Roadha Mihaaru

ޗެމްޕިއަންސް ލީގުގައި ޕޮގްބާ، ޔުވެންޓަސްއާ ދެކޮޅަށް

މަނާ ބޭހަށް ޕޮޒިޓިވް ވެގެން ދެ އަހަރެއްހާ ދުވަހު ސަސްޕެންޝަނެއްގައި ހޭދަކުރުމަށް ފަހު މި ސީޒަންގައި ކުޅެން ފެށި ޕައުލް ޕޮގްބާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި، އޭނާގެ ކުރީގެ ކްލަބް ޔުވެންޓަސްއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

ޗެމްޕިއަންސް ލީގުގައި ޕޮގްބާ، ޔުވެންޓަސްއާ ދެކޮޅަށް

މަނާ ބޭހަށް ޕޮޒިޓިވް ވެގެން ދެ އަހަރެއްހާ ދުވަހު ސަސްޕެންޝަނެއްގައި ހޭދަކުރުމަށް ފަހު މި ސީޒަންގައި ކުޅެން ފެށި ޕައުލް ޕޮގްބާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި، އޭނާގެ ކުރީގެ ކްލަބް ޔުވެންޓަސްއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

ޕޮގްބާ މިހާރު ކުޅެމުން އަންނަ ފްރާންސްގެ މޮނާކޯ، ޔުވެންޓަސްއާ ދެކޮޅަށް ކުޅޭނީ މޮނާކޯގެ ދަނޑުގަ އެވެ.

ލީގު ބުރުގައި ޔުވެންޓަސްގެ އިތުރުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި ވާއިރު، ރެއާލް މެޑްރިޑާ ދެކޮޅަށް ސެންޓިއާގޯ ބެރްނެބުއޭގައި ކުޅެން ވަނީ ހަމަޖެހިފަ އެވެ. ހަމައެއާއެކު ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޓޮޓެންހަމާ ދެކޮޅަށް ކުޅެން ލަންޑަނަށް ދަތުރުކުރާނެ އެވެ. މީގެ އިތުރުން ކްލަބް ބްރޫޖް، ބޯޑޯ/ގްލިމްޓް، ގަލަތަސަރާއީ އަދި ޕާއޯސްއާ ދެކޮޅަށް ވެސް މޮނާކޯ ކުޅޭނެ އެވެ.

ޕޮގްބާއަށް ސަސްޕެންޝަން އައި އިރު، އޭނާ ހުރީ ޔުވެންޓަސްގެ ކޮންޓްރެކްޓުގަ އެވެ. އެ ކޮންޓްރެކްޓް އުވާލާފައި ވަނީ ޕޮގްބާގެ ސަސްޕެންޝަން ހަމަވިތާ މަހެއް ފަހުން، މިދިޔަ ނޮވެމްބަރު މަހު އެވެ. ޕޮގްބާ ވިދާލީ 2012 އިން 2016 އަށް ޔުވެންޓަސްގައި ހޭދަކުރި ދުވަސްތަކުގަ އެވެ. ޔުވެންޓަސް އާއެކު ޑޮމެސްޓިކް ގިނަ ކާމިޔާބީތަކެއް އޭނާ ހޯދި އިރު، 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރި އެވެ.

ލީގު ބުރުގައި ޖުމްލަ 36 ޓީމު ވާދަ ކުރާއިރު، ކޮންމެ ޓީމެއް ވެސް މި ބުރުގައި އަށް މެޗު ކުޅޭނެ އެވެ.

މޮނާކޯގެ އިތުރުން ރެއާލް މެޑްރިޑަށް ދެން އޮތީ މެންޗެސްޓާ ސިޓީ، ލިވަޕޫލް، ޔުވެންޓަސް، ބެންފީކާ، އޮލިމްޕިއާކޯސް، މާސޭ އަދި ކައިރަޓް އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ވާދަ ކުރަން ޖެހޭނީ ބެޔާން މިއުނިކް، ބެޔާ ލެވަކޫސަން، ބާސެލޯނާ، ޓޮޓެންހަމް، އެޓަލާންޓާ، ނިއުކާސަލް ޔުނައިޓެޑް، ސްޕޯޓިން އަދި އެތުލެޓިކް ބިލްބާއޯއާ އެވެ.

ލިވަޕޫލް ކުޅޭނެ ފާހަގަ ކޮށްލެވޭ މެޗުތަކުގެ ތެރޭގައި ރެއާލް މެޑްރިޑްގެ އިތުރުން އިންޓަ މިލާނާއި އެތުލެޓިކޯ މެޑްރިޑް އަދި މާސޭ ހިމެނެ އެވެ. ޕީއެސްޖީ އާއި ޗެލްސީގެ އިތުރުން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ވެސް ބެޔާން މިއުނިކް ކުޅުމަށް ހަމަޖެހިފައި ވާއިރު، އާސެނަލް ކުޅެން އޮތް މެޗުގަކުގެ ތެރޭގައި ބެޔާން މިއުނިކް، އިންޓަ މިލާން އަދި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު ފާހަގަ ކޮށްލެވެ އެވެ.

ލީގު ބުރުގައި ކޮންމެ ޓީމަކަށް ވެސް ހަމަޖެހިފައިވާ އަށް މެޗު ކުޅެވުމުން، ގަދަ އަށް ޓީމަށް މުބާރާތުގެ ގަދަ 16 އިން ޖާގަ ޔަގީން ވާނެ އެވެ. ބާކީ އަށް ޖާގަ ލިބޭނީ، ލީގުގެ ނުވަވަނައިން ފެށިގެން 24 އާ ދެމެދުގެ ޓީމުތަކުގެމެދުގައި ކުޅޭ ނޮކައުޓް މެޗުތަކުން މޮޅުވާ ޓީމުތަކަށެވެ.