05 އެޕްރީލް 2022
މެންޗެސްޓާ (އޭޕްރީލް 5) - އަބަދު އެއްގޮތަކަށް ކުޅުވަން ފޫހިވާ ކަމަށާއި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި އާ ސްޓައިލެއް ފެންނާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މެންޗެސްޓާ (އޭޕްރީލް 5) - އަބަދު އެއްގޮތަކަށް ކުޅުވަން ފޫހިވާ ކަމަށާއި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި އާ ސްޓައިލެއް ފެންނާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ އެތުލެޓިކޯއާ ދެކޮޅަށް އިއްތިހާދު ސްޓޭޑިއަމްގައި ސިޓީ ނުކުންނާނެ އެވެ. އެ މުބާރާތުގެ ތަށި ހޯދުމުގައި ގާޑިއޯލާ އަށް ކާމިޔާބު ނުހޯދޭތީ އޭނާ އަށް ފާޑު ކިޔުން އަމާޒުވެ އެވެ. ޑޮމެސްޓިކް ލީގުގައި ޓީމު ކުޅުވާ ގޮތާއި ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުވާ ސްޓައިލް ތަފާތެވެ.
"ޗެމްޕިއަންސް ލީގުގެ މެޗާ ކުރިމަތިލާއިރު އަހަންނަށް އަބަދުވެސް މާ ގިނައިން ވިސްނޭ. އަހަރެން އަބަދުވެސް އާ ޓެކްޓިކްތަކާއި އާ ހިޔާލުތައް އުފެއްދޭތޯ ބަލަން ޗެމްޕިއަންސް ލީގުގައި،" އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ގާޑިއޯލާ ބުންޏެވެ. "މާދަމާ (މިރޭ) ގެ މެޗުގައި އާ ކަންތައްތަކެއް ފެންނާނެ. ޗެމްޕިއަންސް ލީގުގައި އަހަރެން ވަރަށް ގިނައިން ވިސްނަން. އެހެންވެ ޗެމްޕިއަންސް ލީގުގައި އަހަންނަށް ރަނގަޅު ނަތީޖާތަކެއް ނެރެވިފައި ވަނީ.
"ޗެމްޕިއަންސް ލީގުގައި ކުޅެވިފައި ހުރި ސްޓައިލްތައް އަހަންނަށް ވަރަށް ކަމުދޭ. އަބަދު އެއްގޮތަކަށް ގޭމް ކުޅުވާ ނަމަ އަހަރެން ވަރަށް ފޫހިވޭ. އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ ސްޓައިލް އާއި ލިވަޕޫލާ ދެކޮޅަށް އަހަރެމެން ކުޅޭ ސްޓައިލް ވެސް އެއްގޮތް ވާނެ ކަމަށް މީހުން ގަބޫލު ކުރާ ނަމަ އަހަންނަށް ހިއެއް ނުވޭ އެއީ ރަނގަޅު ކަމެއްހެން. ޝައުގުވެރިވާ ގޮތެއް ނޫން އަބަދު އެއްގޮތަކަށް ކުޅުވުން. ލިވަޕޫލް ކުޅޭ ގޮތް އެތުލެޓިކޯއާ ތަފާތު. ހާއްސަކޮށް ދެ ޓީމުގެ ކުޅުންތެރިން ތަފާތު."
އާ ޓެކްޓިކްސްއެއް ބޭނުންކޮށްގެން ބަލިވެއްޖެ ނަމަ އެކަމުގެ ޒިންމާ ނަގާނީ އޭނާ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އެކަމަކު މިރޭ ނުކުންނާނީ އަމިއްލަ އަށް ހިތްވަރު ލިބި ތަފާތު ޓެކްޓިކްސްއަކާ އެކު މޮޅުވުމުގެ ރޫހުގައި ކަމަށް ގާޑިއޯލާ ބުންޏެވެ.
ސިޓީ އާއި އެތުލެޓިކޯ ކުޅޭ މެޗު ފަށާނީ، ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ. ހަމަ އެގަޑީގައި ލިވަޕޫލާއި ބެންފީކާ ކުޅޭ މެޗު ވެސް އޮންނާނެ އެވެ.
ދުވަހަކު ވެސް އެތުލެޓިކޯގެ ސްޓައިލަށް ފާޑެއް ނުކިޔަން
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި
ސިޓީ އާއި ރެއާލްގެ ކޯޗު ވެސް ހިތްހަމަ ޖެހިފައި
ވިދިވިދިގެން ރެއާލް ބަލިކުރުމަކީ ނާދިރު ކަމެއް
ހާލަންޑަށް ރެކޯޑް، ގާޑިއޯލާގެ އުފާވެރިކަން ބިލިއަނަކަށް
ދެވަނަ ބުރުގެ ޖާގަ ފުރަތަމަ ހޯދީ ސިޓީ އާއި ލައިޕްޒިގް
ހާލަންޑް ފެއިލް ކޮށްލަން ބަޔަކު ބޭނުންވޭ: ގާޑިއޯލާ
އާޓިފިޝަލް ވިނައިގައި ކުޅެންޖެހޭތީ ގާޑިއޯލާ ފާޑުކިިޔައިފި
އެތުލެޓިކޯއާ އެއްވަރުކުރަން ގޯލު ޖެހީ ލާޒިއޯގެ ކީޕަރު
ސިޓީގެ ކާމިޔާބީގެ ސިއްރަކީ ޝެއިހް މަންސޫރު: ގާޑިއޯލާ