19 މެއި 2024
އިނގިރޭސި ލީގު ތައާރަފު ކުރިތާ 136 އަހަރު ވީ އިރު ވެސް، އެއްވެސް ޓީމަކަށް އެ ލީގު ވިދިވިދިގެން ހަތަރު ފަހަރު ހޯދިފައެއް ނެތެވެ. މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، އާސެނަލް އަދި ހަޑާސްފީލްޑް ޓައުނުން ވަނީ ވިދިވިދިގެން ތިން ފަހަރު އިނގިރޭސި ލީގު ކާމިޔާބުކޮށްފަ އެވެ. އެކަމަކު އެއިން ޓީމަކަށް ވެސް ވިދިވިދިގެން ހަތަރު ފަހަރު ލީގު ހޯދިފައެއް ނެތެވެ.
އިނގިރޭސި ލީގު ތައާރަފު ކުރިތާ 136 އަހަރު ވީ އިރު ވެސް، އެއްވެސް ޓީމަކަށް އެ ލީގު ވިދިވިދިގެން ހަތަރު ފަހަރު ހޯދިފައެއް ނެތެވެ. މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، އާސެނަލް އަދި ހަޑާސްފީލްޑް ޓައުނުން ވަނީ ވިދިވިދިގެން ތިން ފަހަރު އިނގިރޭސި ލީގު ކާމިޔާބުކޮށްފަ އެވެ. އެކަމަކު އެއިން ޓީމަކަށް ވެސް ވިދިވިދިގެން ހަތަރު ފަހަރު ލީގު ހޯދިފައެއް ނެތެވެ.
އިނގިރޭސި ލީގުގެ މިދިޔަ ތިން އަހަރުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މިއަދު ނުކުންނާނީ އެ ތާރީހް ބަދަލުކުރުމަށެވެ. ވޭސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން، އެ ރެކޯޑް ސިޓީ އަށް މުގުރާލެވޭނެ އެވެ.
އެ ކާމިޔާބު ހޯދިއްޖެނަމަ، އެއީ ޒަމާނީ ފުޓްބޯޅަ ސްޓައިލްގެ މާސްޓާ މައިންޑް ކޯޗު ޖޯސެފް [ޕެޕް] ގާޑިއޯލާ އަށް އޭނާގެ ހަޔާތުގައި ވެސް ލިބޭނެ އެންމެ ބޮޑު ކާމިޔާބަށް ވާނެ ކަމަށް ބާސެލޯނާ އާއި ބެޔާން މިޔުނިކްގައި ވެސް ކާމިޔާބު ހޯދި ގާޑިއޯލާ ދެކެ އެވެ.
އެކަމަކު، އެ ކާމިޔާބަކީ އެހާ ފަސޭހައިން ހޯދޭނެ ކާމިޔާބެއްކަމަކަށް އޭނާ ނުދެކެ އެވެ. އޭނާ ބުނީ ޓީމުގެ ކުޅުންތެރިން ވެސް ދެކެނީ އެގޮތަށް ކަމަށެވެ.
“އަހަންނަށް އެނގޭ އަހަރެން މި ބައްދަލު ކުރަނީ ކޮން ކަމަކަށްކަން. އެމީހުން [ކުޅުންތެރިން] އެހާ ސަމާލުކަން ދޭނެކަން، ތަމްރީނުތަކުގައި ވެސް އެމީހުން ސަމާލުކަން ދޭނެކަން އެނގޭތީ، އެންމެންނަށް ވެސް އެނގޭ އަހަރެމެން މި ކުޅެނީ ކޮން ކަމެއް ހާސިލުކުރަން ކަން،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ވިދިވިގެން ހަތަރު ފަހަރު ލީގު ހޯދުމަކީ، އޭނާގެ މިހާރުގެ ސްކޮޑަށް މީގެ ފަހުން ދެން ނުލިބިދާނެ ފުރުސަތެއް ކަމަށެވެ.
"އެ ފުރުސަތު މިއަދު ލިބިފައި އޮތީތީ، އެކަން ހާސިލު ކުރަން އުފަލާ އެކު މަސައްކަތް ކުރަން ޖެހޭނެ، މެޗުގެ 95، 96، 97 މިނެޓް ތެރޭގައި ކުރަން ޖެހޭ ކަންތައްތަކާ މެދު ވިސްނަން ޖެހޭނެ."
ސިޓީ އަށް އަމިއްލަ ބާރުގައި އެކަން ކުރެވެން އެބައޮތެވެ. އެކަމަކު ބާރު ގެއްލޭނީ މެޗުން ބަލިވާ ހިސާބުންނެވެ.، އަދި އާސެނަލް ވެސް އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެންނެވެ.
ގާޑިއޯލާގެ ކުރީގެ އެސިސްޓެންޓް ކޯޗު މިކެލް އާޓެޓާގެ އާސެނަލް އަށް ލީގު ލިބެން އޮތް ގޮތަކީ އެއީ އެވެ.
އެކަމަކު ސިޓީ އޮތީ އެއަށް ވުރެ މާ ވަރުގަދަ ރޫހެއްގައި ކަމަށް ގާޑީއޯލާ ބުންޏެވެ. އޭނާ ބުނީ މި ސީޒަންގައި އެ ޓީމުގައި އޮތް ފެންވަރު، ދެން އެހެން ކުޅުންތެރިންތަކަކަށް ފޫބައްދަން އުންދަގޫ ވާނެ ކަމަށެވެ. ޓީމުގެ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް އިހުތިރާމު ކުރާ ވަރު ގާޑިއޯލާ ފާހަގަ ކުރި އެވެ.
އެންމެ ފަހުން ކުޅުނު މެޗުގައި، ޓޮޓްނަމް ހޮޓްސްޕާސް ކޮޅަށް އާލިންގް ހާލަންޑް ލަނޑު ޖެހުމުން ކުޅެން ފުރުސަތު ނުލިބޭ ކުޅުންތެރިން ވެސް އުފާފާޅު ކުރި ކަމަށް ގާޑިއޯލާ ބުންޏެވެ.
ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި މިއަދުގެ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ އަށެއް ޖަހާއިރު އެވެ. ހަމަ އެގަޑީގައި އާސެނަލް ވެސް އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅޭނެ އެވެ.
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
ސިޓީގައި ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ގާޑިއޯލާ
ހަމަޖެހޭ، ތައްޓަކީ އަހަރެމެންގެ އެއްޗެއް: ގާޑިއޯލާ
ސިޓީން ކުޅުނީ އެންމެ ހާފެއްގައި، ގާޑިއޯލާ ނުރުހިއްޖެ
ޕިއްޒާ ނުކާތި، ބަރުދަން ލުއިކުރޭ: ގާޑިއޯލާގެ އުސޫލު
އިންގްލެންޑްގެ މަގާމަށް ދިއުމަކީ ވެދާނެކަމެއް: ގާޑިއޯލާ
ވަގުތަށް ފަރުވާތެރި ނުވާތީ ސިޓީ މިލިއަނުން ޖޫރިމަނާ
ޕްރިމިއާ ލީގާ ދެކޮޅަށް ސިޓީން މައްސަލަ ހުށަހަޅައިފި
އިންގްލެންޑަށް ކާމިޔާބު ވާނެ، ސިޓީއާ ދާދި އެއްގޮތް
ވައިޓްގެ "ސިއްރު އުކުޅުން" އާސެނަލް އެއްވަނައިގައި