02 ޖޫން 2019
ހުޅުމާލޭގައި ވެސް ފިތުރު އީދު ދުވަހުގެ ހަވީރު އިންޖީނުލީ އުޅަނދު ނުދުއްވޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ހަމަޖައްސައިފި އެވެ.
ހުޅުމާލޭގައި ވެސް ފިތުރު އީދު ދުވަހުގެ ހަވީރު އިންޖީނުލީ އުޅަނދު ނުދުއްވޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ހަމަޖައްސައިފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީގެ މި ނިންމުން އައިއިރު، މާލޭ ސިޓީ ކައުންސިލުން އިއްޔެ ހަމަޖައްސާފައި އޮތީ އީދު ދުވަހާއި ވަޅު އީދު ދުވަހުގެ ހަވީރު 4:00 ން 6:30 އަށް ވެހިކަލް ދުއްވުން މަނާ ވާނީ މާލެ އާއި ވިލިމާލޭގައި ކަމަށެވެ. އެކަމަކު، ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުން މާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި ވެސް އީދު ދުވަހުގެ އެ ވަގުތުގައި ވެހިކަލްތައް ދުއްވުން މަނަލެވެ. ނަމަވެސް، ޓްރާންސްޕޯޓު އޮތޯރިޓީގެ އިއުލާނުގައިވާ ގޮތުން ވަޅު އީދު ދުވަހު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނަލެއް ނޫނެވެ. މަނަލީ ހަމައެކަނި އީދު ދުވަހެވެ.
މިއީ، މި އަހަރުގެ ކުޑަ އީދާ ގުޅިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ ކުޅިވަރުތަކުގައި އާންމުންނާއި އާއިލާތަކަށް ފަސޭހަ އިން ބައިވެރިވެވޭނެ ގޮތް ފަހިކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
ކަލަންޑަރުގައި ވާ ގޮތުން ފިތުރު އީދު ދުވަހަކީ އަންގާރަ ދުވަހެވެ.
1440 vana aharuge Fithuru Eid Dhuvahaa gulhigen Male', Hulhumale adhi Villingili gai 04 June 2019 vana dhuvahuge haveeru 16:00 in 18:00 ah engine lee ehgamu ulhandhu nudhuvvaa gothah hamajassavaifi. @TrafficPoliceMv @MaleCitymv pic.twitter.com/nN81kItVUK
— Transport Authority (@TransportMV) June 2, 2019
ޓްރާންސްޕޯޓު އޮތޯރިޓީގެ ޓުވީޓު
އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާކުރި ނަމަވެސް ޒަރޫރީ ހިދުމަތްތައް ދޭ އުޅަނދުތަށް ދުއްވޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްބިއުލާންސާއި ސަލާމަތީ ބާރުތަކުގެ އުޅަނދުތަކުގެ އިތުރުން ހާއްސަ އެހީ އަށް ބޭނުންވާ މީހުން ދުއްވާ ހާއްސަ ސައިކަލާއި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ފޯރުކޮށްދޭ އުޅަނދުތަކެވެ،
ސިޓީ ކައުންސިލުގެ ހާއްސަ ހުއްދަ ހޯދާ ފަރާތްތަކަށް ވެސް އެވަގުތު އިންޖީނުލީ އުޅަނދު ބޭނުންކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ. އޭގެ ތެރޭގައި ފުރާމީހުން ބޭނުންކުރަން ހުއްދަ ދޭ ޕިކަޕާއި ޓެކްސީ ހިމެނެ އެވެ. އެ އުޅަނދުތަކަށް ދޫކުރާ ހުއްދަ އާންމުންނަށް ފެންނަ ގޮތަށް އޭގައި ހަރުކޮށްފައި ހުންނަން ޖެހޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުންޏެވެ.
ގަވާއިދާ ހިލާފަށް އީދު ދުވަހު އިންޖީނުލީ އުޅަނދު ބޭނުންކުރާ މީހުން 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެ އެވެ.
ވަޅު އީދު ދުވަހުގެ ހަވީރު މިހާރު ވެހިކަލް ދުއްވޭނެ
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
މަނާ ވަގުތު ދުއްވުމުން 97 މީހަކަށް ފިޔަވަޅު އެޅި
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
ބޮޑު ޖަމާއަތުގެ އިތުރުން 27 މިސްކިތެއްގައި އީދު ނަމާދު ކުރާނެ
ކޮންސްޓެބިއުލަރީ ހިދުމަތް ދިނުމަށް އެއްބަސްވުން ހަދައިފި
ކައުންސިލްގެ މަޝްރޫތައް ހުއްޓުވަނީ ސަރުކާރުން: މުއިއްޒު