ޔޫރަޕުގެ ކްލަބް ފުޓްބޯޅަ ސީޒަނުގެ ފަރުދާ ކަހާލާ މެޗު މިރޭ ޖަރުމަނުގެ މިއުނިކުގައި ހުންނަ އެލިއެންޒް އެރީނާގައި އޮންނާނެ އެވެ. ޔޫރަޕުގެ އެންމެ ޝަރަފްވެރި ކްލަބް މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ ވާދަކުރަނީ އިޓަލީގެ އިންޓަ މިލާނާއި، ފްރާންސްގެ ޕީއެސްޖީ އެވެ.
ޔޫރަޕުގެ ކްލަބް ފުޓްބޯޅަ ސީޒަނުގެ ފަރުދާ ކަހާލާ މެޗު މިރޭ ޖަރުމަނުގެ މިއުނިކުގައި ހުންނަ އެލިއެންޒް އެރީނާގައި އޮންނާނެ އެވެ. ޔޫރަޕުގެ އެންމެ ޝަރަފްވެރި ކްލަބް މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ ވާދަކުރަނީ އިޓަލީގެ އިންޓަ މިލާނާއި، ފްރާންސްގެ ޕީއެސްޖީ އެވެ.
މީގެ ކުރިން ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިންޓަ އިން މިރޭގެ ނުކުންނާނީ މީގެ ދެ އަހަރު ކުރިން ފައިނަލުން މެންޗެސްޓާ ސިޓީ އަތުން 1-0 އިން ބަލިވުމުގެ ހިތްދަތިކަން ފިލުވާލާށެވެ. ޕީއެސްޖީން ނުކުންނަނީ އެ ޓީމުގެ ތާރީހުގައި އަލަށް މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގަ އެވެ.
އިންޓަ އަށް މިރޭގެ މެޗު މުހިއްމުވާ އެންމެ ބޮޑު ސަބަބަކީ ހުސް އަތާ ސީޒަން ނިންމާނުލާން ލިބޭ ފަހު ފުރުސަތަށް ވުމެވެ. އިޓަލީގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި އޮތް ނަމަވެސް އިންޓަ އަތުން ވަނީ ފަހު ވަގުތު ލީގު ގެއްލިފަ އެވެ. އިޓާލިއަން ކަޕުގެ ސެމީ ފައިނަލުނާއި، ސުޕަ ކަޕުގެ ފައިނަލުން ވެސް ބަލިވީ އެވެ. އަނެއްކޮޅުން ޕީއެސްޖީ ނުކުންނަނީ ސީޒަނުގެ ތިން ވަނަ ތަށި ކާމިޔާބުކޮށް "ޓްރެބަލް" އެއް ހާސިލްކުރާށެވެ. އެ ޓީމުން ވަނީ ފްރާންސް ލީގާއި، ކަޕު ވެސް ކާމިޔާބުކޮށްފަ އެވެ. ގަތަރު ދައުލަތް ހިއްސާވާ ކުންފުންޏަކުން ހިންގާ ޕީއެސްޖީން، ފްރާންސް ފުޓްބޯޅަ ޑޮމިނޭޓްކުރި ނަމަވެސް ޔޫރަޕުގައި މިހާތަނަށް އެދެވޭ ކާމިޔާބެއް ނުހޯދެ އެވެ. ލިއޮނަލް މެސީ އާއި، ކީލިއަން އެމްޕާބޭ، އަދި ނޭމާ ތިބެގެން ވެސް އެކަމެއް ހާސިލެއްނުވި އެވެ. އޭރާ ބަލާއިރު މިހާރު އޮތް ޓީމުގައި ތަރިން މަދު ނަމަވެސް، ސްޕެއިނުގެ ލުއިސް އެންރީކޭގެ ކޯޗުކަމުގައި އެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
ދެ ޓީމުގެ ފެންވަރަށް ބަލާއިރު އިންޓައަކީ، ތަޖުރިބާކާރު ކުޅުންތެރިން ގިނަ ޓީމެކެވެ. ޑިފެންސް ވަރުގަދަ، އަދި ޓެކްޓިކަލް ޑިސިޕްލިން ހިފެހެއްޓުމުގައި އެފަދަ ދެ ވަނަ އެއް ނެތް ޓީމެވެ. ޕީއެސްޖީއަކީ ޒުވާން ކުޅުންތެރިން ގިނަ، ހަލުވި، ރީތި އެޓޭކިން ގޭމެއް ކުޅޭ ޓީމެކެވެ.
ކޯޗުންނަށް ބަލާއިރު އިންޓަގެ ސިމޮނީ އިންޒާގީ އަކީ މިހާރު އިޓަލީގެ އެންމެ މޮޅު އެއް ކޯޗެކެވެ. އެކަމަކު ޔޫރަޕުގައި އޭނާ އަދި ފެންވަރު ސާބިތުކޮށްދޭން ޖެހެ އެވެ. އެންރީކޭ އަކީ މީގެ ކުރިން ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު ހިމެނޭހެން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ.
ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އިން އިންޒާގީ އަށް ވަނީ ބޮޑު އޮފާއެއް ދީފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފައިނަލުން ކޮންމެ ނަތީޖާއެއް ނުކުތަސް އޭނާ އިންޓަ ދޫކޮށް ހިލާލް އަށް ބަދަލުވާނެ އެވެ. މެޗުގެ ކުރިން އިންޒާގީ ބުނީ އޭނާގެ ޓީމަށް ފައިނަލުގެ ޖާގައެއް ހައްގު ކަމަށާއި، އެ ޓީމު އައީ ފުރަތަމަ މެޗުން ފެށިގެން މުބާރާތް ކާމިޔާބުކުރަން ބޭނުންވެފައި ތިބި މިންވަރު ދައްކައިދެމުން ކަމަށެވެ. އޭނާ ބުނީ ފައިނަލުގައި އޮތް އިތުބާރަކީ، މިހިސާބަށް ދަތުރުކުރިކުރުން ކަމަށާއި، އޭގެ ސަބަބުން ކުޅުންތެރިން ތިބީ ތަށި ވެސް ނެގޭނެ ކަމުގެ ޔަގީންކަމާ އެކު ކަމަށެވެ.
އިންޓަ އިން ފައިނަލުން ޖާގަ ހޯދީ، ސެމީގައި ވަރުގަދަ ބާސެލޯނާ ބަލިކުރުމަށް ފަހު އެވެ. ޕީއެސްޖީ އެ ފުރުސަތު ހޯދީ އާސެނަލް އަތުން މޮޅުވެގެންނެވެ.
އެންރިކޭ ބުނީ ޕީއެސްޖީ އަށް މިހާތަނަށް ހާސިލްކުރެވިފައި ނެތް ކާމިޔާބެއް ހޯދައި ތާރީހުން ޖާގަ ހޯދަން ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް ލިބިފައިވާ ކަމަށާއި، ނަމަވެސް ޖަޒުބާތުތައް އެހާ މަތިކޮށްފި ނަމަ އުނދަގޫވެދާނެ ކަމަށެވެ.
"އަހަރެމެން މިތިބީ ވަރަށް ރަނގަޅަށް މެޗު ތައްޔާރުވެގެން. އިންޓަ ވެސް އޮންނާނީ ތައްޔާރުވެފައި ސުވާލެއް ވެސް ނެތް. އެހެންވެ މި ބަލަނީ ވަރަށް ވަރުގަދަ ފައިނަލެއް ފެނިގެންދާނެ ކަމަށް،" އެންރިކޭ ބުންޏެވެ. ފުޓްބޯޅައިގެ ޑޭޓާ އެއްކުރާ އޮޕްޓާގެ ސުޕަކޮމްޕިއުޓަރުން ހެދި 10,000 އަށް ވުރެ ގިނަ ސިމިއުލޭޝަންސް ދައްކާ ގޮތުގައި މިރޭ މޮޅުވުމުގެ ފުރުސަތު ބޮޑީ ޕީއެސްޖީ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރެވެ.
ފަސޭހަ މޮޅަކުން ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި
ޕީއެސްޖީގެ ޕެރޭޑްގައި ދެ މީހަކު މަރުވެ ހިމޭންކަން
އާސެނަލްގެ އުއްމީދު ފެނަށް، ޕީއެސްޖީ ފައިނަލަށް
ބާސާ ބަލިވުން ބޭއިންސާފު: ފްލިކް
ވަރުގަދަ ދެޓީމު ބަލިކޮށް، އިންޒާގީގެ ތައުރީފު ޓީމަށް
ބާސާ ހިތްދަތިކޮށްލުމަށް ފަހު އިންޓަ ފައިނަލަށް
އިންޓަ ކޯޗުގެ ނިދި ގެއްލުވާލާ ކުޅުންތެރިޔަކީ ޔަމާލް
ފުރާނަ ދީގެން ވެސް ޕީއެސްޖީ ބަލިކުރަން ޖެހޭ: އާޓެޓާ
އިންޓަ ވަރުގަދަކޮށް ފެށިޔަސް ބާސާ ބައްޔެއް ނުކުރެވުނު
ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ މޮޅީ މެސީ: ޔަމާލް