މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދެ ލައްކައަށް އަރައިފި އެވެ.
މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދެ ލައްކައަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދަކީ ރާއްޖެއަށް މިއަހަރު އައި ޓޫރިސްޓުންގެ 15 ޕަސެންޓެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު އެންމެ ގިނަ ޓޫރިސްޓުން އައީ ވެސް ޗައިނާއިންނެވެ.
ޗައިނާގެ އިތުރުން ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން ވަނީ 160،000 ޓޫރިސްޓުން އައިސްފަ އެވެ. އެއީ ޖުމްލަ އަދަދުގެ 12 ޕަސެންޓެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި އިނގިރޭސިވިލާތުން 126،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިއަހަރުގެ ޓޫރިސްޓުން އައި އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ ނުވަ ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1.2 މިލިއަން ޓޫރިސްޓުންނެވެ.
މިއީ ރާއްޖެއަށް އެންމެ މަދުން ޓޫރިސްޓުން އަންނަ ދުވަސްވަރެވެ. ޓޫރިސްޓުން އައުން އަނެއްކާވެސް އިތުރުވާން ފަށާނީ އޮކްޓޫބަރު މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އެއަށްފަހު އަނެއްކާވެސް ޕީކް ސީޒަން ފެށޭނެ އެވެ.
ޓޫރިސްޓުން އެންމެ ގިނައިން އައި 10 ގައުމު
1. ޗައިނާ
2. ރަޝިއާ
3. އިނގިރޭސިވިލާތް
4. އިޓަލީ
5. ޖަރުމަންވިލާތް
6. އިންޑިއާ
7. އެމެރިކާ
8. ފްރާންސް
9. ސްޕެއިން
10. ސްވިޒަލެންޑް
މިއަހަރުގެ ކޮންމެ މަހަކު ވެސް 100،000ރ. އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. އަދި ފެބްރުއަރީ އާއި މާޗް މަސް ފިޔަވައި ކޮންމެ މަހަކު ވެސް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓު އިތުރުވެފަ އެވެ. އެންމެ މަދުން ޓޫރިސްޓުން އައިސްފައިވަނީ ފެބްރުއަރީ މަހު އެވެ.
މިއަހަރު އެވްރެޖުކޮށް ދުވާލަކު 6،100 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ރާއްޖޭގައި 64،000 އެނދު ބޭނުން ކުރަމުން އަންނައިރު އޭގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓު ނިސްބަތް ވަނީ ރިސޯޓުތަކަށެވެ.
ދައުލަތުގެ ބަޖެޓު ފޮތުގައިވާ ގޮތުން އަމާޒަކީ މިއަހަރު 2.2 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.
ޖަރުމަނުން ވެސް އެއް ލައްކަ ޓޫރިސްޓުން
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވާއިދު އެކުލަވާލައިފި
ޓޫރިސްޓުން އައި އަދަދު 9.6 ޕަސެންޓު އިތުރު
5 އަހަރު ތެރޭ 112 ޓޫރިސްޓުން މޫދުގައި މަރުވި!
ހަލާލު ޓޫރިޒަމަށް 6 ރަށެއް، އަގުތައް މިލިއަނުން ތިރި
ޓޫރިޒަމަށް 31 ރަށް: 30-70 ޕަސެންޓް ޑިސްކައުންޓް
އަހަރުގެ މިލިއަން ވަނަ ޓޫރިސްޓަށް އިންޑިއާ ރައްޔިތެއް
"މިހާތަނަށް 13 ރަށެއް ރިސޯޓް ހަދަން ދޫކޮށްފައިވޭ"
ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އިނގިރޭސިވިލާތުން
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ