މާލެ ސަރަހައްދުގައި ދުއްވާ ލައްކައަކަށް ވުރެ ގިނަ ވެހިކަލްގެ ތެރެއިން 92 ޕަސެންޓަކީ މޮޓޯސައިކަލު ކަމަށް މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
10 އެޕްރީލް 2025
މާލެ ސަރަހައްދުގައި ދުއްވާ ލައްކައަކަށް ވުރެ ގިނަ ވެހިކަލްގެ ތެރެއިން 92 ޕަސެންޓަކީ މޮޓޯސައިކަލު ކަމަށް މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
މިއީ، މާލޭ ސިޓީ ކައުންސިލުން މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދު ކަނޑައެޅުމަށާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ކުރިން، މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުގެ ހާލަތު ބެލުމަށް އެ ކައުންސިލުން އައިޔޫއެމްއާ ހަވާލުކޮށްގެން ކުރި ދިރާސާއެކެވެ.
އައިޔޫއެމް އިން ކުރި ދިރާސާގެ ރިޕޯޓް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުގައި، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި މި ވަގުތު ދުއްވާ ވެހިކަލްތަކުގެ ޖުމްލަ އަދަދަކީ 119،472 އެވެ. އޭގެ ތެރެއިން 103،300 ވެހިކަލަކީ މޮޓޯސައިކަލެވެ. އެއީ މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލްގެ 92.7 ޕަސެންޓެވެ.
ބާކީ 7.3 ޕަސެންޓަކީ ކާރާއި އެހެން ވައްތަރުގެ ވެހިކަލްތަކެެވެ. މާލެ ސަރަހައްދުގައި މި ވަގުތު 7،505 ކާރު ދުއްވަ އެވެ.
މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލްގެ ތެރޭގައި އެންމެ ގިނައީ މޮޓޯސައިކަލާއި ކާރު ކަމަށް ވާތީ، ވެހިކަލްގެ މައްސަލަ ހައްލުކުރުމުގައި މި ދެ ވައްތަރުގެ ވެހިކަލަށް އަމާޒުކޮށް، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގަިއ ހާއްސަ ފިޔަވަޅު އެޅުމަށް މި ދިރާސާގައި ސިޓީ ކައުންސިލަށް ލަފާދީފައިވެ އެވެ.
މާލެ ބޮޑުތަކުރުފާނު މަގުން ގިނަ އަދަދެއްގެ މޮޓޯސައިކަލު ދަތުރުކުރަނީ: މާލެ ސަރަހައްދުގައި އެންމެ ގިނައިން ދުއްވަނީ މޮޓޯސައިކަލް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ސަރަހައްދުގެ މަގުތަކަށް ބާރުބޮޑުވުން ކުޑަކުރުމަށާއި ޕާކިންގެ މައްސަލަ ހައްލުކުރުމަށް އަދި ވައި ތަޣައްޔަރުވުން ކުޑަކުރުމަށް މި ދެ ވައްތަރުގެ ވެހިކަލް މަދުކުރުން އަވަސްކުރުމަށް ލަފާދީފައިވެ އެވެ. އަދި މި ދެ ވައްތަރުގެ ވެހިކަލް މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޕާކިން ފީއެއް ނަގަން ފަށަން ވެސް ލަފާ ދީފައިވެ އެވެ.
މާލެ ސަރަހައްދުގައި ވެހިކަލް އިތުރުވާ ސަބަބުތައް ވެސް މި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛
• މި ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އާބާދީ މާ ބޮޑަށް އިތުރުވުން
• ބޭނުންކޮށްފައި ހުންނަ ވެހިކަލް ރާއްޖެއަށް އިމްޕޯޓްކުރާ ވަރު އިތުރުވުން
• ފަސޭހައިން ވެހިކަލް ނެގޭނެ ފައިނޭންސިން ސްކީމްތައް ހުރުން
• ރޯޑްވާދިނެސްގެ ކަންކަން މޮނިޓާނުކުރެވުން
• ހަމައެއްލަމައެއް ނެތި މަގުތައް މަތީގައި ވެހިކަލް ޕާކްކުރެވޭނެ ގޮތަށް އޮތުން
• ޕަބްލިކް ޓްރާންސްޕޯޓާއި ޓެކްސީގެ ހިދުމަތުގެ ފެންވަރު ދަށްވުން
މާލެ ސަރަހައްދުގެ މަގުތަކުގެ އަދަދާއި މަގުތަކުގެ ފުޅާމިނާއި ޕާކިން ޖާގަ ހުރި އަދަދާއި އެހެނިހެން ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، މި ސަރަހައްދުގައި ބޭނުންކުރެވޭނެ މޮޓޯސައިކަލާއި ކާރުގެ ލިމިޓެއް ކަމަށް ކަނޑައަޅަން ފެންނަނީ 51،904 ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.
އެ ދިރާސާގައި ބުނެފައި ވަނީ މޮޓޯސައިކަލާއި ކާރާއި އެހެނިހެން ވައްތަރުގެ ވެހިކަލްތައް ހިމެނޭ ގޮތަށް މާލެ ސަރަހައްދުގައި ވެހިކަލް ލިމިޓެއް ކަމަށް ކަނޑައަޅަން ފެންނަނީ 89،413 ކަމަށެވެ.
ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ ހަތް ޕަސެންޓް މީހުން
ވެހިކަލްގެ މުއްދަތާބެހޭ ދިރާސާ ހަދަން އައިޔޫއެމްއަށް
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
ތޮއްޖެހުން ކުޑަކުރަން މަގުތަކުން 108އުޅަނދު ނަގައިފި
އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
ވަޅު އީދު ދުވަހުގެ ހަވީރު މިހާރު ވެހިކަލް ދުއްވޭނެ
ހުޅުމާލޭގައި ވެސް އީދުދުވަހު ހަވީރު ވެހިކަލް ނުދުއްވޭނެ
ފައިމަގުގައި އުޅޭ ވަގުތު ބްރިޖުން މާލެ އައުމުން ހުރަސް
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް