03 މެއި 2022
ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ 15 ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.
ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ 15 ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.
މިއަދު ފަހާގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން އެ ޖަމިއްޔާ އިން އާންމުކުރި އިންޑެކްސްގައިވާ ގޮތުން، މި އަހަރު ރާއްޖެ އޮތީ 87 ވަނައިގަ އެވެ. މިދިޔަ އަހަރުގެ އެ އިންޑެކްސްގައި ރާއްޖެ އޮތީ 72 ވަނައިގަ އެވެ. އެހެންކަމުން އެއީ 15 ދަރަޖައިގެ ވެއްޓުމެކެވެ.
މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި، އެ އިންޑެކްސްގައި ރާއްޖެ އެންމެ ފަހަތަށް ދިޔަ ފުރަތަމަ ފަހަރެވެ. އެ އިންޑެކްސްގައި 2018 ވަނަ އަހަރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ އަދި 2019 ވަނަ އަހަރު 98 ވަނައިގައި އޮތް އިރު، 2020 ވަނަ އަހަރު އޮތީ 79 ވަނައިގަ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ބައިނަލްއަގްވާމީ މިންގަނޑުގައި ރާއްޖެ މިހާ ބޮޑަށް މި ވެރިކަމުގައި ފަހަތަށް ޖެހުނުއިރު، މިއީ މީޑިއާގެ މިނިވަންކަމަށް ވަކާލާތުކުރާ ސަރުކާރެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ ވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އަދި މިއަދުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި އެ މަނިކުފާނު ފާހަގަކުރެއްވީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހޯދަމުން އަންނަ ކުރިއެރުމުގެ ވާހަކަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ރާއްޖޭގައި ނޫސްވެރިންނަށް މިހާރު ފުރިހަމަ މިނިވަން ލިބިފައިވާ ކަމަށެވެ. އަދި އެ މަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހަރުކަށި ހިފެހެއްޓުމެއްގެ ތެރޭގައި އޮތް ނޫސްވެރިކަމަށް މިހާރު ފުރިހަމަ މިނިވަންކަމެއް ލިބިފައި ވާތީ އުފާފުޅު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވިޔަސް، އެ އިންޑެކްސްގައި ލިޔެފައިވާ ގޮތުން، ރާއްޖެ ފަހަތަށް ވެއްޓުނީ ގާނޫނުއަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ހައްގު ހަނިވާނެ ގޮތަށް ހެއްކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މި ސަރުކާރުގައި ހުށަހަޅާފައި ވާތީ އެވެ. އެއީ ނޫސްވެރިން ލިޔާ ޚަބަރުތައް ނުވަތަ ރިޕޯޓުތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އެ ބިލުގައި ހުށަހަޅާފައި ވާތީ ކަމަށް ބުންޏެވެ.
މިސާލެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ "މިހާރު" ނޫހުގައި މިދިޔަ އަހަރު ލިޔުނު ރިޕޯޓެއްގެ މަސްދަރު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން މަސައްކަތް ކުރި ކަމެވެ. އެއީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ އަށް ފަހު، އެ މަނިކުފާނުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ނަން ހާމަނުކޮށް ސިފައިންގެ ބޭފުޅުންތަކަކާ ހަވާލާދީ މި ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެކެވެ.
ހަރުކަށި ފިކުރާއި ގޭންގުތަކުގައި އުޅޭ ކުށްވެރިންގެ ފަރާތުން ނޫސްވެރިންނަށް ބިރު ދެއްކުމާއި ހަރުކަށި ފިކުރުގެ މީހުންގެ އަމާޒަކަށްވެ، "މިނިވަން" ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި އޭނާގެ ގާތް އެކުވެރިޔާ އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި ހާދިސާ ފާހަގަކޮށްފައިވެ އެވެ.
މިއީ ނޫސްވެރިކަމުގައި އިންގިލާބީ އަހަރެއް: ޝަހުބާން
ނޫސްވެރިން އިހުމާލުވެއްޖެ ނަމަ ފިތުނަ އުފެދޭނެ: ރައީސް
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހައްތަހާ ފަހަތަށް
ފޮރުވިގެން ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުކިޔުން!
"މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން"
އިމެއް ނެތި ލިޔެވުނަސް ހުރަސްތައް ނައްތައެއް ނުލެވޭ
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
ނޫސްވެރިކަމަށް މިނިވަންކަން ލިބުމުން އުފާކުރަން: ރައީސް
މަސްދަރު ހާމަ ކުރުމާ ބެހޭ މާއްދާ އުނިކުރަން ގޮވާލައިފި
ހެއްކާ ބެހޭ ބިލް: މަސްދަރު ހާމަކުރުވާ މާއްދާއެއް