04 މެއި 2024
ފޮރުވިގެން ތިބެ ނުވަތަ ރަޖިސްޓަރީ ނުކޮށް ނިއުސް ވެބްސައިޓުތައް ހިންގާ ފަރާތްތަކަށް ރައީސް އޮފީހުގެ ސްޓްރެޓީޖިކް، ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ފާޑުވިދާޅުވެއްޖެ އެވެ.
ފޮރުވިގެން ތިބެ ނުވަތަ ރަޖިސްޓަރީ ނުކޮށް ނިއުސް ވެބްސައިޓުތައް ހިންގާ ފަރާތްތަކަށް ރައީސް އޮފީހުގެ ސްޓްރެޓީޖިކް، ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ފާޑުވިދާޅުވެއްޖެ އެވެ.
އެކި މީޑިއާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ހަލީލް "ޕީއެސްއެމް ނިއުސް" ގައި ވިދާޅުވީ، ކޮން ބައެއް ކަން ނޭނގޭ ގޮތަށް ފޮރުވި ތިބެ ހިންގާ ވެބްސައިޓުތަކުން ކަނޑައެޅިގެން ބުހުތާން ދޮގުތައް ފަތުރަމުންދާ ކަމަށާއި އެ އިން ދޮގެއް، ތެދެއް ވަކި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖެ އަށް ޑިމޮކްރެސީ ގެންނަން އުޅުނު ދުވަސްވަރު އެކި މީސްމީހުން އަޑީގައި ތިބެގެން ފޮރުވިގެން ތިބެ ވެބްސައިޓު ހިންގިޔަސް މިއީ ބޭނުން ވާހަކައެއް ބޭނުން ޓީވީ ޗެނަލަކުން ދައްކައި އަދި އޮންލައިން މީޑިއާގައި ލިޔެވޭ ޒަމާން ކަމަށެވެ.
"ބޭނުން އާޓިކަލެއް ލިޔެވޭ ނޫންތޯ؟ ދެން އެހާ ރަނޑުކޮށް އަމިއްލަ އަށް ކޮން ބައެއް ކަން ނޭނގޭ ގޮތަށް އެއްޗެހި ލިޔެ އުޅުމަކީ، ތަންކޮޅެއް ރަނޑު ނޫންތޯ؟ އަޅުގަނޑަށް ތަންކޮޅެއް 'ރަނޑު' މި ބަސް ބޭނުންކުރެވެނީ ވެސް. ހަމަ ކެރިގެން ނުކުމެ ސަރުކާރަށް ފާޑުކިޔަންވީ ނޫންތޯ؟ ހަމަ ކެރިގެން ނުކުމެ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ފާޑުކިޔަންވީ ނޫންތޯ؟،" ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކެރިގެން ނުކުމެ ސަރުކާރުން ހިންގާ ކަންކަމަށް ފާޑުކިޔަންވީ ކަމަށެވެ.
ހަލީލް ވިދާޅުވި ގޮތުގައި، މި ސަރުކާރުގައި "ބްލެކްލިސްޓް" މީޑިއާތަކެއް ނޯންނާނެ އެވެ. މިހާރު ވެސް އެ މީހަކު ބޭނުން ވާހަކައެއް ދައްކައި، ލިޔަމުންދާ ކަމަށް ވިދާޅުވި އެވެ.
"ކޮން ތާކަށްތޯ ގެންދިޔައީ؟ ކޮން ފިޔަވަޅެއްތޯ އެޅީ؟،" އިއްޔެ ފާހަގަކުރި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި އިންޓަވިއުގައި ހަލީލް ވިދާޅުވި އެވެ.
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
"މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން"
އިމެއް ނެތި ލިޔެވުނަސް ހުރަސްތައް ނައްތައެއް ނުލެވޭ
މީޑިއާގެ މިނިވަންކަމުގައި ރާއްޖެ 15 ދަރަޖަ ފަހަތަށް!
ނޫސްވެރިކަމަށް މިނިވަންކަން ލިބުމުން އުފާކުރަން: ރައީސް
ނުރަނގަޅު އެތައް ކަމެއް ނޫސްވެރިން ހާމަކޮށްފި: ރައީސް
މިއީ ނޫސްވެރިކަމުގައި އިންގިލާބީ އަހަރެއް: ޝަހުބާން
މީޑިއާގެ އަސާސްތައް ކުރިއަރުވައި ގުޅުންބާއްވާނަން: ސީޕީ
މިނިވަން ނޫސްވެރިކަމާ ނުލައި ގައުމަށް ދިރުމެއް ނާންނާނެ
ނޫސްވެރިން ފާރަވެރިވެ ކަންކަން ސަމާލުކަމަށް ގެންނަންޖެހޭ