07 ސެޕްޓެމްބަރ 2022
ޕެރިސް (ސެޕްޓެމްބަރު 7) - ފްރާންސްގެ ޕީއެސްޖީ އިން އާ ކޯޗު ކްރިސްޓޮފް ގަލްޓިއޭ އާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އިޓަލީގެ ޔުވެންޓަސް އާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބު ކޮށްފި އެވެ.
ޕެރިސް (ސެޕްޓެމްބަރު 7) - ފްރާންސްގެ ޕީއެސްޖީ އިން އާ ކޯޗު ކްރިސްޓޮފް ގަލްޓިއޭ އާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އިޓަލީގެ ޔުވެންޓަސް އާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބު ކޮށްފި އެވެ.
ޕީއެސްޖީ އިން ކޯޗު ގަލްޓިއޭ ވަނީ ޓީމާ އެކު އޭނާގެ ފުރަތަމަ ޗެމްޕިއަންސް ލީގު މެޗަށް ޔުނެވްޓަސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ވަރުގަދަ 11 އެއް ނެރެފަ އެވެ. ޑިފެންސުގައި ޕްރެސްނެލް ކިމްޕެމްބޭ އާއި ކެޕްޓަން މާކީނިއޯސް އާއެކު ސާޖިއޯ ރާމޯސް ފެށިއިރު، އެންމެ ކުރިއަށް ކުޅުނީ ކިލިއަން އެމްބާޕޭ އާއި ނޭމާ އަދި ލިއޮނެލް މެސީ އެވެ.
ޕީއެސްޖީ އިން ލީޑު ނެގީ ފަސްވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ޖެހި ހިތްގައިމު ގޯލުންނެވެ. ޔުވެންޓަސްގެ ޑިފެންސް މަތިން ނޭމާ ދިން ބޯޅައަށް އަރައި އެމްބާޕޭ ވަނީ އެއްފަހަރުން އެ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ވެސް ހަމަ އެކަހަލަ ފުރުސަތެއް އެމްބާޕޭ އަށް ލިބުނެވެ ނަމަވެސް ބޯޅަ ފައިގައި ލައްވާލާ ގޮތެއް ނުވި އެވެ. އެމްބާޕޭ އެޓީމުގެ ދެވަނަ ލަނޑު ޖެހީ، 22 ވަނަ މިނިޓުގައި، ހަކީމް ޒިޔެޝް އާއެކު އުފެއްދި އެޓޭކެއްގަ އެވެ.
ޕީއެސްޖީން ދެވަނަ ގޯލު ޖެހުމުގެ އިރުކޮޅެއް ކުރިން ޔުވެންޓަސް އިން ޕީއެސްޖީގެ ގޯލަށް ނުރައްކާ ކުރި އެވެ. ހުއާން ކުއަޑްރާޑޯ ނެގި ބޯޅައަކުން އާކަޑިއުޒް މިލިކް ބޮލުން ފޮނުވާލި ހަމަލާއެއް ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ ދިފާއު ކުރި އެވެ. ކީޕަރު ދިފާއުކުރި ބޯޅަ ކުޅުމުގެ ތެރެއަށް އައުމުން ޑޫސަން ވްލަހޯވިޗް ބެކްހީލް ކިކަކުން ގޯލަށް ފޮނުވާލު ނަމަވެސް ގޯލަށް ވަނުމުގެ ކުރިން ރާމޯސް ވަނީ ބެކްހީލް ކިކަކުން ބޯޅަ ދިފާއު ކޮށްފަ އެވެ.
ދެވަނަ ހާފު ފަށައިގެން އެމްބާޕޭ އާށް އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން ހުސް ފުރުސަތެއް ލިބުނެވެ. އަރިމަތިން ނޭމާ ހުސްވި ނަމަވެސް އެމްބާޕޭ އެ ބޯޅަ ފޮނުވާލުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ މި ހާފު ފެށީ މިޑްފީލްޑަރު ފަބިއޯ މިރެޓީގެ ބަދަލުގައި ވެސްޓަން މެކެނީ ކުޅެން އަރުވައިފަ އެވެ. އޭނާ ވަނީ 53 ވަނަ މިނިޓުގައި ފިލިޕް ކޮސްޓިޗް ނަގައިދިން ހުރަހަކުން ބޮލުން ޖަހައި ބޯޅަ ގޯލަށް ފޮނުވާލައިގެން ޔުވެންޓަސް އަށް ފަހަގު ކުޑަކޮށްދީފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ވްލަހޮވިޗް ބޮލުން ފޮނުވާލި ހަމަލާއެއް ކީޕަރު ޑޮނަރޫމާ ވަނީ ދިފާއު ކޮށްފަ އެވެ.
ޔުވެންޓަސް އިން ފަރަގު ކުޑަކުރިތާ 10 މިނިޓު ފަހުން ނޭމާ ދިން ބޯޅައަކުން މެސީ ތަނަވަސް ކުރި ފުރުސަތެއްގައި އެމްބާޕޭ އަށް ގޯލު ޖަހަން އިތުރު ފުރުސަތެއް ލިބުނު ނަމަވެސް މާ ރަނގަޅަށް ފޮނުވާ ނުލެވި އެ ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ. އަދި އިރުކޮޅެއް ފަހުން އޭރިއާ ބޭރުން މެސީ ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު އަރިމަތިން ބޭރަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ގޯލު ކުރިމަތިން ނޭމާ ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް ފޮނުވާލެވުނީ ސީދާ ކީޕަރު މަޓިއާ ޕެރިންއާ ދިމާއަށެވެ. އަދި ކައުންޓާގައި ނޭމާ ކުރިއަށް އަރައި ތަނަވަސްކުރި ފުރުސަތެއްގައި އެމްބާޕޭ، ކީޕަރު ބޯ މަތިން ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް ކީޕަރު އެ ބޯޅަ ދިފާއު ކުރި އެވެ.
ޕީއެސްޖީ އާއި ޔުވެންޓަސް ހިމެނެނީ ޕޯޗުގަލްގެ ބެންފީކާ އާއި އިޒްރޭލުގެ މަކާބީ ހައިފާ އާއެކު ގުރޫޕް އެޗް ގައެވެ. ބެންފީކާ އާއި މަކާބީ ހައިފާ މިރޭ ޕޯޗުގަލްގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކުރީ ބެންފީކާ އެވެ. ދެވަނަ ހާފުގައި އެޓީމަށް ލަނޑުތައް ޖަހައިދިނީ ރަފާ ސިލްވާ އާއި އަލެކްސް ގްރިމާލްޑޯ އެވެ.
މީގެ ދެ އަހަރު ކުރިން 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ޕީއެސްޖީ ގެންގޮސްދިން ކޯޗު ތޯމަސް ޓުޗެލް އާއެކު ކުޅޭ ޗެލްސީ ވަނީ މިރޭ އެޓީމު ކުޅުނު ފުރަތަމަ މެޗުން ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބް އަތުން 1-0 އިން ބަލި ވެފަ އެވެ.
ޗެލްސީއާ އެކު ގުރޫޕް އީ ގައި ހިމެނޭ އިޓަލީގެ އޭސީ މިލާން ރަށުން ބޭރުގައި އޮސްޓްރިއާގެ ސަލްޒްބާގާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
އޭސީ މިލާން 11 އަހަރު ފަހުން އިޓަލީގެ ޗެމްޕިއަނުންގެ ގޮތުގައި ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ސަލްޒްބާގުންނެވެ. މިލާނުގެ ޕިއޭރޭ ކަލޫލޫ ނަޓްމެގް ކޮށްލާފައި ފޯވާޑް ނޯއާ އޮކާފޯ ފޮނުވާލި ބޯޅައިން އެޓީމު ލީޑު ނެގި އިރު، މިލާނުން އެއްވަރުކުރީ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ރަފައެލް ލެއާއޯ ދިން ޕާހަކުން އެލެކްސިސް ސޭލަމެކާސް ޖެހި ގޯލުންނެވެ.
މެޗުގެ އިތުރު ވަގުތުގައި ލެއާއޯ، އޭސީ މިލާން މޮޅުކޮށްދޭން ރީތި ހަމަލާއެއް ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.
ޕީއެސްޖީއަށް ވުރެ ކުރީގައި ބެންފީކާ، ޔޫވޭ ޔޫރޮޕާ އަށް
ޔުވެންޓަސް ކަޓައިފި، ޗެލްސީ އާއި ޕީއެސްޖީ ދެވަނަބުރަށް
ޕީއެސްޖީ އަށް ބެންފީކާ ބައްޔެއް ނުކުރެވުނު
ޗެމްޕިއަންސް ލީގު: ބޮޑު މެޗުތަކާއި ތަފާތު ވާހަކަތައް!
ގަދަބާރުތައް ކާމިޔާބު ހޯދި ރޭ ބަޔާނަށް ހިތްދަތިކަން
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
ޕީއެސްޖީގެ ނާކާމިޔާބުގެ ޒިންމާ އެމްބާޕޭ ނަގައިފި
ރޮއިސްއާ އެކު 11 އަހަރުފަހުން ޑޯޓްމެންޑް ފައިނަލަށް
ސްޓާރެއް ބޭނުމެއް ނުވޭ ޑޯޓްމެންޑުން އެކަން ދައްކައިފި
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި