03 މެއި 2017
ޕެރިސް (މެއި 3) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މިރޭ ރަށުން ބޭރުގައި މޮނާކޯއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ވަރުގަދަ އެޓޭކްތައް ހުއްޓުވަން ޔުވެންޓަސް އަށް އެނގޭނެ ކަމަށް އެ ޓީމުގެ ތަޖުރިބާކާރު ކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.
ޕެރިސް (މެއި 3) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މިރޭ ރަށުން ބޭރުގައި މޮނާކޯއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ވަރުގަދަ އެޓޭކްތައް ހުއްޓުވަން ޔުވެންޓަސް އަށް އެނގޭނެ ކަމަށް އެ ޓީމުގެ ތަޖުރިބާކާރު ކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މޮނާކޯ އާއި ޔުވެންޓަސް ކުޅޭ ދެ ވަނަ ފަހަރެވެ. މީގެ 19 އަހަރު ކުރިން ޔުވެންޓަސް ވަނީ މޮނާކޯ ބަލިކުރުމަށް ފަހު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެ ފަހަރު ޔުވެންޓަސް ފައިނަލުން ބަލިވީ ރެއާލް މެޑްރިޑާ ވާދަކޮށެވެ.
މޮނާކޯ އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނީ 2004 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުން އެ ޓީމު ބަލިވީ ހޯސޭ މޮރީނިއޯގެ ޕޯޓޯ އަތުންނެވެ.
މޮނާކޯ ވަނީ ސީޒަނުގެ މިހާތަަނަށް 140 އަށް ވުރެން ގިނަ ލަނޑު ޖަހައިފަ އެވެ. އެ ޓީމުން ޗެމްޕިއަންސް ލީގުގެ ސެމީން ޖާގަ ހޯދި މެންޗެސްޓާ ސިޓީ އާއި ބޮރޫޝިއާ ޑޯޓްމަންޑް ކަޓުވާލުމަށް ފަހު އެވެ.
ޔުވެންޓަސްގެ ކީޕަރު ބުފޮން ބުނީ މޮނާކޯގެ އެޓޭކް ވަރުގަދަ ނަމަވެސް އޭގެ އަށް ޖަވާބުދޭނީ ޔުވެންޓަސްގެ ތަޖުރިބާ އިން ކަމަށެވެ.
"މޮނާކޯ ކުޅެނީ ޖެހިލުންކުޑަ އެޓޭކިން ފުޓްބޯޅައެއް. އެ ޓީމުގެ ކޯޗު (ޖާޑިމް)ގެ ވިސްނުމަކީ ވެސް އެޓޭކިން ފުޓްބޯޅައެއް ކުޅުވުން. އެ ފަދަ ޓީމަކާ ދެކޮޅަށް ކުޅެން ޔުވެންޓަސް އިން ސަމާލުވާން ޖެހޭނެ. އެފަދަ ޓީމަކާ ދެކޮޅަށް 180 މިނިޓް ކުޅެން ޖެހޭއިރު ޔުވެންޓަސްގެ ހިތްވަރަކީ ތަޖުރިބާ. އޭގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފާނަން،" ބުފޮން ބުންޏެވެ.
ޔުވެންޓަސް އަކީ ފާއިތުވި ފަސް އަހަރު އިޓަލީގެ ޗެމްޕިއަނުންނެވެ. މި ވަގުތު ވެސް އިޓަލީ ލީގުގެ އެއް ވަނައިގައި އޮތީ ޔުވެންޓަސް އެވެ. މޮނާކޯ އިން ފްރާންސް ލީގުގެ އެއް ވަނައިގައި އޮތްއިރު، މި ފަހަރު އެ ޓީމުން މަސައްކަތް ކުރަމުން އަންނަނީ 2000 ވަނަ އަހަަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ހޯދުމަށެވެ.
މޮނާކޯގެ ކޯޗު ލިއަނާޑޯ ޖާޑިމް ބުނީ ޔުވެންޓަސް އަކީ ހުރިހާ ގޮތަކުން ބެލިޔަސް ވަރުގަދަ ޓީމެއް ކަމަށާއި ބާސެލޯނާގެ މައްޗަށް އެ ޓީމުން ހޯދި ފުރިހަަމަ ކާމިޔާބީން އެކަން އެނގިގެންދާ ކަމަށެވެ.
"އަހަރެމެންނަށް ފެނިއްޖެ ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސް އިން ދެއްކި މޮޅު ކުޅުން. މިއީ އަހަރެމެންނަށް ވަރަށް ރަނގަޅު އިމްތިހާނަކަށް ވާނެ މެޗެއް،" ޖާޑިމް ބުންޏެވެ.
ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ މި މެޗަށް ނުކުންނައިރު ފޭވަރިޓަކީ ޔުވެންޓަސް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"ވަރަށް މޮޅަށް ކުޅެގެން މޮނާކޯ ބަލިކުރެވޭނީ. މިއީ ފަސޭހަކޮށްލައިގެން ކުޅޭ މެޗަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ތަފާތު އުނދަގޫ މެޗެއް. މޮނާކޯ އަކީ ކޮން ފެންވަރެއްގެ ޓީމެއްކަން އެނގިގެން އަހަރެމެން މި މެޗަށް ނުކުންނާނީ،" އަލެގްރީ ބުންޏެވެ.
ޔުވެންޓަސް އާއި މޮނާކޯ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.
"ރެފްރީގެ ކިބައިން ބުފޮން މައާފަށް އެދެން ޖެހޭ"
"ސަޕޯޓަރުންނަށް ރަނގަޅު އެކަމަކު ދެ ޓީމަށް ބިރުބޮޑު"
މޮނާކޯ ބަލިކޮށް ޔުވެންޓަސް ފައިނަލަށް
"ޔުވެންޓަސް ބަލިކުރެވޭނެކަން ގަބޫލުކުރުން މުހިއްމު"
މޮނާކޯ އަށް ދިމާވީ ތަޖުރިބާގެ މައްސަލަ: އެމްބާޕޭ
ޕީއެސްޖީއަށް ވުރެ ކުރީގައި ބެންފީކާ، ޔޫވޭ ޔޫރޮޕާ އަށް
ޔުވެންޓަސް ކަޓައިފި، ޗެލްސީ އާއި ޕީއެސްޖީ ދެވަނަބުރަށް
ޕީއެސްޖީ އަށް ބެންފީކާ ބައްޔެއް ނުކުރެވުނު
އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީން ޔުވެންޓަސް ބަލިކޮށްފި
ޔުވެންޓަސް ކަޓުވާލުމަށް ފަހު ވިޔަރެއާލް ކުއާޓާ އަށް