31 މެއި 2024
މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައި އެންމެ މަތީ ފެންވަރުގެ ނުވަތަ ފަސްތަރީގެ ފާހާނާތަކެއް ހެދުމަކީ އޭނާގެ އަމާޒެއް ކަމަށާއި އެހެންވެ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެކަން ހާސިލް ކުރައްވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައި އެންމެ މަތީ ފެންވަރުގެ ނުވަތަ ފަސްތަރީގެ ފާހާނާތަކެއް ހެދުމަކީ އޭނާގެ އަމާޒެއް ކަމަށާއި އެހެންވެ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެކަން ހާސިލް ކުރައްވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
"މާލެ، ވިލިމާލެ، ހުޅުމާލޭގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހުންނާނީ ފަސްތަރީގެ ރީތި ފާހާނާ،" މާލެ ސަރަހައްދުގެ މިސްކިތްތައް ސާފުކުރުން ހަމައެކަނި ދިވެހިންނާ ހަވާލުކޮށް، ސާފުތާހިރުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ހާއްސަ ހަފުލާގައި އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފާހާނާތައް ސާފުކޮށް، ރީތިކޮށް ބެހެއްޓުމަކީ ގައުމެއްގެ ކުރިއެރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ގެއަކަށް ވަދެފައި، ފާހާނާ އަށް ވަދެފައި ބަލައިފި ކަމަށް ވަންޏާ ރީތި ފާހާނާއެއް ހުރެއްޖިއްޔާ ބަލާނެ ކަމެއް ނެތް އެއީ ސާފުތާހިރުކޮށް އުޅޭ ބައެއް. އެއީ މިންގަނޑެއް. އެހެންވީމާ ހާއްސަކޮށް އަޅުގަނޑުމެން މިސްކިތަށް އަރައި ފާހާނާއަކަށް ވަދެލާފައި މިސްކިތަށް އަރައިގެން ދާއިރުގައި ފާހާނާ ހަޑިކޮށް، ނަޖިސްކޮށް ހުރެ، އެ ނަޖިހާ އެއްކޮށް މިސްކިތަށް އެރިއްޖިއްޔާ ވަރަށް ދެރަކަމެއް އެ ކުރެވުނީ،" އިސްލާމީ މަރުކަޒުގައި ބޭއްވި ހަފުލާގައި މޭޔަރު ވިދާޅުވި އެވެ.
އުނދަގޫ ވާ ވަރަކަށް އަޅުގަނޑަށް އަންނަނީ ފޯރި. އަޅުގަނޑު ބޭނުންވަނީ އިތުރަށް މަސައްކަތް ކުރަން ގަދައަޅައި. އެއީ ކުރަންޖެހޭ ކަމެއް އަޅުގަނޑުމެންނަށް ކުރިމަތި ކޮށްފައި އޮތީމާ.--- އާޒިމް
އާޒިމް ވިދާޅުވި ގޮތުގައި މިސްކިތްތައް އަދި މިސްކިތްތަކުގެ ފާހާނާތައް ސާފުކޮށް ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެކަމަކު، ދަތިކަމެއް ކުރިމަތިވުމަކީ އެ ކަމެއް ހުއްޓާލުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ކުރަންޖެހޭ ކަމަކީ އިތުރަށް އަޒުމް ވަރުގަދަކޮށް، އެ ކަމެއް ކާމިޔާބު ކުރަން މަސައްކަތް ކުރުން ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އުނދަގޫ ވާ ވަރަކަށް އަޅުގަނޑަށް އަންނަނީ ފޯރި. އަޅުގަނޑު ބޭނުންވަނީ އިތުރަށް މަސައްކަތް ކުރަން ގަދައަޅައި. އެއީ ކުރަންޖެހޭ ކަމެއް އަޅުގަނޑުމެންނަށް ކުރިމަތި ކޮށްފައި އޮތީމާ. އެހެންވީމާ ދަތިވުމާއި އުނދަގޫވުމާއި ވަރުބަލިވުމާއި ފޫހިވުމަކީ މަސައްކަތަކަށް ނުކުމެފައި ހުންނަ މީހަކަށް އެއްވެސް ކަހަލަ އޮޕްޝަނެއް ނޫން،" މޭޔަރު ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުމުގައި މޭޔަރު އާޒިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި ފަތިސް ނަމާދުކޮށްގެން ނުކުމެ ގަދައަށް މަސައްކަތް ކުރަންވީ އެވެ. އަދި މަސައްކަތް ކުރަންވީ ތިމާ ކުރާ ކަމަކުން އަނެއް މީހާ އަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނެކަން އަޒުމެއްގެ ގޮތުގައި ކަނޑައަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނޫނިއްޔާ އަޅުގަނޑުމެން މަސައްކަތަށް ނުކުމެގެން ނުވާނެ،" މޭޔަރު ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުމަށް ދިޔަ ބައެއް މީހުން.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އޭނާ ވިދާޅުވީ، އެކުވެރިކަމާއި ލޯތްބާއި އަޅާލުމަކީ ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުންނަންޖެހޭނެ ކަމެއް ކަމަށެވެ. ހާއްސަކޮށް އެއްބަޔަކު އަނެއް ބަޔަކަށް އެއްޗެހޮ ގޮވައި ހެދުމަކީ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މިހާ ބޮޑު މަސައްކަތްތެރިންތަކެއް އުޅޭއިރު އަންނާނެ އުނދަގޫވާ ގަޑިގަޑި ވެސް. ދަތިވާ ގަޑި ވެސް. ހިތްހަމަނުޖެހޭ ގަޑި ވެސް. ކޮންމެ މީހަކީ ވެސް ތަފާތު މީހެއް. އެހެންވީމާ އެ ކަހަލަ ގަޑިތަކުގައި ވެސް އަޅުގަނޑު އެދެނީ ކެއްތެރިކަމާ އެއްކޮށް، އޯގާތެރިކަމާއި ލޯތްބާ އެއްކޮށް ވާހަކަ ދައްކައި ކަންތައްތައް ހައްލު ކުރަން މަސައްކަތް މަސައްކަތް ކުރުން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވިގޮތުގައި އާންމު ތަންތަނާގައި ވެސް އަދި އޮފީހުގައި ވެސް މީހުންނާ ޒުވާބުކުރާ ތަނެއް އޭނާގެ ފަރާތުން ނުފެންނާނެ އެވެ. މީހުން ނެތް ތަންތާނގައި އެއްޗެހި ގޮވާތަނެއް ވެސް ނުފެންނާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމާއި މޭޔަރު އާޒިމް އަދި އިސްލާމިކް މިނިސްޓްރީގެ ބައެއް ވެރިން މިރޭގެ ބައްދަލުވުމަށް ފަހު ވަޑައިގަންނަވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިރޭގެ ހަފުލާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގަތެވެ. އެ ހަފުލާގައި އޭނާ ވިދާޅުވީ، މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގައި އޭނާ އާއި މިނިސްޓްރީގެ އެހީތެރިކަން މާލޭ ސިޓީ ކައުންސިލަށް އަބަދުވެސް ލިބޭނެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދަކީ ވެސް އެއީ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އާޒިމް އެދުނީ މިސްކިތްތައް ދިވެހިންގެއަތުން ސާފުކުރުމަށް
އާޒިމްގެ މެނިފެސްޓޯ: މާލޭގެ ކޮންމެ އުނދަގުލަކަށް ހައްލު!
ފުލުހުން ބިޒްނަސް ޕާމިޓް ދޫކުރަން ފެށުން މައްސަލައަކަށް
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ކައުންސިލުގެ ދަށަށް
ޕްރައިމަރީގައި ވާދަކުރަން އާޒިމް ފޯމު ހުށަހަޅައިފި
މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ރޯދައަށް ނިމޭނެ
ކޮންސްޓެބިއުލަރީ ހިދުމަތް ދިނުމަށް އެއްބަސްވުން ހަދައިފި
ކައުންސިލްގެ މަޝްރޫތައް ހުއްޓުވަނީ ސަރުކާރުން: މުއިއްޒު
ބްލޮކްތަކުގެ ވެރިން ހޮވުމުގެ އިންތިހާބު އޮކްޓޫބަރު9ގައި