30 މެއި 2021
އެމްސްޓަޑަމް (30 މެއި) - ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނާ ބެހޭގޮތުން ނެދަލޭންޑްސްގެ ޑިފެންޑަރު މަޓިއަސް ޑި ލިޓް ދެއްކި ވާހަކަ އިން އޭނާ ހޫނު ފެނަށް ވެއްޓިއްޖެ އެވެ.
އެމްސްޓަޑަމް (30 މެއި) - ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނާ ބެހޭގޮތުން ނެދަލޭންޑްސްގެ ޑިފެންޑަރު މަޓިއަސް ޑި ލިޓް ދެއްކި ވާހަކަ އިން އޭނާ ހޫނު ފެނަށް ވެއްޓިއްޖެ އެވެ.
އީއެއެސްޕީއެން ނެދާލޭންޑްސް އަށް އިއްޔެ ދިން އިންޓަވިއުގައި ޑި ލިޓް ބުނީ، ކޮވިޑް ވެކްސިން އޭނާ ނުޖަހާ ކަމަށާއި އެއީ މަޖޫބޫރު ކަމެއް ނޫން ކަމަށެވެ.
"އަހަރެންނަށް ހީވަނީ އެ މީހެއްގެ ހަށިގަނޑާ މެދު ވިސްނާނީ އެ މީހަކު ހެން،" އިންޓަވިއުގައި ވާހަކަ ދައްކަމުން ޔުވެންޓަސްގެ ޑިފެންޑަރު ބުންޏެވެ.
"އިންފެކްޝަން އުފެދިދާނެ ކަމުގެ ބިރު އަބަދުވެސް އޮވޭ. އަބަދުވެސް ވީ ވަރަކުން މީހުންނާ ބައްދަލު ނުވެވޭތޯ އަހަރެން މަސައްކަތް ކުރަން."
ޑި ލިޓްގެ މި ވާހަކައާ ގުޅިގެން އޭނާ އަށް ފާޑުކިއުން އަމާޒުވާން ފެށުމުން ވަނީ ވެކްސިން ޖަހަން ތާއީދުކޮށް ޓްވިޓާގައި ލިޔެފަ އެވެ. އޭނާ ބުނީ އިންޓަވިއުގައި ބުނި ވާހަކަތައް ރަނގަޅަށް ސާފުކޮށް ނުދެވުނު ކަމަށެވެ.
"ކޮވިޑް-19 ގެ ވެކްސިން އަށް އަހަރެން ފުރިހަމަ އަށް ތާއީދު ކުރަން. ވީ އެންމެ އަވަހަކަށް އަހަރެން ވެކްސިން ޖަހާނަން،" އޭނާ ބުންޏެވެ.
ޑި ލިޓް، 21 ވަނީ މިދިޔަ ޖެނުއަރީގައި ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެކަމާ ގުޅިގެން ސެރީއާގައި ޔުވެންޓަސް ކުޅުނު ދެ މެޗު އޭނާއަށް ގެއްލުނެވެ.
ނެދަލޭންޑްސްގެ ގައުމީ ޓީމާއެކު މި ވަގުތު ހުރި ޑި ލިޓް، ބާސެލޯނާ އަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް އޭނާ ބުނީ ޔުވެންޓަސްގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި ކްލަބު ބަދަލުކުރަން މަސައްކަތް ނުކުރާ ކަމަށެވެ.
ޔޫއެފާއިން ތިން ކްލަބު ދެ އަހަރަށް ސަސްޕެންޑް ކޮށްފާނެ
ސުއަރޭޒްގެ ޓެސްޓާ ގުޅޭ ތުހުމަތެއް ޔުވެންޓަސްގެ މައްޗަށް
އޭޝިއާ ސަޕޯޓަރުންނާ މެދު ފިކުރުކުރަން ޖެހޭ: ޔުވެންޓަސް
ޔުވެންޓަސް ލީގާ ތިން ޕޮއިންޓް ގާތަށް
ޓޮރިނޯ ބަލިކޮށް ޔުވެންޓަސް ސެމީ އަށް
ބޮނޫޗީ އާއި ސެންޑްރޯ އަށް ޗެލްސީން ބޮޑު ބިޑެއް
އެލެގްރީ އަންނަ ސީޒަނުގައި ވެސް މަޑުކުރާނެ: ޔުވެންޓަސް
ޔުވެންޓަސް ބަލިކޮށް މިލާން ފަރަގުކުޑަކޮށްފި
ޔުވެންޓަސް އިން ޕޮގްބާގެ ކޮންޓްރެކްޓް އުވާލައިފި
ސްޕޯޓްސް ޓޫރިޒަމަށް ޔުވެންޓަސްއާއެކު މަޝްވަރާ ކޮށްފި