ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ހުޅުމާލެ 1 ގައި އިމާރާތްކުރާ "ސަނާބިލް" ގެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދުމަށް 60 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކައިފި އެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ހުޅުމާލެ 1 ގައި އިމާރާތްކުރާ "ސަނާބިލް" ގެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދުމަށް 60 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކައިފި އެވެ.
މިއީ ރާއްޖޭގައި އިމާރާތްކުރުމުގެ މަޝްރޫއަކަށް ބޭނުންވާ ފައިސާ ހޯދަން ވިއްކި ފުރަތަމަ ސުކޫކު އިސްތިސްނާ އެވެ.
އެއް މިލިއަން ރުފިޔާގެ މޫނުމަތީ އަގުގެ 60 ސުކޫކު ވިއްކަން އައިޔޫއެމުން މިދިޔަ ޖޫން މަހުގެ ތެރޭގައި ހުޅުވާލީ، ޔުނިވާސިޓީގެ "ސަނާބިލް" އިމާރާތެއް އެޅުމަށެވެ.
އެއީ 8 ފްލޯ އަށް ހަދާ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ އިމާރާތެކެވެ. އެ އިމާރާތުގައި އޮޑިޓޯރިއަމާއި ހޯލާއި ލެބޯރެޓްރީތަކާއި ކްލާސްރޫމްތައް އަދި އޮފީސް ޖާގަތައް ހިމެނެ އެވެ. އެ ތަންތަން އާންމުންނަށް ކުއްޔަށް ދޫކޮށްގެން ޔުނިވާސިޓީ އަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމަކީ ސްޓްރެޓެޖިކް އަމާޒެކެވެ.
ސުކޫކު ވިއްކަން ހުޅުވައިލި މުއްދަތުގެ ތެރޭގައި، ބޭނުންވާ އަދަދަށް ފައިސާ ލިބިފައިވާ ކަމަށް އައިޔޫއެމުން ބުންޏެވެ.
"މިއީ ހަމައެކަނި، ޓާޝަރީ ތައުލީމަށާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ކުރެވެނު އިންވެސްޓްމަންޓެއް ނޫން. މި އިންވެސްޓުމަންޓުގެ ސަބަބުން، ދިވެހި ޒުވާނުންގެ މުސްތަގުބަލާއި މުޅި މުޖުތަމައުގެ ކުރިއެރުމަށް ވެސް އެދެވޭ ފައިދާ ކުރާނެ،" މި ސުކޫކުގައި އިންވެސްޓުކުރި ފަރާތްތަކަށް ޝުކުރު އަދާކޮށް އައިޔޫއެމުން ބުންޏެވެ.
ސުކޫކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ވަކި އޮނިގަނޑަކަށް އެކުލަވާލައި، ކޮންވެންޝަނަލް ބޮންޑާ އެއްފަދައިން، ފައިދާއެއް ލިބޭ ގޮތަށް ހަދާފައިވާ އިންވެސްޓްމަންޓް ޕްރޮޑަކްޓެކެވެ. ކޮންމެ ސުކޫކެއްގެ އޮނިގަނޑު އެކުލަވާލާއިރު އެ ސުކޫކުގެ ފަހަތުގައި އާމްދަނީ ނުވަތަ މަންފާ ލިބޭނެ އެސެޓެއް އެކުލެވެ އެވެ. ސުކޫކްގެ އިންވެސްޓަރުންނަށް ފައިދާ ބަހާނީ އެ ސުކޫކެއް ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ މުދަލަކުން ލިބޭ އާމްދަނީ ބޭނުންކޮށްގެންނެވެ.
އައިޔޫއެމް އިން 60 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަނީ
އިލްމުވެރިން ފަރުވާކުޑަކޮށްފިނަމަ ގައުމު ދާނީ ފަހަތަށް
ޝައިހު އިސްމާއިލަށް އައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން
ލޯފަން ތިންބެއިންނަށް އޮތީ ޕީއެޗްޑީ، ދޫދިނުމެއް ނެތް!
ޝަރުތުހަމަނުވާ މީހަކަށް ވަޒީފާ ދިން މައްސަލަ ޕީޖީ އަށް
ބީއެމްއެލް އިސްލާމިކްއަށް 2.4 ބިލިއަންގެ ޑިޕޮސިޓް
އައިޔޫއެމްއިން އާމްދަނީ ހޯދަން އިމާރާތެއް އަޅަނީ
ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ ހަތް ޕަސެންޓް މީހުން
މާލޭގައި ދުއްވާ ވެހިކަލްތަކުގެ 92 ޕަސެންޓަކީ ސައިކަލް
އައިކެއާ ސުކޫކު: ދެވަނަ ފަހަރަށް ފައިދާ ބަހައިފި