26 އޮކްޓޯބަރ 2022
ލިޒްބަން، ޕޯޗުގަލް (އޮކްޓޫބަރު 26) - ޗެލްސީ އާއި ޕީއެސްޖީ އަދި ބެންފީކާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ ޖާގަ ޔަގީން ކުރި އިރު، ޔުވެންޓަސް އަށް މުބާރާތުގެ ނޮކައުޓް ބުރުން ޖާގަ ގެއްލިއްޖެ އެވެ.
ލިޒްބަން، ޕޯޗުގަލް (އޮކްޓޫބަރު 26) - ޗެލްސީ އާއި ޕީއެސްޖީ އަދި ބެންފީކާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ ޖާގަ ޔަގީން ކުރި އިރު، ޔުވެންޓަސް އަށް މުބާރާތުގެ ނޮކައުޓް ބުރުން ޖާގަ ގެއްލިއްޖެ އެވެ.
ޔުވެންޓަސް އަށް ޖާގަ ގެއްލުނީ ގުރޫޕް އެޗް ގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުން 3-2 އިން ބަލިވެގެންނެވެ.
ބެންފީކާއިން މެޗުގައި ލީޑު ނެގީ 17 ވަނަ މިނިޓުގައި އެންޓޯނިއޯ ސިލްވާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭގެ ހަތަރު މިނިޓު ފަހުން މޮއިސް ކީން ލަނޑެއް ޖަހައި ޔުވެންޓަސް އަށް ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް ހުއާން ކުއަޑްރާޑޯ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުން 28 ވަނަ މިނިޓުގައި ބެންފީކާ އަށް އަލުން ލީޑު ނަގައިދިނީ ޔާއޯ މާރިއޯ އެވެ. އަދި 35 ވަނަ މިނިޓުގައި އެޓީމުގެ ތިން ވަނަ ލަނޑު ޖެހީ ރަފާ ސިލްވާ އެވެ.
ދެ ވަނަ ހާފުގެ ފަސް ވަނަ މިނިޓުގައި ރަފާ ސިލްވާ ވަނީ އިތުރު ލަނޑެއް ޖަހައި ބެންފީކާ އަށް ލީޑު އިތުރަށް ފުޅާ ކޮށްދީފަ އެވެ. ޔުނެވްޓަސް އިން ގެނައި ބަދަލުތަކާ އެކު ވެސް އެޓީމަށް ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވި އެވެ. އެ ޓީމުގެ ދެވަނަ ލަނޑު 77 ވަނަ މިނިޓުގައި ޖަހައިދިނީ އާކަޑިއޫޒް މިލިކް އެވެ. އަދި 79 ވަނަ މިނިޓުގައި ތިންވަނަ ލަނޑު ޖަހައިދިނީ ވެސްޓޮން މިކެނީ އެވެ.
މެޗުގެ ފަހު ފަސް މިނިޓު ތެރޭ ރަފާ ސިލްވާ އޭނާގެ ހެޓްރިކް ފުރިހަމަކުރަން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މި ނަތީޖާއާ އެކު މި ގުރޫޕުން ބެންފީކާ އާއި ޕީއެސްޖީ އަށް ވަނީ ދެވަނަ ބުރުގެ ޖާގަ ޔަގީން ވެފަ އެވެ. ޕީއެސްޖީ އާއި ބެންފީކާ އަށް ވެސް ވަނީ 11 ޕޮއިންޓް ލިބިފަ އެވެ.
ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް ގުރޫޕްގެ ތިން ވަނައިގައި ނިންމައިފި ނަމަ ޔުވެންޓަސް އަށް ޔޫރޮޕާ ލީގުގެ ޖާގައެއް ލިބޭނެ އެވެ. މިވަގުތު ޔުވެންޓަސް ތިން ވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް މެކާބީ ހައިފާ އަށް ވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ޔުވެންޓަސް ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލި ވެފަ އެވެ.
ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދަން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޔުވެންޓަސް ނުކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ.
ޕީއެސްޖީން ވަނީ ފަސޭހަ ކަމާ އެކު 7-2 އިން އަމިއްލަ ދަނޑުގައި މެކާބީ ހައިފާ ބަލިކޮށްފަ އެވެ.
ޕީއެސްޖީގެ އެއް ގޯލަކީ ހައިފާގެ ކުލުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް ލިއޮނެލް މެސީ އާއި ކިލިއަން އެމްބާޕޭ ވަނީ މި މެޗުގައި ދެ ލަނޑު ޖަހައިދީފަ އެވެ. އެ ޓީމަށް ދެން ލަނޑު ޖަހައިދިނީ ނޭމާ އާއި ކާލޯސް ސޮލާ އެވެ.
މެކާބީ ހައިފާގެ ދެ ލަނޑު ވެސް ޖަހައިދިނީ އަބްދުލާޔޭ ސެކް އެވެ.
ޗެލްސީ މޮޅުވި ލަނޑު ޖެހުމަށް ފަހު އުފާފާޅޫކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޗެލްސީ ދެ ވަނަ ބުރަށް ދަތުރު ކުރީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްގެންނެވެ.
ގުރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން ޗެލްސީ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. ނަމަވެސް ޖެހިގެން އައި ތިން މެޗު ކާމިޔާބުކޮށް ޗެލްސީން ވަނީ މުބާރާތުގެ ނޮކައުޓް ބުރުން ޖާގަ ޔަގީން ކޮށްފަ އެވެ.
އޮސްޓްރިއާގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކުރީ 2-1 އިންނެވެ. ފުރަތަމަ ހާފުގައި މަޓެއޯ ކޮވަސިޗް ޖަހައިދިން ލަނޑުން ޗެލްސީ ލީޑު ހޯދާފައި ވަނިކޮށް ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ޖޫނިއާ އަޑަމޫ ވަނީ ސަލްޒްބާގަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. ނަމަވެސް 64 ވަނަ މިނިޓުގައި ޗެލްސީ މޮޅުކޮށްދިން ލަނޑު ޖެހީ ކައި ހަވާޓްޒް އެވެ.
ތޯމަސް ޓުޗެލް ޗެލްސީގެ ކޯޗުކަމުން ވަކިކޮށް، އާ ކޯޗު ގްރަހަމް ޕޮޓާ ގެ އިރުޝާދުގެ ދަށުން ޗެލްސީ ފުރަތަމަ ކުޅުނީ އަމިއްލަ ދަނޑުގައި ސަލްޒްބާގާ ދެކޮޅަށެވެ. އެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ޕޮޓާ އާއެކު ޗެލްސީ މިހާތަނަށް ކުޅުނު ނުވަ މެޗުގައި ވެސް ބަލި ވެފައެއް ނުވެ އެވެ. އެއްވަރުވީ ތިން މެޗުންނެވެ.
ޗެލްސީ އާއެކު ގުރޫޕް އީ ގައި ހިމެނޭ އޭސީ މިލާން ވަނީ ރަށުން ބޭރުގައި 4-0 އިން ކްރޮއޭޝިއާގެ ޑިނަމޯ ޒެގްރެބް ބަލިކޮށް، ގުރޫޕްގެ ދެ ވަނައަށް ޖެހިލައިފަ އެވެ. މިލާނަށް ލަނޑުތައް ޖަހައިދިނީ މަޓެއޯ ގައްބިއާ އާއި ރަފައެލް ލެއާއޯ އަދި އޮލިވިއޭ ޖިރޫ އެވެ. ޖިރޫގެ ލަނޑަކީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިލާންގެ ފަހު ލަނޑަކީ ޒެގްރެބްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި ނަތީޖާއާ އެކު މިލާން ގުރޫޕްގެ ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީ އެއް ވަނައިގައި އޮތީ 10 ޕޮއިންޓް ހޯދައިގެންނެވެ. ނަމަވެސް ފަހު މެޗުގައި މިލާން ބަލިކޮށްގެން ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސަލްޒްބާގަށް ދެ ވަނަ ބުރަށް ދަތުރު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް މިލާނަށް ދެ ވަނަ ބުރަށް ދެވޭނެ އެވެ.
ޕީއެސްޖީއަށް ވުރެ ކުރީގައި ބެންފީކާ، ޔޫވޭ ޔޫރޮޕާ އަށް
ޕީއެސްޖީ އަށް ބެންފީކާ ބައްޔެއް ނުކުރެވުނު
މަރުގެ ގުރޫޕުން ނިއުކާސަލް ސަލާމަތެއް ނުވި
މިލާންގެ ސަޕޯޓަރުން ކުރީގެ ކީޕަރަށް ފުރައްސާރަ ކޮށްފި
އެތުލެޓިކޯއާ އެއްވަރުކުރަން ގޯލު ޖެހީ ލާޒިއޯގެ ކީޕަރު
ޖިރޫގެ މޮޅު ކުޅުމާ އެކު މިލާން ދެ ވަނަ ބުރަށް
އިޓަލީގައި ވެސް މިލާން ބަލިކޮށް ޗެލްސީ އެއް ވަނައަށް
މިލާން ބަލިކޮށް ޗެލްސީ ކުރިއަށް ޖެހިލައިފި
އާ ކޯޗާއެކު ޗެލްސީގެ ފުރަތަމަ މެޗު އެއްވަރުވެއްޖެ
އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީން ޔުވެންޓަސް ބަލިކޮށްފި