Roadha Mihaaru
"މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން"

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން: ރައީސް

03 މެއި 2024

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް އެ މަނިކުފާނު ރިޔާސީ ކެމްޕެއިންގެ ތެރޭގައި އިސްނެންގެވި ނެންގެވުން ހަގީގަތަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް އެ މަނިކުފާނު ރިޔާސީ ކެމްޕެއިންގެ ތެރޭގައި އިސްނެންގެވި ނެންގެވުން ހަގީގަތަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގަ އެވެ.

ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން ކެމްޕެއިންގެ ތެރޭގައި ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމްދަނީއެއް ހޯދުމުގެ ދަތިކަން ކަމަށެވެ. އެހެންވެ، މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި ވަރެއް ހަމަޖައްސަވާނެ ކަމަށް ރައީސް ތަކުރާރުކޮށް ކެމްޕެއިންގެ ތެރޭގައި ވިދާޅުވި އެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ހިތާބުގައި ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ އަޣުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހަކާ އެކު، އެ މަނިކުފާނުގެ އެ އިސްނެންގެވުމުގައި ހަގީގީ ކުލަ ޖައްސަވާނެ ކަމަށެވެ.

މިދިޔަ މަހުގެ 21 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި 77 ގޮނޑިއާ އެކު، ސުޕަ މެޖޯރިޓީ ނެގީ ރައީސް މުއިއްޒުގެ ޕީއެންސީ އެވެ. އާ މަޖިލިހުގެ 93 މެމްބަރުން މަގާމުގެ ހުވާކުރައްވައި ޒިންމާތަކާ ހަވާލުވެވަޑައިގަންނަވާނީ މި މަހުގެ 28 ގަ އެވެ. އެހެންވެ، މި ސަރުކާރުން ބޭނުން ކޮންމެ ނިންމުމެއް 20 ވަނަ ރައްޔިތުންގެ މަޖިލިހުން ފަސޭހަ ކަމާ އެކު ފާސްވާނެ އެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކުރެއްވުމާ އެކު، މިދިޔަ އަހަރުގެ ފަހުކޮޅު ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމަށް ދިޔަ ބައެއް ނޫސްވެރިން.

ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކުރެއްވުމާ އެކު، މިދިޔަ އަހަރުގެ ފަހުކޮޅު ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމަށް ދިޔަ ބައެއް ނޫސްވެރިން.

ރައީސްގެ ހިތާބުގައި ދެން މިއަދު ފާހަގަކުރެއްވީ ނޫސްވެރިން މަސައްކަތް ކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި އެކި ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުސަތު މީޑިއާތަކަށް އިތުރު ކޮށްދެއްވުމުގެ ވާހަކަތަކެވެ. އަދި ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަގްވާމީ ޖަމާއަތްތަކާ ދިވެހި ނޫސްވެރިންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"އާމްދަނީ ލިބުމަށް އޮތް ދަތިތަކުގެ ސަބަބުން ރޭޑިއޯ ޚަބަރު ފެތުރުމާއި ޗާޕުކޮށްގެން ނޫސް މަޖައްލާ ނެރުން ރާއްޖޭގައި ހުއްޓެމުން ދާތީ ސަރުކާރުން ކަންބޮޑުވެ އެވެ. ސަރުކާރުގެ އަމާޒަކީ ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަނެޓާއި ޒަމާނީ ޓެކްނޮލޮޖީއާ އެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށް ވެސް ފަހި މާހައުލެއް ރާއްޖޭގައި ދެމެހެއްޓުމެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ފަރާތުން މި ދައުރުގެ ކުރީކޮޅު ނޫސްވެރިންނާ ބައްދަލުކޮށް، ނޫސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް އޮޅުން ފިލުވަނީ.

ރައީސް އޮފީހުގެ ފަރާތުން މި ދައުރުގެ ކުރީކޮޅު ނޫސްވެރިންނާ ބައްދަލުކޮށް، ނޫސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް އޮޅުން ފިލުވަނީ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެކު، ސޯޝަލް މީޑިއާގެ ވަސީލަތްތައް އިތުރުވެ، ނުފޫޒު ގަދަވެ، ކޮންމެ މީހަކު ބޭނުންވާ ޚަބަރާއި މައުލޫމާތާއި ޝުއޫރުތައް ވެސް މުޖުތަމައަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފޯރުކޮށްދިނުމުގެ ފުރުސަތު މިއަދު އެބައޮތެވެ. އެކަމަކު، ހާމަކަން ބޮޑު، ހުޅުވައިލެވިފައިވާ ދުނިޔެއެއްގައި ތެދު މައުލޫމާތު ފެތުރުމަކީ، ކޮންމެ ފަރުދެއްގެ އިންސާނީ އަދި ގައުމީ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ދޮގާއި ތެދު ހިމެނޭހެން ކެނޑިނޭޅި މައުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާ މެދު ފުންކޮށް ވިސްނުމާއި ކޮންމެ ކަމެއްގެ ހަގީގަތް ވެސް ހޯދައި ބެލުމަށް ވެސް އެންމެން ސަމާލުވާން ޖެހެ އެވެ. އެއީ، ދުލުން ނުވަތަ ގަލަމުން ކޮށްލެވޭ ޒަހަމެއްގެ ސަބަބުން އަޅާ ވޭނާއި އުފެދޭ ނުތަނަވަސްކަމުން އަންދާޒާ ނުކުރެވޭ ވަރުގެ ބޮޑެތި ގެެއްލުން މުޖުތަމައަށް ލިބިގެން ދިޔަ ނުދިނުމަށްޓަކަ އެވެ،" ރައީސް ވިދާޅުވި އެވެ.

އާމްދަނީ ލިބުމަށް އޮތް ދަތިތަކުގެ ސަބަބުން ރޭޑިއޯ ޚަބަރު ފެތުރުމާއި ޗާޕުކޮށްގެން ނޫސް މަޖައްލާ ނެރުން ރާއްޖޭގައި ހުއްޓެމުން ދާތީ ސަރުކާރުން ކަންބޮޑުވެ އެވެ. ސަރުކާރުގެ އަމާޒަކީ ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަނެޓާއި ޒަމާނީ ޓެކްނޮލޮޖީއާ އެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށް ވެސް ފަހި މާހައުލެއް ރާއްޖޭގައި ދެމެހެއްޓުމެވެ،"---ރައީސް

އެހެންވެ، އެ މަނިކުފާނު އެދިވަޑައިގަތީ ނޫސްވެރިންގެ ގައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިހުލާސްތެރިކަމާ އެކު އަދާކޮށް ދިނުމަށެވެ.

"ގައުމު ބިނާކޮށް، ހާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންދިއުމަށް ފަށާފައި މިވާ ދަތުރުގައި ސަރުކާރާއި ނޫސްވެރިންނާއި ހިދުމަތްތެރިންނާއި ހުރިހާ ރައްޔިތުން ވެސް އަތުގުޅާލައިގެން އެއްބައިވަންތަކަމާ އެކު ކުރިއަށް ދިއުމެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި ފާހަގަކުރެއްވި ގޮތުގައި، ރައީސްގެ މަގާމަށް އިންތިހާބު ކުރުމާ އެކު، އިންތިހާބީ ރައީސެއްގެ ގޮތުގައި އެ މަނިކުފާނު އެންމެ އިސްކަން ދެއްވި އެއްކަމަކީ، ދިވެހި ނޫސްވެރިން ބައިވެރި ކޮށްގެން "ގުންޒަރު" ބާއްވައި، ނޫސްވެރިންގެ އަޑު އެއްސެވުމަށެވެ. އެ މަނިކުފާނުގެ ރިޔާސީ ދައުރު ފެށުމަށް ފަހު، ނޫސްވެރިންނާ އެކު ރައީސް އޮފީހުން ވެސް ވަނީ ބައްދަލުވުމެއް ބާއްވާފައި ކަމަށް ވިދާޅުވި އެވެ.

"މި ބައްދަލުވުންތަކުގައި ނޫސްވެރިން ދެއްވި ހިޔާލުތަކާއި ފާހަގަކުރެއްވި ކަންކަން ވަނީ ނޯޓު ކޮށްފަ އެވެ. ނޫސްވެރިންގެ ހުށަހެޅުންތަކާއި އުންމީދުތައް ހަގީގަތަތަކަށް ހަދައި ދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނަމެވެ،" ރައީސް ވިދާޅުވި އެވެ.