09 މެއި 2019
ޓިއުރިން (މެއި 9) – މި ސީޒަނަށް ފަހު ޔުވެންޓަސްގެ ކޯޗުކަމުން ވަކިވާން މަސިމިލިއާނޯ އެލެގްރީ ނިންމައިފި ކަމަށާއި ބަދަލުގައި އެ ޓީމާ ހަވާލުވާނީ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ކަމަށް އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
ޓިއުރިން (މެއި 9) – މި ސީޒަނަށް ފަހު ޔުވެންޓަސްގެ ކޯޗުކަމުން ވަކިވާން މަސިމިލިއާނޯ އެލެގްރީ ނިންމައިފި ކަމަށާއި ބަދަލުގައި އެ ޓީމާ ހަވާލުވާނީ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ކަމަށް އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
މި ނިންމުން ނިންމީ ޔުވެންޓަސްގެ ރައީސް އަންދްރޭ އަންޔެލީއާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ކަމަށްވެ އެވެ. މީގެ ފަސް އަހަރު ކުރިން ޔުވެންޓަސްއާ ހަވާލުވެ އެލެގްރީ އެ ޓީމަށް ޖެހިޖެހިގެން ފަސް ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބުކޮށްދިން ނަމަވެސް މައްސަލައަކީ ޔޫރަޕުގައި ކާމިޔާބެއް ނުހޯދުމެވެ. އެލެގްރީއާ އެކު އެ ޓީމު ޗެމްޕިއަންސް ލީގުގެ ދެ ފައިނަލުން ވަނީ ބަލިވެފަ އެވެ. މި ސީޒަނުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ގެނެސް ވަރުގަދަކުރި ނަމަވެސް ކުއާޓާ ފައިނަލުން އަޔަކްސް އަތުން ބަލިވެ ކެޓީ އެވެ.
ޔުވެންޓަސް އަށް ގެންނާނެ ކަމަށް ބެލެވޭ ކޮންޓޭ އަކީ އެ ޓީމުން މިހާރު ދަމަހައްޓަމުން އަންނަ ކާމިޔާބުގެ ސިލްސިލާ ފަށައިދިން ކޯޗެވެ. އެގޮތުން 2011 ގައި ހަވާލުވެ ޔުވެންޓަސްގައި ވަރުގަދަ ސްކޮޑެއް ބިނާކޮށް ޖެހިޖެހިގެން ތިން ސީޒަނުގައި ލީގު ކާމިޔާބުކޮށްދިނެވެ. އޭނާ 2014 ގައި ކުއްލި ގޮތަކަށް ޓީމު ދޫކޮށްލީ ޓްރާންސްފާ މައްސަލައިގައި ޑިރެކްޓަރުންނާ ހިޔާލުތަފާތުވެގެންނެވެ.
ކޮންޓޭ ފަހުން އިޓަލީ އާއި ޗެލްސީ އަށް ކޯޗުކޮށްދީ ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު މިވަގުތު ހުރީ ހުސްކޮށެވެ. އޭނާ ގެންދަން އޭއެސް ރޯމާ، އިންޓަ މިލާން އަދި އޭސީ މިލާނުން ވެސް މަސައްކަތްކުރެ އެވެ. އެކަމަކު ކޮންޓޭ ވަނީ ރޯމާއާ ހަވާލުވާނެކަމަށް ދާދި ފަހުން ބުނެފަ އެވެ. އޭނާ ބޭނުންވަނީ ސީރިއަސް ޕްރޮޖެކްޓެއް އޮތް ޓީމަކާ ހަވާލުވުމެވެ.
ޔުވެންޓަސް އިން ވަކިވުމަށް ފަހު އެލެގްރީ ހަވާލުވާނެ ކަމަށް ރިޕޯޓްތައް ބުނަނީ ޕީއެސްޖީއާ އެވެ. އެ ޓީމާ ހަވާލުވާނީ ހޯސޭ މޮރީނިއޯ ކަމަށް ވެސް ވާހަކަތައް ދެކެވެ އެވެ.
މިސީޒަނަށް ފަހު އެލެގްރީ ޔުވެންޓަސް ދޫކޮށްލަނީ: ރިޕޯޓް
ޔުވެންޓަސް މޮޅުވުމުން އެލެގްރީއަށް ގަބޫލުވެސް ނުކުރެވުނު
ރެއާލްގެ މަގާމު އެލެގްރީ ގަބޫލުކުރި ނަމަ ރަނގަޅުވީސް
އަލެގްރީގެ ތާރީހީ މޮޅާ އެކު ޔުވެންޓަސް ފަސް ވަނަ އަށް
މަނީ ލޯންޑްރިންގެ ތުހުމަތުގައި އެލެގްރީ ތަހްގީގަށް
ޕިރްލޯ ވަކިކޮށް، ޔުވެންޓަސް އިން އެލެގްރީ ގެންނަނީ
މިއީ ފުޓްބޯޅަ މެޗެއް، ހަނގުރާމައެއް ނޫން: ކޮންޓޭ
ޔުވެންޓަސްގެ ހަތިޔާރަކީ ރޮނާލްޑޯ: އަލެގްރީ
އެލެގްރީ ޔުވެންޓަސް ދޫކޮށްލާނެ: ގަލެއޯނޭ
މިހާރު ޔުވެންޓަސްގެ ތަފާތަކީ ރޮނާލްޑޯ: އަލެގްރީ