Roadha Mihaaru
ކެއްސާތީ ބޭނުންކުރާ ބޭހެއް ރާއްޖޭގައި މަނާކޮށްފި

ކެއްސާތީ ބޭނުންކުރާ ބޭހަކުން ކުނޑިތަކެއް ފެނިގެން މަނާކޮށްފި

19 އޯގަސްޓް 2024

ރާއްޖޭ އެތެރެކޮށް، ވިއްކަމުން އަންނަ ކޮފްސީ ސިރަޕް ވިއްކުން މިއަދުން ފެށިގެން ސަރުކާރުން މަނާކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭ އެތެރެކޮށް، ވިއްކަމުން އަންނަ ކޮފްސީ ސިރަޕް ވިއްކުން މިއަދުން ފެށިގެން ސަރުކާރުން މަނާކޮށްފި އެވެ.

މިއީ ކެއްސާތީ ކުޑަކުދިންނަށް ވެސް ދޭ ސިރަޕެކެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު އެލާޓެއްގައި ބުނީ، ރާއްޖޭގައި ބޭނުންކުރަމުންދާ ކޮފްސީ ސިރަޕުން ކުނޑިތަކެއް ހުންނަ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކަން އިތުރަށް ބެލުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށާއި ވަކި ގޮތެއް އަންގަންދެން އެ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވެސް މަނާކޮށްފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.