އެމެރިކާގައި ސިކުންގެ މީހަކު މަރަން ރާވައި އެކަމަށް ތައްޔާރުވަމުން ދިޔަ ކަމުގެ ތުހުމަތުކުރެވުނު އިންޑިއާގެ "ޖާސޫސް" އިންޑިއާގެ ސަރުކާރުގެ ވަޒީފާއިން ވަކިކޮށް އެކަން އަންގާފައިވާ ކަމަށް އެމެރިކާއިން އިއްޔެ ބުނެފި އެވެ.
އެމެރިކާގައި ސިކުންގެ މީހަކު މަރަން ރާވައި އެކަމަށް ތައްޔާރުވަމުން ދިޔަ ކަމުގެ ތުހުމަތުކުރެވުނު އިންޑިއާގެ "ޖާސޫސް" އިންޑިއާގެ ސަރުކާރުގެ ވަޒީފާއިން ވަކިކޮށް އެކަން އަންގާފައިވާ ކަމަށް އެމެރިކާއިން އިއްޔެ ބުނެފި އެވެ.
މިއީ ހަމަ މިފަދަ މައްސަލައެއްގައި އިންޑިއާ އާއި ކެނެޑާއާ ދެމެދު މައްސަލަޖެހިފައި ވާއިރު އިންޑިއާ އިން އަމަލުކުރި ގޮތާ މުޅިން އިދިކޮޅެވެ. ކެނެޑާގައި ސިކުންގެ މީހަކު މަރާލި މައްސަލައިގައި އިންޑިއާގެ ޖާސޫސީ އެޖެންޓަކަށް ތުހުމަތުކުރުމާ އެކު އިންޑިއާއިން ވަނީ ކެނެޑާގެ ފަސް ޑިޕްލޮމެޓަކު އިންޑިއާއިން ބޭރުކޮށްފަ އެވެ. އަދި ރައްދުގައި ކެނެޑާއިން ވެސް އެގޮތަށް އަމަލުކޮށްފައި ވާއިރު ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރަމުންނެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ވިދާޅުވީ ތަހުގީގާ ގުޅޭ ގޮތުން އިންޑިއާއިން އެންމެ ފަހުގެ މައުލޫމާތު ދީފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އިންޑިއާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވެސް ވަރަށް ކާމިޔާބު ކަމަށެވެ.
"ޖަސްޓިސް ޑިޕާޓްމަންޓުން ތުހުމަތުކޮށްފައިވާ މީހާ އަކީ މިހާރު އިންޑިއާ ސަރުކާރުގެ މުވައްޒަފެއް ނޫންކަން ވަނީ އަންގާފައި،" އޭނާ ވިދާޅުވި އެވެ.
"އިންޑިއާގެ އެއްބާރުލުމާ މެދު ހިތްހަމަޖެހޭ."
އެމެރިކާގެ ޕްރޮސިކިއުޓަރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުފުލި ދައުވާގައި ތުހުމަތުކޮށްފައިވާ އިންޑިއާ މީހާ މަސައްކަތްކުރީ ސިކުންނަށް "ޚާލިސްތާން" ގެ ނަމުގައި ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރާ ހަރަކާތުގައި އުޅޭ ގުރްޕަތުވަންތު ސިންގް ޕަނޫން ނިއު ޔޯކްގައި މަރާލަން ކަމަށެވެ. ތުހުމަތުވާ މީހާގެ ނަން ހާމަނުކޮށް ބުނެފައިވަނީ އެއީ "އިންޑިއާ ސަރުކާރުގެ މުވައްޒަފެއް" ކަމަށެވެ. އޭނާ މަސައްކަތްކުރީ ސިކުންގެ މީހާ މަރާލުމަށް ހަމަލާ ދޭނެ މީހަކު ހޯދަން ކަމަށާއި އެކަމަށް ބޭނުންވާ 15،000 ޑޮލަރު ވެސް ހަމަޖައްސައިދީފައިވާ ކަމަށް ދައުވާގައިވެ އެވެ.
އިންޑިއާގެ ހިންދުސްތާން ޓައިމްސް އިން އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ކަމަށް ބުނެ ރިޕޯޓްކޮށްފައިވާ ގޮތުގައި ތުހުމަތުކުރެވޭ މީހާ ވަނީ ވަޒީފާއިން ވަކިކޮށް އަދި އެހެން މައްސަލައެއްގެ ތުހުމަތަށް ހައްޔަރު ވެސް ކޮށްފަ އެވެ. އެކަމަކު އެ މީހާ ހައްޔަރުކުރި ކަމެއް ސްޓޭޓް ޑިޕާޓްމަންޓުން ކަށަވަރުކޮށެއް ނުދެ އެވެ.
މިދިޔަ އޭޕްރީލް މަހު ވޮޝިންޓަން ޕޯސްޓުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވެނީ ވިކްރަމް ޔަދާވް ކިޔާ މީހަކަށެވެ. އޭނާ އަކީ އިންޑިއާގެ ޖާސޫސީ އިދާރާ ރިސާޗް އެންޑް އިންޓެލިޖެންސް ވިންގް (ރޯ) ގެ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެމެރިކާއިން މި މައްސަލަ މާބޮޑަށް އާންމު ނުކޮށް އިންޑިއާ ސަރުކާރާ ގުޅިގެން ކުރިއަށް ގެންދިޔަ ނަަމަވެސް ކެނެޑާއިން ދަނީ ފާޅުގައި ހުރިހާ ތުހުމަތެއްގެ ވާހަކަ ދައްކަމުންނެވެ. -- އޭއެފްޕީ
އެންކްރިޕްޓެޑް އެޕްތަކަށް އެކްސެސް ހޯދަން އެއްބަސްވުމެއް
ޓެރިފް ބޮޑުކުރިޔަސް ބޮލެއް ނުލަނބާނަން: އިންޑިއާ
އެމެރިކާގެ އަދަބަށް ނުބަލައި އިންޑިއާ ހިންދެމިލަނީ!
ޓްރަމްޕުގެ ފޯނަށް މޯދީ ޖަވާބެއް ނުދެއްވާ: ރިޕޯޓް
އިންޑިއާ-ޗައިނާގެ "ބޯޑަރު ވިޔަފާރި" އަލުން ފަށަނީ
އިންޑިއާގެ މުދަލުން އެމެރިކާއިން 50 ޕަސެންޓް ޓެރިފް
ރަޝިޔާގެ ތެޔޮ ގަންނާތީ އިންޑިއާގެ ޓެރިފް ބޮޑުކުރަނީ
އެމެރިކާ-އިންޑިއާގެ ބާރުގަދަ ސެޓެލައިޓެއް ލޯންޗުކޮށްފި
އެމެރިކާއިން އިންޑިއާގެ މުދަލުން 25 ޕަސެންޓް ޓެރިފް
އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލައިފި