާ ބުންޏެވެ.
"އަހަރެންގެ ނަފުސަށް ކެތްވާނެ ކަމެއް ނޫން އަހަރެންގެ ކުޅުންތެރިން ދަނޑު ބޭރުގައި ބަލަން ތިބުން. އެންމެ ފަހުން ސްކޮޑަށް އިތުރު ކުރި ކުޅުންތެރިންނަށް އެކަން ދިމާވެއްޖެ."
ހަތަރު ވަނަ ހޯދުނަސް ވާނީ ބޮޑު ކާމިޔާބަކަށް: ގާޑިއޯލާ
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
ޗެމްޕިއަންސް ލީގަށް ސިޓީ ކޮލިފައި ނުވެދާނެ: ގާޑިއޯލާ
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
ސިޓީގައި ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ގާޑިއޯލާ
136 އަހަރުންވެސް ނުވިކަމެއް، ސިޓީން މިއަދު ކުރާނެ!
ހަމަޖެހޭ، ތައްޓަކީ އަހަރެމެންގެ އެއްޗެއް: ގާޑިއޯލާ
ސިޓީން ކުޅުނީ އެންމެ ހާފެއްގައި، ގާޑިއޯލާ ނުރުހިއްޖެ
ޕިއްޒާ ނުކާތި، ބަރުދަން ލުއިކުރޭ: ގާޑިއޯލާގެ އުސޫލު
ޗެމްޕިއަންސް ލީގުގެ ޖާގަ ވެސް ސިޓީއަށް ގެއްލިދާނެ