28 ނޮވެމްބަރ 2024
ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި އަދަދެއް ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ޖެހޭގޮތަށް ލާޒިމްކުރި ގަވާއިދާ ގުޅިގެން 70 ރިސޯޓަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ޝަކުވާ ހުށަހަޅައިފި އެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި އަދަދެއް ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ޖެހޭގޮތަށް ލާޒިމްކުރި ގަވާއިދާ ގުޅިގެން 70 ރިސޯޓަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ޝަކުވާ ހުށަހަޅައިފި އެވެ.
މިކަން "މިހާރު" އަށް ޔަގީންވެފައި ވީ ނަމަވެސް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޖަވާބެއް އަދި ނުލިބެ އެވެ.
ރިސޯޓުތަކުގެ އިތުރުން ހޮޓާތަކާއި ގެސްޓް ހައުސްތަކުން ވެސް ޝަކުވާ ހުށަޅާފައިވެ އެވެ. އެކަމަކު އެ އަދަދުތަކުގެ ތަފްސީލު ލިބޭ ގޮތެއް ނުވި އެވެ. ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ ޑޮލަރު މާރުކުރަން ޖެހޭތީ ގިނަ ގެސްޓްހައުސްތަކުގެ ޝަކުވާ ލިބޭ ކަމަށާއި ޝަކުވާ ހުށަހަޅާނެ ގޮތްތަކެއް ނިންމަމުން އަންނަ ކަމަށެވެ.
އެމްއެމްއޭ އިން ކުރިން ބުނެފައިވާ ގޮތުގައި، މިވަގުތު ރާއްޖޭގައި ހިންގާ 174 ރިސޯޓުގެ ތެރެއިން އެންމެ ރިސޯޓެއް ފިޔަވައި ހުރިހާ ރިސޯޓަކުން ވަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފަ އެވެ.
އެމްއެމްއޭ އިން އާންމުކުރި އާ ގަވާއިދުގައިވާ ގޮތުން، ޓޫރިޒަމް ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދަކަށް ބޭންކުތައް މެދުވެރިކޮށް ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.
ކެޓަގަރީ "އޭ" ގައި ހިމެނެނީ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކެވެ. އެ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، ޑޮލަރު މާރުކުރަން މަޖުބޫރުވާނެ އެވެ. ކެޓަގަރީ "ބީ" ގައި ހިމެނޭ ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.
އެމްއެމްއޭ އިން ބުނީ ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓް ބޭންކްތަކުން އެ އޮތޯރިޓީ އަށް ވިއްކަން ޖެހޭނެ ކަމަށެވެ.
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
ޓޫރިޒަމްގެ 80 ޕަސެންޓު ކުންފުނިތަކުން މުސާރަ ކުޑަކުރި
ޗައިނާ ޓޫރިސްޓުން 56 ޕަސެންޓް މަދުވި: އެމްއެމްއޭ
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ
ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގާނޫނު ހެދުން މުހިންމު
ޑޮލަރު މާރުކުރުމަށް އެއްވެސް ލުޔެއް ނުދެން: ގަވަރުނަރު
ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ސަލާމަތީ މިންގަނޑެއް