Roadha Mihaaru
ބުއްފުޅި އާއި ތުން އެމްއެފްޑީއޭގައި ރަޖިސްޓްރީކުރަންޖެހޭ

ބުއްފުޅި އާއި ބުއްފުޅީގެ ތުން ރާއްޖެ އެތެރެކުރާއިރު އެމްއެފްޑީއޭގައި ރަޖިސްޓަރީ ކުރަން އަންގައިފި

01 ފެބުރުއަރީ 2024

ކުޑަކުދިންގެ ބުއްފުޅި އާއި ބުއްފުޅީގެ ތުން ރާއްޖެ އެތެރެކުރާއިރު އަންނަ އޮގަސްޓް މަހުން ފެށިގެން އެމްއެފްޑީއޭގައި ރަޖިސްޓްރީ ކުރަން އެ އޮތޯރިޓީން އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަކުދިންގެ ބުއްފުޅި އާއި ބުއްފުޅީގެ ތުން ރާއްޖެ އެތެރެކުރާއިރު އަންނަ އޮގަސްޓް މަހުން ފެށިގެން އެމްއެފްޑީއޭގައި ރަޖިސްޓްރީ ކުރަން އެ އޮތޯރިޓީން އަންގައިފި އެވެ.

ބޭހާއި ކާތަކެތީގެ ރައްކާތެރިކަމަށް މަސައްކަތްކުރާ އިދާރާ އިން ކުރި އިއުލާނެއްގައި ބުނީ 2015 ވަނަ އަހަރު އާއްމުކުރި، ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައި ބަޔާންކުރާ ތަކެތި ރާއްޖެ އަށް އެތެރެކުރުމަށް މިހާތަނަށް ހުއްދަ ދެމުން ދިޔައީ ދިރިތި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށް ފަހު ކަމަށެވެ.

އެކަމަކު، މިހާރަކަށް އައިސް އެ ތަކެތި ރަޖިސްޓަރީ ނުކޮށް އިމްޕޯޓު ކުރާ ކަމަށް އިއުލާނުގައި ބުންޏެވެ. އެހެންވެ، ކުޑަކުދިންނާ ގުޅޭ ތަކެތި އެތެރެކުރާއިރު އަންނަ ޖުލައި 31 ގެ ފަހުން އެމްއެފްޑީއޭގައި ރަޖިސްޓަރީ ކުރަން ވަނީ އަންގައިފަ އެވެ.

އެ ގަވައިދުގައިވާ ގޮތުން، އުމުރުން ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި އެއް އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތަކާއި އަދި ބުއްފުޅި އާއި ބުއްފުޅީގެ ތުން ވިއްކޭނީ ރަޖިސްޓަރީ ކޮށްގެންނެވެ.

އެއާ ހިލާފަށް ވިއްކުމަކީ މަނާ ކަމެއް ކަމަށް ބުންޏެވެ.