09 މެއި 2017
ޓިއުރިން (މެއި 9) - ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ދެ ވަނަ ލެގުގައި ރަށުންބޭރުގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނައިރު އެ ޓީމަކީ ބަލިކުރެވޭނެ ޓީމެއްކަން މޮނާކޯ އިން ގަބޫލުކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ލިއަނާޑޯ ޖާޑިމް ބުނެފި އެވެ.
ޓިއުރިން (މެއި 9) - ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ދެ ވަނަ ލެގުގައި ރަށުންބޭރުގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނައިރު އެ ޓީމަކީ ބަލިކުރެވޭނެ ޓީމެއްކަން މޮނާކޯ އިން ގަބޫލުކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ލިއަނާޑޯ ޖާޑިމް ބުނެފި އެވެ.
މޮނާކޯ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޔުވެންޓަސް ވަނީ 2-0 އިން މޮޅުވެފަ އެވެ. މިރޭ ޔުވެންޓަސް ދަނޑުގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނެ އެވެ. މި ފަހަރު ޗެމްޕިއަންސް ލީގުގައި ބަލިނުވާ ދެ ޓީމަކީ ޔުވެންޓަސް އާއި ރެއާލް މެޑްރިޑެވެ.
މޮނާކޯ އަށް ފައިނަލުގެ ޖާގައެއް އޮތީ މަދުވެގެން ޔުވެންޓަސް ދެ ލަނޑުގެ ތަފާތަކުން ބަލިކޮށްގެންނެވެ. ޖާޑިމް ބުނީ ފުރަތަމަ މޮނާކޯ އިން ގަބޫލުކުރަންޖެހޭ ކަމަކީ ޔުވެންޓަސް އަކީ ބަލިނުކުރެވޭވަރުގެ ޓީމެއް ނޫން ކަމަށެވެ.
"އަހަރެމެން ގަބޫލުކުރަން އެބަޖެހޭ ޔުވެންޓަސް އަކީ ވެސް ބަލިކުރެވޭނެ ޓީމެއްކަން. ތެދެއް ޔުވެންޓަސް ދަނޑުގައި ވަރަށް އުނދަގޫވާނެ. އެކަމަކު މެޗުގެ ފުރަތަމަ ކޮޅުގައި މޮނާކޯ އަށް ލަނޑެއް ކާމިޔާބު ކުރެވިއްޖެނަމަ މުޅި މެޗު ބަދަލުވުމުގެ ފުރުސަތު އެބައޮތް،" ޖާޑިމް ބުންޏެވެ.
ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ ދެ ލަނޑުގެ ލީޑެއްގައި މެޗު ފެށުމުގައި މާ ބޮޑު އެޑްވާންޓޭޖެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
"ދެ ލަނޑުގެ ލީޑަކީ އަހަރެންގެ ނަޒަރުގައި ކުޑަ ހިތްހަމަ ޖެހުމެއް. އެއީ މޮނާކޯ އެންމެ ލަނޑެއް ޖަހައިފި ނަމަވެސް އަހަރެމެންނަށް ޕްރެޝަރު ބޮޑުވާނެ. ނުކުންނާނީ މޮޅަކަށް ވިސްނައިގެން ފަހަތަށް ޖެހިގެން ކުޅުމުގެ ވިސްނުމެއް ނެތް،" އަލެގްރީ ބުންޏެވެ.
މި ފަހަރު ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ކޮޅަށް މިހާތަނަށް ވަދެފައިވަނީ އެންމެ ތިން ލަނޑެވެ. އެ ޓީމުން ވަނީ ކުއާޓާ ފައިނަލުގައި ވަރުގަދަ ބާސެލޯނާ ލަނޑެއް ނުޖެހި ހިފަހައްޓައިފަ އެވެ. އަަދި މޮނާކޯ ދަނޑުގައި ފުރަތަމަ ލެގުގައި ވެސް ރަނގަޅު ޑިފެންސިވް ގޭމެއް ކުޅުނެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ޔުވެންޓަސްގެ ޕައޮލޯ ޑީބަލާ އަށް ލިބުނީ ސީރިއަސް އަނިޔާއެއް ނޫން ކަމަށާއި މޮނާކޯއާ ދެކޮޅަށް އޭނާ ކުޅޭނެ ކަމަށް އަލެގްރީ ވަނީ ބުނެފަ އެވެ.
ޔުވެންޓަސް މި ފަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފިނަމަ ވެގެންދާނީ ތިން އަހަރު ތެރޭ އެ ޓީމު ފައިނަލްގައި ކުޅޭ ދެ ވަނަ ފަހަރަށެވެ.
ޔުވެންޓަސް އާއި މޮނާކޯ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.
މޮނާކޯ ބަލިކޮށް ޔުވެންޓަސް ފައިނަލަށް
މޮނާކޯ އަށް ދިމާވީ ތަޖުރިބާގެ މައްސަލަ: އެމްބާޕޭ
"މޮނާކޯގެ އެޓޭކް ހުއްޓުވަން ޔުވެންޓަސް އަށް އެނގޭނެ"
ޕީއެސްޖީއަށް ވުރެ ކުރީގައި ބެންފީކާ، ޔޫވޭ ޔޫރޮޕާ އަށް
ޔުވެންޓަސް ކަޓައިފި، ޗެލްސީ އާއި ޕީއެސްޖީ ދެވަނަބުރަށް
ޕީއެސްޖީ އަށް ބެންފީކާ ބައްޔެއް ނުކުރެވުނު
އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީން ޔުވެންޓަސް ބަލިކޮށްފި
ޔުވެންޓަސް ކަޓުވާލުމަށް ފަހު ވިޔަރެއާލް ކުއާޓާ އަށް
ފްރާންސްގެ ޗެމްޕިއަން އަތުން ޗެލްސީ މޮޅުވެއްޖެ
ޗެލްސީން ފެންވަރު ދައްކާލައި ގުރޫޕުގެ އެއްވަނަ އަށް