Roadha Mihaaru

ރެއާލްގެ ކުޅުންތެރިންތަކެއްގެ ކުޅިވަރުގެ ރޫހާ ހިލާފް އަމަލުތަކެއްގެ މައްސަލަ ބަލަނީ

ރެއާލް މެޑްރިޑްގެ ބައެއް ކުޅުންތެރިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ފަހު ލެގުގައި ކުޅިވަރުގެ ރޫހާ ހިލާފް އަމަލުތަކެއް ހިންގާފައި ވާތީ، ޔޫއެފާއިން އެކަން ބަލަން ފަށައިފި އެވެ.

ރެއާލްގެ ކުޅުންތެރިންތަކެއްގެ މައްސަލަ ބަލަނީ

ރެއާލް މެޑްރިޑްގެ ބައެއް ކުޅުންތެރިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ފަހު ލެގުގައި ކުޅިވަރުގެ ރޫހާ ހިލާފް އަމަލުތަކެއް ހިންގާފައި ވާތީ، ޔޫއެފާއިން އެކަން ބަލަން ފަށައިފި އެވެ.

ރެއާލް މެޑްރިޑްގެ ކުޅުންތެރިންތަކަކަށް ކުރެވޭ ކުޅިވަރުގެ ރޫހާ ހިލާފް ތުހުމަތުތަކެއްގެ މައްސަލަ ބެލުމަށް ޔޫއެފާގެ އެތިކްސް އެންށް ޑިސިޕްލިނަރީ އިންސްޕެކްޓަރަކާ ވަނީ ހަވާލު ކުރެވިފައި،" ޔޫއެފާގެ ބަޔާނުގައިވެ އެވެ.

އެތުލެޓިކޯގެ ސަޕޯޓަރުންނަށް ބޭއަދަބީ އިޝާރާތްތަކެއް ކުރި ކަމަށް ތުހުމަތު ކުރެވެނީ އެންޓޮނީ ރުޑިގާ އާއި ވިނީޝިއުސް ޖޫނިއާ އަދި ކިލިއަން އެމްބާޕޭ އާއި ޑެނީ ސެބާޔޯސް އަށެވެ.

ޕެނަލްޓީ ޝޫޓައުޓް ކާމިޔާބު ކުރުމަށް ފަހު އުފާފާޅުކުރުމަށް ރުޑިގާ ވަނީ "ކަރު ކަނޑާލާ" ފަދައިން އިދިކޮޅު ސަޕޯޓަރުންނަށް އިޝާރާތް ކޮށްފަ އެވެ. އަދި އެމްބާޕޭ ބެސް ބޭއަދަބީ އިޝާރާތެއް ސަޕޯޓަރުންނާ ކުރާތަން ބައެއް މީޑިއާ ފޫޓޭޖްތަކުން ފެނެ އެވެ.

ސްޕެއިންގެ މީޑިއާތަކުން ހާމަކުރާ ގޮތުގައި އެތުލެޓިކޯ އިން ވަނީ މިދިޔަ ހަފްތާ ޔޫއެފާއަށް މި މައްސަލަ ހުށަހަޅައިފަ އެވެ.

މިއާ ގުޅިގެން ކުއާޓާ ފައިނަލްގައި އާސެނަލްއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށް މި ކުޅުންތެރިންނަށް ސަސްޕެންޝަނެއް އައިސްދާނެ ކަމަށް ސްޕެއިންގެ ބައެއް މީޑިއާތަކުން ލަފާކުރެ އެވެ. ނަމަވެސް އަނެއްބައި މީޑިއާތަކުން ހާމަކުރާ ގޮތުގައި ފުރަތަމަ ލެގުގެ ކުރިން މި މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންދާނެ ކަމުގެ ގެރެންޓީއެއް ނެތެވެ.

ޗެމްޕިއަންސް ލީގު 15 ފަހަރު ކާމިޔާބު ކޮށްފައިވާ ރެއާލުން ވާދަވެރި އެތުލެޓިކޯ، އެ ޓީމުގެ ދަނޑުގައި ބަލި ކުރީ 2-2 ގެ އެގްރިގޭޓަކުން އެއްވަނަރު ވުމުން ޕެނަލްޓީ ޝޫޓައުޓްގަ އެވެ.

ޝޫޓައުޓް ނިންމާލީ އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒް ޖެހި ޕެނަލްޓީ، ފައުލްކަމަށް ވީއޭއާރުގެ އެހީގައި ބަލައި، ޕެނަލްޓީ ކެންސަލް ކޮށްގެންނެވެ.