22 ޑިސެމްބަރ 2023
ސަރުކާރަށް ފާޑު ކިޔަމުންދާ ވެބްސައިޓްތައް ބްލޮކް ކުރުމަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުން ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.
ސަރުކާރަށް ފާޑު ކިޔަމުންދާ ވެބްސައިޓްތައް ބްލޮކް ކުރުމަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުން ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.
ސަރުކާރަށް ފާޑުކިޔާ ހަބަރުތައް ގެންނަ ދެ ވެބްސައިޓެއް ސަރުކާރުން ވަނީ ބްލޮކް ކޮށްފަ އެވެ.
އެކަމާ ގުޅިގެން ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ ވެބްސައިޓް ބްލޮކް ކުރި ސަބަބު ސަރުކާރުން ސާފު ކޮށްދީފައި ނުވާއިރު، ދެ ނޫހެއްގެ ވެބްސައިޓަށް ނުވަދެވޭ ގޮތް ހެދުމުން ކަންބޮޑުވާ ކަމަށެވެ.
"...މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަދި އިންޓަނެޓް ސެންސާޝިޕްގެ އަމަލެއް ކަމަށް ދަ ޑިމޮކްރެޓްސް އިން ދެކެން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ގާނޫނުއަސާސީން ދީފައިވާ ހުރިހާ ހައްގުތަކާއި މިނިވަން ކަމެއްގެ މުލުގައިވާ ބާރެއް ކަމަށާއި އެ ހައްގު އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ދޭން ސަރުކާރަށް އިލްތިމާސް ކުރާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ވެބްސައިޓްތައް ބްލޮކް ކުރި މައްސަލާގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެ ކަމަށެވެ.
އެ ދެ ވެބްސައިޓަކީ ރެޖިސްޓާ ކޮށްގެން ހިންގާ ނޫހެއް ނޫނެވެ. އެހެން ނަމަވެސް ރަޖިސްޓާ ނުކޮށް ވެސް ނޫސްތަކާއި މަޖައްލާތައް ހިންގުމުގެ ފުރުސަތު މީޑިއާ ކައުންސިލްގެ ގާނޫނު އިން ދީފައިވެ އެވެ.
ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް ބްލޮކް ކޮށްފި
ނޫސްވެރިންނާ ގުޅޭ ވާހަކައަށް އަމްރު މާފަށް އެދިއްޖެ
"މީޑިއާ ކޮންޓްރޯލްކުރާ ބިލް މަޖިލީހުން ބޭރުކުރާނެ"
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ފޮރުވިގެން ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުކިޔުން!
"މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން"
ދެ މީޑިއާއަކަށް އިންޒާރު ދިނުން ކުށްވެރިކޮށްފި
ބްލޮކް ކުރި ދެ ވެބްސައިޓް ދޫކޮށްލައިފި
ސައިޓުތަކުގެ މައްސަލާގައި ތަރުޖަމާނަށް ގޯސްވީ އެމްޖޭއޭ