03 އޯގަސްޓް 2020
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ގާތްގަނޑަކަށް 80 ޕަސެންޓު ކުންފުނިތަކުން މުވައްޒަފުން ވަޒީފާ އިން ވަކިކޮށް، މުސާރަތައް ކުޑަކުރި ކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ގާތްގަނޑަކަށް 80 ޕަސެންޓު ކުންފުނިތަކުން މުވައްޒަފުން ވަޒީފާ އިން ވަކިކޮށް، މުސާރަތައް ކުޑަކުރި ކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.
އެމްއެމްއޭ އިން މިހެން ބުނީ މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ކުރިއަށް ގެންދިޔަ ބިޒްނަސް ސާވޭގަ އެވެ. ޓޫރިޒަމާއި ކޮންސްޓްރަކްޝަން ދާއިރާ އާއި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިތަކުގެ 93 ކުންފުންޏަކުން އެ ސާވޭގައި ބައިވެރިވި އެވެ.
ސާވޭގައި ބައިވެރިވި ގާތްގަނޑަކަށް 20 ޕަސެންޓު ކުންފުނިތަކުން ބުނެފައި ވަނީ ޓޫރިޒަމް ދާއިރާގެ މުސާރަތަކަށް ބަދަލު ނުގެންނަ ކަމަށެވެ. ރީޓެއިލް އާއި ހޯލްސޭލް ވިޔަފާރިތަކުގެ ގާތްގަނޑަކަށް 34 ޕަސެންޓު މުވައްޒަފުން ވަޒީފާތަކުން ވަކި ކުރަން ޖެހުނު އިރު 36 ޕަސެންޓު ވިޔަފާރިތަކުން ވަނީ މުސާރަތައް ކުޑަކޮށްފަ އެވެ. ސާވޭގައި ބައިވެރިވި ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިތަކުގެ ތެރެއިން މުވައްޒަފުން މަދުކޮށް، މުސާރަތަކަށް ކުޑަކޮށްފައިވަނީ ވަރަށް މަދު ކުންފުންޏަކުންނެވެ.
މިދިޔަ ދުވަސްތަކުގައި ކުންފުނިތަކަށް ބޮޑު ގެއްލުމެއް ލިބުނަސް، ތިން ވަނަ ކުއާޓަރުގައި ޓޫރިޒަމާއި ކޮންސްޓްރަކްޝަން ދާއިރާ އަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ސާވޭގައި ބައިވެރިވި ގިނަ ވިޔަފާރިތަކުން ލަފާކުރެ އެވެ. މައިގަނޑު ސަބަބަކީ، ކޮވިޑުން ރައްކާތެރިވުމުގެ ލޮކްޑައުން އަށް ވަރަށް ބޮޑު ލުޔެއް ގެނެސް، ރާއްޖޭގެ ބޯޑަރު ވިޔަފާރިތަކަށް އަލުން ހުޅުވައިލުމެވެ. ނަމަވެސް ސާވޭގައި ބައިވެރިވި ރީޓެއިލް އާއި ހޯލްސޭލް ވިޔަފާރިތަކުން ލަފާކުރާ ގޮތުގައި މި ކުއާޓަރުގައި ވެސް އާމްދަނީ ދާނީ އިތުރަށް ދަށްވަމުންނެވެ.
ވިޔަފާރި އަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް، ކުންފުނިތަކުގެ މާލީ ހާލަތު މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ވެސް އިތުރަށް ދަށަށް ދާނެ ކަމަށް ސާވޭގައި ބައިވެރިވި ޓޫރިޒަމް ދާއިރާގެ ގިނަ ކުންފުނިތަކުން ބުނެ އެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ރާއްޖެ އަށެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މައިނަސް 8.5-13 ޕަސެންޓާ ދެމެދަށް ވެއްޓޭނެ އެވެ.
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
އެމްއެމްއޭގެ އާ ގަވާއިދު: ތަންފީޒު ކުރެވޭނެ؟
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ހަނިމާދޫ އެއާޕޯޓުން ފައިދާވާން 8،000އެނދު ބޭނުންވޭ
ޓޫރިސްޓުން އިތުރަސް އާމްދަނީން 3 ބިލިއަން ގެއްލިއްޖެ
ކްރިޕްޓޯ ފައިސާއަށް ހުއްދަ ނުދޭތީ ސަލީމުގެ ނުރުހުން
ޔޫކްރެއިންގެ ހަނގުރާމަ: ޓޫރިޒަމަށް ބިރުބޮޑު!
ހަ މަސް ތެރޭގައި ކުރީގެ ހާލަތަށް ދެވޭނެ: އަފީފް