އިސްލާމީ ޔުނިވާސިޓީގެ ސަނާބިލް ބިލްޑިން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
12 އެޕްރީލް 2025
އިސްލާމީ ޔުނިވާސިޓީގެ ސަނާބިލް ބިލްޑިން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު ވަނީ މަޝްރޫއު ފައްޓަވައިދެއްވުމުގެ ގޮތުން ކޮންކްރީޓް އަޅުވައިދެއްވައިފަ އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ސަނާބިލް ބިލްޑިންއަކީ އެ ޔުނިވާސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގާ މަޝްރޫއެކެވެ. އެ އިމާރާތް އަޅަނީ ހުޅުމާލޭގަ އެވެ.
އެ މަޝްރޫއުގެ ދަށުން ޔުނިވާސިޓީގެ ބިމެއްގައި ހަތް ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެ އިމާރާތުގައި އޮފީސް ސްޕޭސްތަކާއި ފުޑް ކޯޓާއި މީޓިން ރޫމްތަކާއި އޮޑިޓޯރިއަމް އަދި ކޮމާޝަލް ޕާކިން ޖާގަތައް ހިމެނެ އެވެ.
އެ މަޝްރޫއަކީ އިސްލާމިކް ފައިނޭންސްގެ ސުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން އިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގާ އެންމެ ފުރަތަމަ މަޝްރޫއު އެވެ.
މި މަޝްރޫއު ހިންގުމަށް ރާއްޖޭގެ ކެޕިޓަލް މާކެޓްގައި އެއް މަސްދުވަހުގެ މުއްދަތަށް އައިޔޫއެމްގެ ސުކޫކު ސަބްކްރިޕްޝަންއަށް ހުޅުވާލީ އޮގަސްޓް، 2024 ގައެވެ. އަދި އެ މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކުރީ ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް އިސްލާމިކް އިންނެވެ. އެ މަޝްރޫއު ފެށުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓެއްގައިވަނީ އެ މަޝްރޫއުއަށް ފައިސާ ނުލިބި އެތައް އަހަރެއް ވެފައި ވަނިކޮށް ރައީސްގެ އިސް ނެންގެވުމުގެ ދަށުން ބީއެމްްއެލް އިސްލާމިކް އިން އެ މަޝްރޫއުއަށް ފައިސާ ހަމަޖެހިގެން ދިޔުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ.
އެ އިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސް ދުވަހުންނެވެ.
އިލްމުވެރިން ފަރުވާކުޑަކޮށްފިނަމަ ގައުމު ދާނީ ފަހަތަށް
ޝައިހު އިސްމާއިލަށް އައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން
ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ ހަތް ޕަސެންޓް މީހުން
މާލޭގައި ދުއްވާ ވެހިކަލްތަކުގެ 92 ޕަސެންޓަކީ ސައިކަލް
ހިޔާގެ 4 ޓަވަރެއްގެ ލިފްޓުތައް ނިންމައި ޓެސްޓުކުރަނީ
ކްރިމިނަލް ކޯޓު އިމާރާތުގެ މަސައްކަތް ބައްލަވާލައްވައިފި
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް
ރޯދައިގެ ކުރިން ފްލެޓް ލިސްޓު އާންމުކުރާނަން: ރައީސް
"ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެކަން ސާފުވޭ"
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި