02 މެއި 2019
ތެދު މައުލޫމާތު ފެތުރުމުގެ ޒިންމާއަށް ނޫސްވެރިން އިހުމާލުވެއްޖެ ނަމަ މުޖުތަމައުގައި ފިތުނަ ފަސާދަ އުފެދި ޑިމޮކްރަސީއަށް ހީނަރުކަން އަންނާނެ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ތެދު މައުލޫމާތު ފެތުރުމުގެ ޒިންމާއަށް ނޫސްވެރިން އިހުމާލުވެއްޖެ ނަމަ މުޖުތަމައުގައި ފިތުނަ ފަސާދަ އުފެދި ޑިމޮކްރަސީއަށް ހީނަރުކަން އަންނާނެ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މާދަމާ ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާގައި ރައީސް އާންމުކުރެއްވި ހިތާބުގައި ވިދާޅުވީ ހިޔާލު ފާޅުކުރުމާއި މައުލޫމާތު ފެތުރުމަކީ ހައްގަކަށް ވާ ފަދައިން އެ ހައްގާ ގުޅިފައިވާ ޒިންމާތަކެއް ވާކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ. އެ ޒިންމާ އަކީ ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމާއި ތެދު މައުލޫމާތު ފެތުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"...އެ ޒިންމާއަށް އިހުމާލުވެއްޖެ ނަމަ، މުޖްތަމައުގައި ފިތުނަ ފަސާދަ އުފެދި، ޑިމޮކްރެސީއަށް ހީނަރުކަން އާދެއެވެ،" ޚިތާބުގައިވެ އެވެ.
ނޫސްވެރިންގެ ޒިންމާއަށް އިހުމާލުވުމުން ވާނެ ގެއްލުމުގެ ވާހަކަ ފާހަގަކުރެއްވި ނަމަވެސް ހިތާބުގައި ރައީސް ބޮޑަށް ދައްކަވާފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމުން ދައުލަތަށް ވާ ގެއްލުމުގެ ވާހަކަ އެވެ. އެގޮތަށް ކަންތައް ކުރުމުން ކޮރަޕްޝަނާއި ފަސާދަ އާއްމުވެ ދައުލަތް ބޮއްސުންލީ ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވަނީ ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް ކުރީގެ ސަރުކާރުން ހަދާފައި އޮތް އަބުރުގެ ގާނޫނު މި ސަރުކާރުން އުވާލިކަން އަނެއްކާވެސް ފާހަގަކުރައްވައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އަބުރުގެ ގާނޫނު އުވާލައި ނޫސްވެރިކަމުގެ މިނިވަންކަން އެމަނިކުފާނުގެ ސަރުކާރުން އަނބުރާ ހޯދައި ދިނީ ނޫސްވެރިކަމުގެ ޒަރިއްޔާއިން ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވުމުގެ ބޭނުމުގަ އެވެ.
"...ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން މި ސަރުކާރުން އަނބުރައި ހޯދައިދިނީ، މިނިވަން ނޫސްވެރިކަމުގެ ޒަރީއާ އިން، ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވުމުގެ ބޭނުމުގައެވެ. ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިން، ދައުލަތުގެ މުއައްސަސާތައް ސަލާމަތްކުރުމުގެ މަގުސަދުގައެވެ،" ހިތާބުގައި ރައީސް ވިދާޅުވެގައިވެ އެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާނު ގެއްލުވައިލުމާއި ބްލޮގަރު ޔާމީން ރަޝީދު މަރައިލި މައްސަލަ ބަލައި އެ ދެމީހުންނަށް އިންސާފު ހޯދައި ދިނުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ރައީސް ވިދާޅުވެފައިވާ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާ މަސައްކަތުގެ އެންމެ މުހިއްމު އެއް ބައެވެ.
"...ދިވެހި އެންމެހައި ނޫސްވެރިންނަށާއި، ލޮބުވެތި ރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ޔަގީންކޮށް އަރުވާނީ، ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، މި ސަރުކާރުން ނޫސްވެރިޔާ ހިފައި ހައްޔަރު ނުކުރާނެ ކަމެވެ. ނޫސްވެރިންގެ ކަރަށް ބާރުކުރުމަށް، ގާނޫނުތައް ނުހަދާނެ ކަމެވެ،"
ރައީސްގެ ހިތާބު ނިންމަވާލައްވާފައިވަނީ ސަރުކާރުން ނޫސްވެރިންގެ މިނިވަންކަން ހަނި ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ނޫސްވެރިންނަށް ދަތިކުރަން ގާނޫނުތަކެއް މި ސަރުކާރަކުން ނުހަދާނެ އެވެ.
މީޑިއާގެ މިނިވަންކަމުގައި ރާއްޖެ 15 ދަރަޖަ ފަހަތަށް!
ނޫސްވެރިކަމަށް މިނިވަންކަން ލިބުމުން އުފާކުރަން: ރައީސް
ނުރަނގަޅު އެތައް ކަމެއް ނޫސްވެރިން ހާމަކޮށްފި: ރައީސް
މިއީ ނޫސްވެރިކަމުގައި އިންގިލާބީ އަހަރެއް: ޝަހުބާން
ޕްރެސް ފްރީޑަމްގައި ރާއްޖެ 22 ދަރަޖަ ކުރިއަށް
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހައްތަހާ ފަހަތަށް
ފޮރުވިގެން ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުކިޔުން!
"މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން"
އިމެއް ނެތި ލިޔެވުނަސް ހުރަސްތައް ނައްތައެއް ނުލެވޭ
ނޫސްވެރިންގެ އެވޯޑް ހަފުލާއަށް ސަރުކާރު ހާޒިރެއް ނުވޭ!