22 އޯގަސްޓް 2019
ޓިއުރިން (އޮގަސްޓް 22) – އޭޝިއާ ސަޕޯޓަރުންނަށް ފަސޭހަވާނެ ގޮތަށް ގިނަ މެޗުތައް ދުވަހުގެ އަވަސް ވަގުތެއްގައި ފަށަން އިޓާލިއަން ލީގަށް، ޗެމްޕިއަން ޔުވެންޓަސް އިން ގޮވާލައިފި އެވެ.
ޓިއުރިން (އޮގަސްޓް 22) – އޭޝިއާ ސަޕޯޓަރުންނަށް ފަސޭހަވާނެ ގޮތަށް ގިނަ މެޗުތައް ދުވަހުގެ އަވަސް ވަގުތެއްގައި ފަށަން އިޓާލިއަން ލީގަށް، ޗެމްޕިއަން ޔުވެންޓަސް އިން ގޮވާލައިފި އެވެ.
ޔުވެންޓަސްގެ އިން މަޝްހޫރު ކުޅުންތެރިން ގެނެސް ފަހަކަށް އައިސް ބޮޑެތި ކާމިޔާބީތަކެއް ހޯދި ނަމަވެސް އާމްދަނީ އަށް ބަލާއިރު އެ ކްލަބް އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަ ޓީމަށް ވުރެ ދަށުގަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޓީވީ ރައިޓްސް އިން ލިބޭ އާމްދަނީ މަދުވުމެވެ.
އިޓާލިއަން ލީގު ހޮނިހިރު ދުވަހު ފަށާއިރު، ފުރަތަމަ ދެ ހަފުތާގެ ހުރިހާ މެޗެއް ވެސް ރާވާފައި އޮތީ އިޓަލީ ގަޑިން ރޭގަނޑަށެވެ. އެއީ ހޫނުމޫސުން ކަމަށްވެފައި ދުވާލު ވަގުތު ހޫނުގަދަވާނެތީވެ އެވެ. އެކަމަކު އެ ގަޑި ދިމާވަނީ އޭޝިއާގެ އިރުމަތީ ގައުމުތަކަށް މެންދަމަށެވެ.
ޔުވެންޓަސްގެ އިތުރުން އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާނުގެ ސަޕޯޓަރުން ޗައިނާގައި ވަރަށް ގިނަ އެވެ. އެކަމަކު އޭގެ ފައިދާ ނުނެގެނީ މެޗުތައް މެންދަމާ ދިމާވާތީ ސަޕޯޓަރުންނަށް މެޗުތައް ބަލަން ހުރަސް އެޅިފައި އޮތުމެވެ. ޗައިނާ ސަޕޯޓަރުންނަށްޓަކައި މީގެ ދެ އަހަރު ކުރިން މިލާނާއި އިންޓަގެ މެޗެއް އިޓަލީ ގަޑިން މެންދުރު 12 ޖެހިއިރު ފަށާފައިފައިވެ އެވެ. އެކަމަކު އޭގެ ސަބަބުން އިޓަލީގެ އާއްމުން ނުރުހުން ފާޅުކޮށްފައިވެ އެވެ. ސަބަބަކީ ދުވާލު ވަގުތު މެޗުތައް ކުޅޭ ނަމަ ވަޒީފާގެ ސަބަބުން ސަޕޯޓަރުންނަށް ދަނޑަށް ނުދެވުމެވެ.
ޔުވެންޓަސްގެ ޗީފް ރެވެނިއު އޮފިސަރު ޖޯޖިއޯ ރިޗީ 'ބީބީސީ" އަށް ވިދާޅުވީ އިޓަލީގެ ސަޕޯޓަރުންނާއި ދުނިޔޭގެ އޯޑިއަންސަށް ވެސް ވިސްނަން ޖެހޭ ކަމަށާއި އެގޮތުން އެދެމެދުން ރަނގަޅު ހަމައެއް ހޯދަން ޖެހޭ ކަމަށެވެ. އަދި ހަމައެކަނި ވިސްނަން ޖެހޭ ކަމަކީ މެޗުތައް ކުޅޭ ގަޑި ނޫން ކަމަށާއި މެޗުތަކުގެ ރައިޓްސް ވިއްކުމާއި މެޗުތައް ދައްކަނީ ކޮން ބަޔެއްތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.
"އެގޮތަށް ބަލާއިރު ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގެ ފަރަގު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.
ޕްރިމިއާ ލީގަށް އެންމެ ބޮޑު އެޑްވާންޓޭޖަކީ މެންދުރުފަހުން މެޗުތައް ފަށާތީ އޭޝިއާގެ ގައުމުތަކަށް އަވަސް ގަޑިއެއްގައި މެޗުތައް ފެނުމެވެ. އެއާ އެކު، ސަޕޯޓަރުން އިތުރުވެ އަދި މާލީ ގޮތުން ވެސް ބޮޑު ފައިދާއެއް އަންނަނީ ލިބެމުންނެވެ. އިނގިރޭސި އެންމެ އާދައިގެ ކްލަބަށް ވެސް ޓީވީ ރައިޓްސް މެދުވެރިކޮށް ބޮޑު އާމްދަނީއެއް ލިބެ އެވެ.
އިޓާލިއަން ލީގަށް މިވަގުތު އޮތް ހުރަހަކީ ކުރިއަށް އޮތް ދެ އަހަރަށް ޓީވީ ރައިޓްސް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވުމެވެ. އެހެންވެ ބަދަލުތައް ގެނެވޭނީ އޭގެ ފަހުންނެވެ.
ސްޕެނިޝް ލީގުގެ އެންމެ ބޮޑު ބަހުސަކީ ވެސް މިހާރު އެއީ އެވެ. އެގޮތުން ހުކުރު ދުވަހާއި ހޯމަ ދުވަހު އެހެން ލީގުތަކުގެ މެޗުތައް މަދުވުމުގެ ފައިދާ ނަގަން، އެ ދެ ދުވަހު މެޗުތައް ބާއްވަން ސްޕެނިޝް ލީގުން ބޭނުންވެ އެވެ. އެއީ ބައިނަލްއަގްވާމީ އޯޑިއަންސްގެ ސަމާލުކަން ހޯދުމަށެވެ. އެކަމަކު އެ ދުވަހު މެޗުތައް ބާއްވައިދި ނަމަ، އާއްމު ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ސްޕެއިނުގެ ސަޕޯޓަރުންނަށް ދަނޑަށް ވަންނަން ހުރަސް އެޅޭނެ އެވެ.
ޔުވެންޓަސް ލީގާ ތިން ޕޮއިންޓް ގާތަށް
ޔުވެންޓަސް ބަލިކޮށް މިލާން ފަރަގުކުޑަކޮށްފި
ޔުވެންޓަސް އާއި އިންޓަ އެއްވަރުމުން ހުރިހާ އުފަލެއް ނަޕޯލީ އަށް
ބޭނުންވަނީ ޔުވެންޓަސްގައި ދެމި ހުންނަން: ޕޮގްބާ
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
މިލާނުން ގަދަ ހަތަރެއް ކަށަވަރު ކޮށްފި
ކޯޓުން ވެސް ޔުވެންޓަސް އަށް ކާމިޔާބެއް ނުލިބުނު